19 May 2023 | 13:16
ވާހަކަ: ބާއްޕާއެވެ! الله އަށް ބިރުވެތި ވާށެވެ!

ގަޑިން ރޭގަނޑު ދަންވަރު 1 ޖެހީއެވެ. ރަހުމަތްތެރިންނާއިއެކު ބޭރުގައި މަޖާކޮށް، ވަގުތު ހޭދަކުރުމަށްފަހު ގެއަށް އައިސް އަހަރެން އެނދުމަތީގައި ޖައްސާލީމެވެ. އަރާމުގައި ނިދާލުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް، އެނދުގެ ދެފަރާތަށް ފޮރޮޅިލަ ފޮރޮޅިލާ އެތައް އިރެއް ވީއިރުވެސް އަހަރެންނަށް ނިދޭ ގޮތެއް ނުވިއެވެ. 

މަޑުމަޑުން އެނދުން ފައިބައިގެން، އެއްވެސް އަޑެއް ނުއިއްވާ ވޭތޯ މަސައްކަތް ކުރަމުން ނިދާ ކޮޓަރިން ނުކުމެ ސިޓިން ރޫމު ސޯފާގައި އޮށޯވެ ޓީވީ ހުޅުވާލީމެވެ. ޓީވީގެ ޗެނަލް ބަދަލު ކުރަމުން އަހަރެން ގަޔާވާ ކަހަލަ ފިލްމެއް އަންނަ ޗެނަލަކާއި ދިމާވުމުން ސޯފާގައި ހަމާޖެހިލީމެވެ. އެގޮތުގައި ފިލްމުގެ ތެރެއަށް ގެއްލިފައި އަހަރެން އިންތާ ގަޑިއިރެއް ވަނީއެވެ. 

ކުއްލިއަކަށް ސިއްސައިގެން ގޮސް، ފަހަތަށް ބަލާލެވުނީ، އަހަރެންގެ 7 އަހަރުގެ ދަރިފުޅު ކޮނޑުގައި އަތް ބާއްވާލަމުން ބައްޕާއޭ ބުނި އަޑަށެވެ. އެވަގުތު ޓީވީން ފެންނަމުން ދިޔައީ ފިލްމުގެ ތެރެއިން އައި ލަވައެވެ. އަންހެނަކު އައުރަ ނިވާ ނުވާ ހާލުގައި ހިލޭ ފިރިހެނަކާއި އެކު ގާތް ގޯޅިކަމާއިއެކު ނަށަމުންދާ މަންޒަރު ލަވައިން ފެންނަމުންދިޔައެވެ. 

އެފަދަ ދަނޑިވަޅެއްގައި ދަރިފުޅު އައުމުން ގަތް ލަދުން ވަގުތުން ޓީވީ ނިއްވާލީމެވެ. އަދި ގާތުގައި ހުރި ދަރިފުޅަށް ބަލާލީމެވެ. ދަރިފުޅު އަހުރެން ގާތު އެއްޗެއް ބުނަން އުޅޭހެން ހީވާތީއެވެ. ދަރިފުޅު އަހުރެންގެ ކަންފަތާއި ގާތް ވެލުމަށްފަހު ބުނެލީ އެންމެ ޖުމްލަ އެކެވެ. 

"ބައްޕާ އެވެ. الله އަށް ބިރުވެތި ވާށެވެ." 

އެފަދައިން ބުނުމަށްފަހު ދުވެފައި ގޮސް ދަރިފުޅު ކޮޓަރިއަށް ވަދެއްޖެއެވެ. 

ދަރިފުޅުގެ އެ ޖުމްލައިން މީގެ ކުރިން އަހުރެން ދުވަހަކުވެސް ނުގަންނަހާ ލަދާއި، ބިރު ގަތެވެ. މާދަމާ އެ ދަރިފުޅު ނިދާ ހޭލައިގެން އެވާހަކަ އަހަރެންގެ އަނބިމީހާ ގާތުގައިވެސް ބުނާނެއެވެ. އަދި އެ ދަރިފުޅުގެ މާމަ ގާތުގައިވެސް ބުނާނެވެ. ހުރި ލަދުވެތި ކަމެއްގެ ބޮޑު ކަމާއޭ އަހަރެންގެ ހިތަށް އެރިއެވެ. 

އަދި އެވަގުތު ކުރެވުނު ފާފަ އާއި އޭގެ ކުރިންވެސް ކުރެވިފައިވާ އެތައް ފާފައެއްގެ މަތިން ހަނދާންވެ ބިރުވެރިކަން އަހަރެންގެ ހިތަށް ވަންނަން ފެށިއެވެ. ހެއްދެވި ފަރާތަށް ބިރުވެތި ވުމެއް ނެތި، އެކަލާނގެ ހަރާމް ކުރެއްވި ކަންކަން ކުރުމުގައި ވަގުތުތައް ބޭކާރު ކޮށް ޒުވާން އުމުރު ނަގާލެވުނު ކަމަށްޓަކައި ހިތާމަކުރެވުނެވެ. އަނބިމީހާ އާއި އާއިލާއަށް ސިއްރުން އެތައް ފާފައެއް ކުރުމުގައި އަހަރެންގެ ވަގުތުތައް ނަގާލީމެވެ. ގޭތެރޭގައި ދަރިފުޅަށް ނަމޫނާ ބައްޕައަކަށް ވުމަށް މަސައްކަތް ކުރި ކަމުގައި ވިޔަސްއެ ދަރިފުޅަށް ނުފެންނަ ހިސާބަށް ދެވުމާއިއެކު، އުޅެވުނު ގޮތްތައް ކުރިމަތިން ފެންނަން ފެށިއެވެ. 

މިހާ ދުވަސް ވަންދެން ދަރިފުޅަށް ސިއްރުން ކުރަމުން އައި ފާފައިގެ ކައިވަތެއްގެ މިންވަރު ނަމަވެސް އެ ދަރިފުޅަށް ފެނުމުން އިންތިހާއަށް ލަދުގަނެ ދެރަވެއްޖެއެވެ. 

އެގޮތުގައި ދެން އެންމެ ހިނދުކޮޅެއްވެސް ހޭދަ ނުކުރުމަށް ޢަޒުމް ކަނޑައަޅައި ފާޚާނާއަށްވަދެ ވުޟޫކޮށް ރީތިވެގެން މިސްކިތަށް ދިޔައީމެވެ. އަދި ތައުބާގެ ދެ ރަކުއަތުގެ ނަމާދެއް ކުރުމަށްފަހު ފާފާތަކުން ފުރިގެންވާ އަހަރެންގެ ނަފްސު ތާހިރު ކޮށްދެއްވުމަށް އެދި ދުޢާ ކުރީމެވެ. އަދި ދަރިފުޅު މެދުވެރިކޮށް ޢާއިލާގެ ކުރިމަތީގައި އަހަރެން ފަޟީހަތް ނުވުމަށްއެދި އެތައް ފަހަރަކު ދުޢާ ކުރެވުނެވެ. 

އެގޮތުގައި، އަހަރެމެން މިސްކިތުގައި އިންދާ ފަތިސް ވެއްޖެއެވެ. ފަތިސް ނަމަާދު ކޮށްގެންވެސް ގެއަށް ދާނެ ހިތްވަރެއް އަހަރެންނަށް ނުލިބުނެވެ. އިރު އެރި އިރުވެސް އަހަރެން އިނީ މިސްކިތުގައެވެ. އަހަރެން ގެއަށް ނައިސްގެން އަންހެނުންވެސް ދެ ފަހަރަކު ގުޅައިފިއެވެ. އެހެންނަމަވެސް ފޯނެއް ނުނަގަމެވެ. ފަހަރުގައި ރޭގައި ވީ ކަންތައް ދަރިފުޅު މަންމަ ގާތުގައި ބުނުމުން ހިތްހަމަ ނުޖެހިގެން ގުޅީ ކަމަށްވެސް ވެދާނެ ކަމަށް ހީކޮށެވެ. 

އޭގެފަހުން، އަހަރެންގެ މަންމަވެސް އަހަރެންނަށް ގުޅައިފިއެވެ. އެ ފޯން ކޯލް އައުމުން ވަރަށް ލަދުގަތެވެ. މަންމައަށްވެސް އެކަން އެނގުނީއޭ ހިތައި އަނެއްކާވެސް ދެ އަތް ނަގައި، އަހުރެން ފަޟީހަތް ނުކުރެއްވުން އެދި ދުޢާ ކުރީމެވެ. 

އޭގެ އިރުކޮޅެއް ފަހެވެ. އަހަރެންނަށް އަންހެނުންގެ މެސެޖެއް އައެވެ. އެ މެސުޖު ކިޔާފައި އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. 

ވަގުތުން، މިސްކިތުން ފައިބައިގެން، ސައިކަލަށް އަރައި ހޮސްޕިޓަލަށް ދިޔުމަށް މިސްރާބު ޖެހީމެވެ. އަވަސް ކުރަން ވެގެން ސައިކަލު ދުއްވުނީވެސް މާ ބާރަށެވެ. 

ހޮސްޕިޓަލަށް އާދެވުމާއެކު ބޭރުގައި އަހަރެންގެ ބޭބެ ހުއްޓައި ފެނުނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތާމައާއި މޮޅިވެރިކަމެވެ. ބޭބެ އަހަރެންގެ އަތުގައި ހިފައިގެން ހޮސްޕިޓަލަށް ވަދެގެން ދިޔައިރު އަހަރެންގެ ހިތް އަވަސް ވަމުން ދިޔައެވެ.

ވަކި ހިސާބަކަށް ދެވުނު ތަނުން ހޮސްޕިޓަލު އެނދެއްގައި އޮތް އަހަރެންގެ ދަރިފުޅު ފެނުނެވެ. ދަރުފުޅާއި ހަމައަށް ދެވުނީ ކިހިނެއް ކަމެއްވެސް އަހަރެންނަށް ނޭގުނެވެ. ގޮސް އެ ދަރިފުޅަށް ގޮވަން ފެށީމެވެ. ދަރިފުޅު ބާއްވާފައި އޮތް އެނދުގެ ކައިރީގައި ހުރެގެން އަންހެނުންނާއި މަންމަ ރޮނީއެވެ. އަހަރެން ދަރިފުޅަށް ގޮވައި ދަރިފުޅު ނަގަން މަސައްކަތް ކުރީމެވެ. އެހެން ނަމަވެސް ބޭބެ އަހަރެން ހުއްޓުވި އެވެ. 

"ދެނެއް އެ ދަރިފުޅެއް ނުހޭލާނެ. ކެތް ކުރޭ ކޮއްކޯ." ބޭބެ ބުނެލިއެވެ. 

އަހަރެންގެ ދަރިފުޅު މި ފަނާވަނިވި ދުނިޔެ ދޫކޮށް ދިޔައީއެވެ. ބޭބެ ބުނި ގޮތުން ހެނދުނު ދަރިފުޅު ނުހޭލައިގެން ހޮސްޕިޓަލަށް ގެނައިރުވެސް އޮތީ ނިޔާވެފައެވެ. އަހަރެންގެ ލޮލުގެ ކޮއި އަބަދުގެ އަބަދަށް އަހަރެން ދޫކޮށް ދިޔައީ އެވެ. އަހަރެންނަށް ވަރުގަދަ މެސެޖެއްވެސް ދިނުމަށްފަހުގައެވެ. 

"ބައްޕާ އެވެ. الله އަށް ބިރުވެތި ވާށެވެ."

އެ ނަސޭހަތް އަބަދުގެ އަބަދަށް އަހަރެންގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ.

*******

އަހަރެމެން އެންމެންނަކީވެސް ފާފަ ކުރެވޭނެ މީހުންނެވެ. ފާފަކުރުމުގައި ހަޔާތުގެ ދުވަސްތައް ވޭތު ކުރަމުންދިޔަ ނަމަވެސް، އަހަރެމެންގެ ދަރިން އެ ފާފަތަކަށް އަރައިގަންނަން އަހަރެމެންގެ ހިތެއް ނޭދެއެވެ. އެ ދަރިފުޅު އޭގެ ސަބަބުން ގެއްލުމާއި ހަލާކުގެ ތެރެއަށް ހިނގައިދާނެތީއެވެ. ވީއިރު، އަހަރެމެންނަށް އަހަރެމެންގެ އަމިއްލަ ނަފްސު އެންމެ ފުރަތަމަ އިސްލާހު ނުކުރެވެނީ ކީއްވެތޯ ސުވާލު ކުރަންޖެހެއެވެ. އެ ދަރިން ނަމޫނާ އަކަށް ބަލާނީ މައިންބަފައިންނެވެ. އެހެންކަމުން ފާފައިން ތައުބާވެ އިސްލާހުގެ މަގަށް ރުޖޫޢު ވުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފަމާ ހެއްޔެވެ!

(ނިމުނީ) 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.