ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުން/ ފޮޓޯ: ސަން
ހަބަރު
21 May 2023 | 16:50
މި ދައުރުގައި ވެސް ޖޭއެސްސީ އިސްލާހުކުރާކަށް ސަރުކާރުން ހުށައެއް ނާޅާ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށައަޅާ ބިލުތަކުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮސިޝަން ބަދަލުކުރާ ބިލު ހުށައަޅާފައި ނުވާކަން ހާމަވެއްޖެ އެވެ.

ކޯޓުތަކަށް އޮންނަ ސިޔާސީ ނުފޫޒުތައް ނައްތާލާ މިނިވަން ޖުޑިޝަރީއެއް ޤާއިމްކުރުމަށް ޖޭއެސްސީ އެތުރިފައިވާ ގޮތް އިސްލާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. 

އެހެން ނަމަވެސް ދައުރުގެ ފަހު އަހަރު ގުނަމުންދާއިރު އަދިވެސް ޖޭއެސްސީ އިސްލާހުކުރުމުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުނިމި ދެވަނަ ދައުރުގެ ޖަލްސާތައް ފަށާފައިވާއިރު، މި ދައުރުގައި ސަރުކާރުން މަޖިލީހަށް ފޮނުވާނެ ބިލުތައް ވަނީ އެކުލަވާލާފަ އެވެ.

ބަންޑާރަނައިބުގެ އޮފީހުން އެ ބިލުތަކުގެ ތަފްސީލުތައް ހާމަކޮށްފައިވާއިރު، އޭގެ ތެރޭގައި ޖޭއެސްސީ އިސްލާހުކުރާ ބިލު ހިމަނާފައެއް ނުވެއެވެ. މި ދައުރުގައި އެކު ޖުމްލަ 14 ބިލެއް ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ހުށައެޅުމަށް ނިންމާފަ އެވެ.

އެގޮތުން ސަރުކާރުގެ ފަރާތުން ހުށަހަޅަން ގަސްދުކުރާ ބިލުތައް:
-ޙައްޖާއި ޢުމްރާގެ ބިލު
-ފޮރިން އިންވެސްޓްމަންޓްގެ ބިލު
-ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނަށް އިޞްލާހު ގެެނައުމުގެ ބިލު
-ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް އިޞްލާހު ގެެނައުމުގެ ބިލު
-މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާހު ގެެނައުމުގެ ބިލު
-ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނަށް އިޞްލާހު ގެެނައުމުގެ ބިލު
-ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނަށް އިޞްލާހު ގެެނައުމުގެ ބިލު
-މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނަށް އިޞްލާހު ގެެނައުމުގެ ބިލު
-ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނަށް އިޞްލާހު ގެެނައުމުގެ ބިލު
-ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާހު ގެެނައުމުގެ ބިލު
-ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާހު ގެެނައުމުގެ ބިލު
-ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރެންސްގެ ބިލު
-ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާހު ގެެނައުމުގެ ބިލު
-ޒަކާތުގެ ބިލު

ޖޭއެސްސީ އިސްލާހުކުރާ ބިލު ހުށައަޅާފައި ނުވާތީ މީގެ ކުރިން 3 ފަހަރެއްގެ މަތިން އެ ބިލު މަޖިލީހަށް ހުށައެޅި މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.

އެކަމާއި ގުޅޭގޮތުން ތާރިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދައުރަށް ވެސް ޖޭއެސްސީ އިސްލާހުކުރުމުގެ ބިލު މަޖިލީހަށް ހުށައަޅާފައި ނުވުމަކީ އެ ކޮމިޝަން އިސްލާހުކުރުމުގެ ނިޔަތް ސަރުކާރުގެ ނެތްކަން ހާމަވާ ކަމަށެވެ.

މީގެކުރިން 3 ފަހަރެއްގެ މަތިން ޖޭއެސްސީ އިސްލާހުކުރުމަށް މަޖިލީހަށް ހުށައަޅާފައިވާއިރު، ފެއިލްކޮށްލުމަށްފަހު، މި ދައުރަށް އެ ބިލު ހުށަނޭޅީ ރައީސް ޞާލިހު ވީ ވައުދު ފުއްދާ ދެވުމުންތޯ އައްސަވާ ތާރިގު ވަނީ ސުވާލު ވެސް ކުރައްވާފަ އެވެ.

ކޮމެންޓް
ޢ.ސަަކިރު
ޔާމީނުގެ މައސަލަ ނިމުމައފަހުގަ ނޫނީ ބަދަލެއނުކުރާނެ
21 May 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.