އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު/ ފޮޓޯ: މަޖިލިސް
ހަބަރު
18 May 2023 | 11:22
ޕޭޕާ ކުންފުނި ހަދައިގެން ފެނަކައިން ވައްކަން ކުރުން މި ސަރުކާރުން ވަނީ ހުއްޓުވާފަ: ޝިފާއު

ޕޭޕާ ކުންފުނި ހަދައިގެން ފެނަކައިން ވައްކަން ކުރުން މި ސަރުކާރުން ވަނީ ހުއްޓުވާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ. 

ޝިފާއު މިފަދައިން ވިދާޅުވެފައިވަނީ ފެނަކަ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސް ކުރުމަށާއި، ފެނަކައިގެ ފައިނޭންސް އަދި މެނޭޖުމަންޓު އޮޑިޓެއް ހެދުމަށާއި ދަރަނި އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލާ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ހުށައެޅި ގަރާރަށް ބަހުސް ކުރައްވަމުން ނެވެ. 

ޝިފާއު ވިދާޅުވީ ފެންވަރު ރަނގަޅު ކަރަންޓުގެ ޚިދުމަތެއް ރައްޔިތުންނަށް ލިބިގެންދާނެކަމަށް މީގެ ކުރިން އެއްވެސް ރައްޔިތަކަށް ވިސްނިފައިވެސް ނެތް ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރު އައިސް އަތޮޅުތެރޭގައި ހުރި ޓިނު އޮފީސްތައް ޒަމާނީކޮށް މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ދީގެން ކަރަންޓުގެ ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ރައްޔިތުންނަށް އެތައް ލުއި ފަސޭހަކަމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. 

"ފެނަކައިގެ ވަސީލަތްތައް ތަރައްގީކޮށްފި، ރަނގަޅުކޮށްފި، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފުރިހަމަކޮށްފި. އެއާއެކު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނެސްފި.. އެ ހިނިތުންވުން މިއަދު ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންގެ މޫނުމަތިން ފެންނަމުންދޭ. އެ ހިނިތުންވުމާއެކު އެ މުވައްޒަފުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އިހަށްވުރެ މާ ރަނގަޅަށް ފޯރުކޮށްދެމުން ދާކަން ފާހަގަކުރެވޭ"

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު 

އޭގެ އިތުރުން ޝިފާއު ވިދާޅުވީ ފެނަކަ ކުންފުނިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ގެންގުޅޭ ސިޔާސަތު ބަދަލުކުރުމުގެ އިތުރުން ގެނައި އެންމެ ބޮޑު ބަދަލަކީ ޕޭޕާ ކުންފުނި ހަދައިގެން ފެނަކައިން ވައްކަން ކުރަމުން ދިޔަ ދިއުން ހުއްޓުވާލުން ކަމަށެވެ. 

މީގެ ކުރީގެ ސަރުކާރުތަކުގައި އޮތީ އެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެފައި ކަމަށާއި، އެހެން ނަމަވެސް މިހާރު އެފަދައިން ވައްކަން ކުރުމުގެ ދޮރު ބަންދުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

"މީގެ ކުރީގެ ސަރުކާރުތަކުން ފެނަކައާއި ދޭތެރޭ ގެންގުޅުނު ސިޔާސަތަކީ ޕޭޕާ ކުންފުނި ހަދައިގެން ނުއަގުގައި ފެނަކައިގެ ތަންތަނަށް ތެޔޮ އަޅާ ވައްކަން ކުރުމުގެ ސިޔާސަތު. މި ސަރުކާރު އައުމަށްފަހު އެއްކަމަކަށް އެ ވައްކަން ހުއްޓުވިއްޖެ"

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު 

ޝިފާއު ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކަށް ރައްޔިތުންނަށް ފެނާއި ކަރަންޓުގެ ޚިދުމަތް އެކަށީގެންދާ ގޮތެއްގައި ފޯރުކޮށްދޭން ނޭނގުމަކީ، އަދި އެފަދަ ސިޔާސަތެއް އެކުލަވާލެވިފައި ނުވުމަކީ މި ސަރުކާރުގެ މައްސަލައެއް ނޫން ކަމަށެވެ. 

އެހެންކަމުން އެ ކުންފުނީގެ މައްސަލަތަކެއް ހުރެގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައި ބަހުސްކުރުމަކީ ހަގީގަތުގައި ކުރަން ޖެހޭ ވެސް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.