ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު/ ފޮޓޯ: ދެން
ހަބަރު
17 May 2023 | 23:17
އެމްޑީޕީ ޕީޖީ އޮޕަރޭޓު ކުރަމުންދަނީ "ކަލްޓު" ގުރޫޕެއް ގޮތަށް: ޔާސިރު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގުރޫޕު ހިންގަމުންދަނީ "ކަލްޓު" ގުރޫޕެއް އޮޕަރޭޓް ކުރަމުންދާ ގޮތަށް ކަމަށް އެމްޑީޕީން އިސްތިއުފާދެއްވި މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ވިދާޅުވެއްޖެ އެވެ. 

ޔާސިރު މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީއިން ވަކިވެވަޑައިގެންނެވި މެމްބަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއްގޮތަށް އެމްޑީޕީ އިޚްތިޔާރުކުރީ ޤަބޫލުކުރެވޭ އަސާސްތަކެއް ދަމަހައްޓާ ޕާޓީއަކަށް ވީތީ ކަމަށެވެ. 

އެހެން ނަމަވެސް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރަން ފެށުމުން، ކުރެވެމުންދަނީ މުޅިން އެހެން ތަޖުރިބާއެއް ކަމަށާއި، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަކީ ވަކި މީހަކު ބުނާހާގޮތަށް ހިންގާ ގުރޫޕަކަށް ހަދާފައިވާކަމަށެވެ. އަދި ޕީޖީން ގާނޫނާއި ޚިލާފަށް ކަންކަން ކުރަމުންދާކަމަށް ޔާސިރު ވިދާޅުވި އެވެ. 

"އަލަށް ޚާއްސަކޮށް މަޖިލީހަށް ވަތް މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ޕީޖީ އަކީ ކަލްޓު ގޮތަށް އޮޕަރޭޓުކުރާ ބައެއްގެ ގޮތުގައި ހިތާމައާއެކު ދަންނަވަން. މިހެން މި ދަންނަވަނީ އަޅުގަނޑުމެންގެ ޚިޔާލު އެއީ އެއްވެސް އެއްޗަކަށް ނުވެ، ވަކި މީހަކު ބުނާގޮތަށް އަޅުގަނޑުމެން ވޯޓުވެސް ލާން ޖެހުމާއި ވަކި ބަޔަކު ބުނާ ވާހަކައެއް ދައްކަން ޖެހުމާއި ވަކި ބަޔަކު ބުނާއެއްޗެއް އަޅުގަނޑުމެން ގަބޫލުކުރަން ޖެހުމާއި މިއީ އަޅުގަނޑުމެން، ޔަގީނުން މި ގައުމުގެ ޒުވާނުން ޤަބޫލުކުރާ ގޮތެއް ނޫން"

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް 

ޔާސިރު އިތުރަށް ވިދާޅުވީ ބަޔަކު އަނދަގޮނޑި ޖައްސައިގެން ޤައުމު ހިންގޭނެކަމަށް ދިވެހި ޒުވާނުން ގަބޫލު ނުކުރާކަމަށެވެ. 

އެގޮތުން ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި މަޖިލީހުގައި މަސައްކަތްތަކެއް ފެށި ހިސާބުން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބާރުގައި އެ ގަރާރުތައް ބޭރުކޮށްލާ ގާނޫނު އަސާސީން މެމްބަރުންނަށް ލިބިދޭ ހައްގުތަކަށް އަރައިގަންނަމުން ދިޔަކަން ޔާސިރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

އާ ސިޔާސީ ޕާޓީއެއް އުފައްދަން ޖެހުނީ މިނިވަންކަމާއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނެ ހާލަތު އެމްޑީޕީގައި ނެތުމުން ކަމަށާއި، އެ ބޭފުޅުން އުފައްދާ ސިޔާސީ ޕާޓީއަކީ ކަނޑައެޅޭ އަސާސްތަކާއި އެއްގޮތަށް ނުފޫޒެއް ނެތި މަސައްކަތް ކުރުމުގެ މަގު ފަހިކޮށްދޭނެ ސިޔާސީ ޕާޓީއެއްކަމަށް ޔާސިރު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވަނީ މިނިވަން ޚިޔާލުތަކާއެކު، ސިޔާސީ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތައް ފިކުރެއްގެ ފިރުން ޕާޓީއާއި ގުޅިވަޑައިގަތުމަށް ދައުވަތުއަރުވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.