ރިޔާސަތުގެ އެންގުމަށް ފިރިހެން އޮފިސަރެއް، ރޮޒައިނާ މަޖިލީހުން ނެރުމަށް ހަރަކާތްތެރިވަނީ/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
19 May 2023 | 17:43
ރޮޒައިނާ ދިފާޢަށް ފައިބައިފި: ވިދާޅުވީ ގަނާ ނުކުރެވޭނެކަމަށް!

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ނަން އިއްވާ މަޖިލިސްކުރާ މާލަމުން ނިކުމެ ވަޑައިގަތުމަށް ރިޔާސަތުން އެންގެވުމުން ވެސް ނުކުނިކުންނަވާ މަޑުކުރެއްވި މައްސަލައިގައި އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރޮޒައިނާ ރައްދުދެއްވައިފި އެވެ. 

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު މަޝްރަހު ހޫނުޗީ އެމްޑީޕީއިން ވަކިވި މެމްބަރުންނަށް އެމްޑީޕީއަށް ލިބިފައިވާ ވަގުތު ރިޔާސަތުން ދިނުމާއި ގުޅިގެންނެވެ. ވަކިވި މެމްބަރުންނަށް ޕާޓީއަށް ބަހުސްކުރުމަށް ކަނޑައެޅިފައިވާ ވަގުތުން ވަގުތު ދޭން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމެވުމާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. 

އެގޮތުން މެމްބަރު ރޮޒައިނާވެސް ވަނީ އެކަމަށް އިއުތިރާޒުކޮށްފަ އެވެ. އަދި ގަވައިދާއި އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދިއުމަށް ގޮވާލި މެމްބަރުންގެ ތެރޭގައި ރޮޒައިނާވެސް ހިމެނިވަޑައިގަންނައެވެ. 

އެކަމާއި ގުޅިގެން ރިޔާސަތަކުން ވަނީ ރޮޒައިނާގެ ނަން އިއްވާ މަޖިލީހުން ނިކުމެވަޑައިގަތުމަށް އަންގާފައެވެ. 

އެހެން ނަމަވެސް ރޮޒައިނާ ވިދާޅަމުން ގެންދެވީ ގަވައިދާއި ޚިލާފަށް އެ އެންގި އެންގުމަށް ބޯ ނުލަނބާނެކަމަށެވެ. މަޖިލީހުގެ ސެކިއުރިޓީން އޭނާ ބެރުކުރުމަށް ދިއުމުންވެސް ރޮޒައިނާ ވަނީ އޭނާ ގައިގައި އަތްލައިގެން ނުވާނެކަމަށް ވިދާޅުވެ އިންޒާރު ވެސް ދީފައެވެ. 

ރޮޒައިނާ ސެކިއުރިޓީ އޮފިސަރަަށް އިންޒަރުދޭތަން ފެނިގެންދާ ވީޑިއޯއެއްވެސް މިހާރު ވަނީ ސޯޝަލްމީޑިއާގައި ދައުރުވާން ފަށާފައެވެ. އަދި އެ ވީޑިއޯ ޝެއާކުރަމުންދާ ފަރާތްތައް ގެންދަނީ ރޮޒައިނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. 

ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވާން ފެށުމުން، ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވަނީ ރިޔާސަތުން އެންގުމުން ވެސް މަޖިލީސް ދޫކުރައްވާ ވަޑައިނުގެންނެވި ސަބަބު ތަފްސީލުކޮށްދެއްވާފަ އެވެ. އަދި އޭނާ ބޭރުކުރުމަށް އައި އޮފިސަރަށް އިންޒާރުދިން ސަބަބުވެސް ހާމަކުރައްވާފަ އެވެ. 

ރޮޒައިނާ ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް އިއްޔެ މަޖިލީހުގައި ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާފައިވަނީ ގަވައިދާއި މުޅިން ޚިލާފަށެވެ. އެކަމާއި އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން އިހުތިޖާޖުކޮށްފައިވާ ކަމަށެވެ. 

އެހެން ނަމަވެސް ނަޝީދު ނަން އިއްވެވުމުން، އިހުތިޖާޖުކުރުން ހުއްޓާލިކަމަށް ރޮޒައިނާ ވިދާޅުވި އެވެ. މެމްބަރެއްގެ ނަން ފުރަތަމަ ފަހަރު އިއްވުމުން، އެ މެމްބަރު ރިޔާސަތުން އަންގާ ކަންކަމަށް ތަބާވެއްޖެ ހާލަތުގައި އެ މެމްބަރުގެ ނަން އިއްވާ ބޭރުކުރުމަކީ އާންމު އުސޫލު ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެހެން ނަމަވެސް ފުލުފުލުގައި އޭނާގެ ނަން އިއްވާ މަޖިލީހުން ނިކުމެވަޑައިގަތުމަށް ނަޝީދު އެންގެވިކަމަށާއި، އަދި އޭނާ ނެރެން ފޮނުވީ ފިރިހެން ސެކިއރުރިޓީ އޮފިސަރެއްކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

އަންހެން ސެކިއުރިޓީ އޮފިސަރުން ތިއްބާ ފިރިހެން ސެކިއުރިޓީ އޮފަސެއް ފޮނުވަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި، ގަވައިދާއި ޚިލާފަށް އޭނާގެ ގައިގައި ފިރިހެން އޮފިސަރެއް އަތްލުމުގެ ފުރުސަތު ނުދެއްވާނެކަމަށް ރޮޒައިނާ ވިދާޅުވި އެވެ. 

އޭގެ އިތުރުން އޭނާ ވިދާޅުވީ ފާޑުކިޔުންތައް އަމާޒުވިކަމުގައި ވީ ނަމަވެސް ގަވައިދާއި ޚިލާފަށް ކަންކަން ކުރުމަށްފަހު އޭނާއާއި ކުރިމަތިލުމަށް ފިރިހެން ސެކިއުރިޓީން ފޮނުވާ އެ ޒާތަށް ބުލީ ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.