ފުލުހުންގެ މައި މަރުކަޒު
ހަބަރު
20 May 2023 | 16:53
ވައްކަމާ ފޭރުމުގެ 964 މައްސަލައަކާއި މަސްތުވާ ތަކެތީގެ 153 މައްސަލައެއް މިކުއާޓާގައި ހުށައަޅައިފައިވޭ: ފުލުހުން


މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ވައްކަމާ ފޭރުމުގެ 964 މައްސަލައަކާއި މަސްތުވާ ތަކެތީގެ 153 މައްސަލައެއް ހުށައަޅައިފައިވާ ފުލުހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް މާލެ ސަރަހައްދުން މިފަދަ 759 މައްސަލައެއް ހުށަހަޅާފައިވާއިރު އައްޑޫ ސިޓީ 24 މައްސަލައެއް އަދި ފުވައްމުލަކު ސިޓީއިން 32 މައްސަލައެއް ވަނީ އެ މުއްދަތުގެ ތެރޭގައި ފުލުހަށް ހުށަހަޅާފައެވެ.

އަދި ކުޅުދުއްފުށީ ސިޓީއިން 12 މައްސަލައެއް އަދި މީގެ އިތުރުން އެހެން އަތޮޅުތަކުން ހުށަހެޅި 137 މައްސަލައެއް ހިމެނެއެވެ.

މިފަދަ މައްސަލަތަކުގެ 27 ޕަސެންޓް މައްސަލައަކީ ފައިސާ ވަގަށް ނެގި މައްސަލަތަކެވެ. އަދި  34 ޕަސެންޓް މައްސަލައަކީ މޯބައިލް ފޯން ވަގަށް ނެގި މައްސަލަތަކެވެ. އަދި 39 ޕަސެންޓަކީ ވެހިކަލް ވަގަށް ނެގުމުގެ މައްސަލަތަކެވެ.

ފުލުހުން ވިދާޅުވެފައިވަނީވައްކަމާއި ފޭރުމުގެ  މައްސަލަތަކުގެ ތެރެއިން 3 ޕަސެންޓް މައްސަލަ ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރެވިފައިވަނީ ސައުތު ރީޖަނުންނެވެ. ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭ މި ރީޖަނުން ޖުމްލަ 57 މައްސަލައެއް ހުށައަޅައިފައިވެއެވެ.  އަދި އަޕާނޯތް ރީޖަން އާއި ނޯތް ރީޖަން އިން 40 މައްސަލައެެއް ހުށައެޅިފައިވެއެވެ.

އަދި ނޯތް ސެންޓްރަލް ޕޮލިސް ރީޖަންއިން 32 މައްސަލައަކާއި ސައުތު ސެންޓްރަލް އިން 24 މައްސަލަ އެއް ރިޕޯޓް ކޮށްފައިވެއެވެ.

މިމުއްދަތުގެ ތެރޭގައި 8.896 ކިލޯގެ ކެނަބިސް، 3.063 ކިލޯގެ ކޮކެއިން، 2.151 ކިލޯގެ ހެރޮއިން އަދި 2.183 ކިލޯގެ މަސްތުވާ ތަކެތި އެހެނިހެން ބާވަތްތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ