ކުޑަ ކުއްޖަކު ޓެބްލެޓް އިން އެއްޗެއް ބަލަނީ؛ ދިރާސާތަކުން ދައްކާގޮތުން ކުދިންގެ އިސްކިރީނު ވަގުތުގެ ނޭދެވޭ އަސަރު އެކުދިން ބޮޑުވުމުން ކުރޭ: ފޮޓޯ/ ގޫގުލް
ހަބަރު
21 May 2023 | 19:43
ޝޯމީ ގެ ކުރީގެ ސީއީއޯ ބުނީ ކުޑަކުދިންނަށް ސްމާޓްފޯން ނުދޭން؛ ސަބަބު މިއޮތީ!

ކުޑަ ކުދިންނަށް ސްމާޓްފޯން ދިނުމުން އެކުދިންނަށް އެތައް ގެއްލުމެއް ލިބޭނެ ކަމަށް ބުނެ، އެކުދިންނަށް ސްމާޓްފޯން ނުދިނުމަށް ޝޯމީ ގެ ކުރީގެ ސީއީއޯ މަނޫ ކުމާރު ޖެއިން، ބެލެނިވެރިންގެ ކިބައިން އެދިއްޖެއެވެ. 

އެމެރިކާގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ސޭޕިއަން ލެބްސް" އިން ކުރި ދިރާސާއަކުން ދައްކާ ގޮތުން، ކުދިން މާ ކުޑައިރު އެކުދިންނަށް ސްމާޓްފޯން ދިނުމުގެ ސަބަބުން ނަފްސާނީގޮތުން އެތައް ގެއްލުމެއް އެކުދިން ބޮޑުވުމުން ކުރިމަތިލާން ޖެހެއެވެ. 

އެ ދިރާސާތަކުގެ އަލީގައި މަނޫ ކުމާރު ޖެއިން ފޭސްބުކުގައި ލިޔެފައިވާ ޕޯސްޓުގައި ވަނީ، ކުޑަކުދިންނަށް ސްމާރޓް ފޯން ނުވަތަ ޓެބްލެޓް ދިނުމުން އެކުދިންނަށް ކުރިމަތިވެދާނެ ނުރައްކާ ތަކަށް އަލި އަޅުވާލައި ކުދިން އެކަމުން ރައްކާތެރިކުރުމަށް ބެލެނިވެރިންގެ ކިބައިން އިލްތިމާސް ކޮށްފައެވެ. 

"އެ ދިރާސާތަކުން ދައްކާގޮތުން، ބޮޑެތި އަންހެނުންގެ ތެރެއިން ނަފްސާނީ އެކި ބަލިމަޑުކަން ތަހައްމަލް ކުރަމުންދާ 60-70 އިއްސައްތަ މީހުންނަނީ، އެމީހުންގެ އުމުރުން 10 އަހަރުވުމުގެ ކުރިން ސްމާޓްފޯން ނުވަތަ ޓެބްލެޓް އަށް ހުށަހެޅުނު މީހުން.  މިކަމުން ފިރިހެނުންވެސް ނެތް ސަލާމަތް ވެފައެއް. ފިރިހެނުންގެ ތެރެއިންވެސް އެފަދަ ނަފްސާނީ ބަލިމަޑުކަން ތަހައްމަލްކުރާ 45-50 އިއްސައްތަ މީހުންނަކީ އެމީހުން އުމުރުން 10 އަހަރުގެ ކުރިން ސްމާޓްފޯން ނުވަތަ ޓެބްލެޓް އަށް ހުށަހެޅުނު މީހުން." ސޭޕިއަން ލެބްސް ގެ ދިރާސާތަކަށް އަލި އަޅުވާލައި މަނޫ ކުމާރު ޖެއިން ފޭސްބުކް ގައި ލިޔެފައިވާ ޕޯސްޓުގައި ވެއެވެ. 

މިއާއެކު މަނޫ ކުމާރު ވަނީ، ތުއްތު ކުދިން، ރޯން ފެށުމުން، ނުވަތަ އެކުދިންނަށް ކާންދޭ ވަގުތު ތަކުގައި، ނުވަތަ އެކުދިން ކާރުގައި ތިބޭ ވަގުތު ތަކުގައި، ނުވަތަ އެނޫންވެސް އެހެން ވަގުތު ތަކުގައި ވިޔަސް އެކުދިންނަށް ކަމެއްގައި މަޝްޢޫލުކުރުމުގެ ނިޔަތުގައި ސްމާޓްފޯން/ޓެބްލެޓް ނުދިނުމަށް ބެލެނިވެރިންގެ ކިބައިން އެދިފައެވެ. 

"އޭގެ ބަދަލުގައި އެކުދިން ހަގީގީ ދުނިޔޭގެ ކަންކަމާއި، މުއާމަލާތްތަކުގައި ބައިވެރި ކުރުން މާ އެދެވިގެންވޭ. އެގޮތުން އައުޓް ޑޯ ކުޅިވަރެއް ނުވަތަ ހުސްވަގުތު ތަކުގައި ކުރަން ހޮބީއެއް ހޯދައި ދިނުން ފަދަ ކަންކަން ކުރުން މާ އެދެވިގެންވޭ. އެފަދައިން ކަން ކުރުމުން އެކުދިންނަށްޓަކައި މިންހެޔޮ އަދި ދުޅަހެޔޮ މާހައުލެއް އެބަ އުފައްދައިދެވޭ. އެ މާހައުލުގައި ކުއްޖާއަށް ކަންކަން ދަސްވެ އިޖުތިމާއީ ގޮތުންވެސް ކުރިއެރުމަށް ފުރުސަތު ބޮޑު."

މިއާއެކު މަނޫ ކުމާރު ވަނީ، ކުޑަކުދިން ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ބޮޑު ކުރުމަށް އެ ކުދިންގެ ބެލެނިވެރިންގެ ދައުރާއި ޒިންމާ ނުހަނު ބޮޑުކަން ފާހަގަކޮށް، ކުދިންގެ އިސްކިރީނު ވަގުތުގެ ސަބަބުން އެކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާކަން ތަކުރާރުކޮށްފައެވެ. 

"އެކުދިންގެ ތުއްތު އުމުރުގެ ދުވަސްތަކަކީ ނުހަނު އަގުހުރި ދުވަސްތަކެއް ކަން ހަނދާންކުރަން ވާނެ. އެހެންކަމުން، އެކުދިންނަށްޓަކައި އަހަރެމެން އަޅައިދޭ ބިންގާ ވާންޖެހޭނީ އެކުދިންނަށް އުޖާލާ އަދި ދުޅަހެޔޮ މުސްތަގުބަލެއް ބިނާ ކުރުވަނިވި އެއްޗަކަށް. އެކަމަށްޓަކައި އަހަރެމެންނަށް ވީ އެންމެ ބޮޑަކަށް މަސައްކަތް ކުރުމަކީ އަހަރެމެން ބެލެނިވެރިންގެ ޒިންމާއެއް." 

މަނޫ ކުމާރުގެ ވާހަކަތައް ނިންމާލަމުން އޭނާ ވަނީ، އެނާ އަކީ ސްމާޓްފޯން އާއި ދެކޮޅު މީހެއް ނޫން ކަމަށް ބުނެފައެވެ. އެހެން ނަމަވެސް، ކުދިންނަށް އެފަދަ ތަކެތި ދޭއިރު، އެއީ ކިހާ ނުރައްކާތެރި އެއްޗެއްކަން އެނގެންވާނެ ކަމަށާ، އެހެންކަމުން އެކަމާއި މެދު ސަމާލުވާންޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.