އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫކޭ/ ފޮޓޯ: އެމްޑީޕީ
ހަބަރު
22 May 2023 | 21:51
40 ޕާޓީ ހެދިޔަސް ނަޝީދަށް ދެން ވެރިކަމަކަށް ނާދެވޭނެ: މޫސާ އަލީ މަނިކު

ކިތަންމެ ގިނަ ސިޔާސީ ޕާޓީއެއް އުފެއްދިޔަސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ދެން ދިވެހިރާއްޖޭގެ ވެރިކަމަށް ނާދެވޭނެކަމަށް ރޯޑު ޑިވެލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ. 

މޫކޭ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ތެރޭގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންތަކެއް ޕާޓީން ނިކުމެވަޑައިގެން "ދި ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ހުށައަޅާފައިވާ ދަނޑިވަޅުގައި އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ. 

ޕާޓީ އުފެއްދުމަށް އެމްޑީޕީން ނިކުމެ ވަޑައިގެންނެވި ބޭފުޅުން ވިދާޅުވަމުން ދަނީ އެ ޕާޓީ އުފެއްދުމުގެ ހުރިހާކަމެއް ކުރަމުންދަނީ ނަޝީދަށް އެނގިވަޑައިގެން އެމަނިކުފާނުގެ ލަފާފުޅު ހޯއްދަވައިގެން ކަމަށެވެ. 

އެ ޕާޓީއާއި ގުޅިވަޑައިގަތުމުގެ ފުރުސަތު ރައީސް ނަޝީދަށް އޮންނާނެ ކަމަށާއި، އަދި އެމަނިކުފާނު ބޭނުންފުޅުވެލައްވާ ނަމަ ޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވުމުގެ މަސައްކަތް ކުރެއްވޭނެ ކަމަށާއި، އެކަމަށްޓަކައި ޕާޓީގެ އިސް ސަފުން އެހީތެރިވާނެކަމަށް ދި ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ. 

އެކަމަށް އަލިއަޅުވާލައްވާ މޫކޭ ވިދާޅުވީ ދި ޑިމޮކްރެޓްސްގެ އިތުރުން 40 ސިޔާސީ ޕާޓީ އުފެއްދިދާނެ ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ ޕާޓީތަކެއް އުފައްދައިގެން ރައީސް ނަޝީދު ދެން ދިވެހިރާއްޖޭގެ ވެރިކަމަށް ހޮވޭނެ ގޮތެއް ނޯންނާނެކަމަށް މޫކޭ ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ރައީސް ނަޝީދަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަންމަނިކަށް ވީ ވަރުވެސް ރިޔާސީ އިންތިޚާބެއްގައި ދެން ނުވާނެ ކަމަށެވެ. 

"ބޮޑާ ހާކާފަ ޓިކެޓް ލިބެންދެން ޕާޓީ ހަދަން ވާނެ. ސާޅީސް ޕާޓީ ހެދިޔަސް އަންނި ދިވެހިންގެ ވެރިއަކަށް ހޮވޭނެ ގޮތެއް ނެތް. ހީވާ ގޮތުން ވަހީދަށް ވީ ވަރުވެސް ނުވާނެ"

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު 

އެމްޑީޕީގައި ތިއްބެވި ނަޝީދުގެ ވަފާތެރިން ޕާޓީ ދޫކުރައްވާފައި ވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ނާކާމިޔާބުވުމުންކަމަށް އެމްޑީޕީގެ އިސް ބޭފުޅުން ދަނީ ވިދާޅުވަމުން ނެވެ. 

ރިޔާސީ ޕްރައިމަރީއާއި ގުޅިގެން ދެ ރައީސުންގެ ދެމެދުގައި އޮތް ވާދަވެރިކަން ބޮޑުވެ، ދެ ރައީސުންނަށް ތާއީދުކުރާ މެމްބަރުންގެ މެދުގައި އޮތް ނުތަނަވަސްކަން ވެސް އިތުރުވެގެން ދިޔައެވެ. އަދި މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ބަދަލުކުރެވިގެން ދިޔައެވެ. 

އެފަހުން ނަޝީދަށް ތާއީދުކުރާ ބައެއް މެމްބަރުން ފޯޅަވަހި މައްސަލައިގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަން ފެށުމުން ޕާޓީން ވަކިކޮށްފައިވާއިރު، އެމްޑީޕީގައި ތިބި ނަޝީދަށް ތާއީދުކުރާ މެމްބަރުން ޕާޓީން ވަކިވި ދަނޑިވަޅުގައި، ޕާޓީން ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ނެރޭ މެނިފެސްޓޯ ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އަތޮޅުތެރެއަށް ދަތުރުތައް ފައްޓާފަ އެވެ. 

އަދި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ރަށެއްގައި އެމްޑީޕީގެ ދިދަ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ޕާޓީން މެމްބަރުންތަކެއް ވަކިވެގެން ދިޔަ ނަމަވެސް އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީ ކާމިޔާބުކުރާނެ ކަމަށާއި، އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ޕާޓީން ވަރަށް ފުރިހަމަޔަށް ކުރަމުން ގެންދާނެކަމަށް އެމްޑީޕީގެ ލީޑަޝިޕުން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގައުމުދެކެ ލޯބިވާ
މިދެން ކާކު ތަ؟މިމީހުންހީކުރަނީ ޕޯޑިއަމަށްއަރާފަ ގަދަޔަށް ހަޅޭލެވުނީމަ ބޮޑެތި ވަޒީފާތަކަށް ކޮލިފައިޑްވީއޭ.
23 May 2023
މޯޑޭ
މުއްކާ އިލްހާމު ކުރެވެން ފެށި ހިސާބު އެނގޭތަ
26 May 2023
ގުޅޭ ލިޔުންތައް
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.