މާރުކޭޓުން ވިޔަފާރި ކުރަނީ/ ފޮޓޯ: ސަން
ހަބަރު
23 May 2023 | 10:39
ބިދޭސީންގެ އެކައުންޓަށް ވިޔަފާރި ފައިސާ ޖަމާކުރާނަމަ ޖޫރިމަނާ ކުރަނީ

ބިދޭސީންގެ އެކައުންޓަށް ވިޔަފާރި ފައިސާ ޖަމާކުރާނަމަ ޖޫރިމަނާ ކުރާގޮތަށް ހަމަޖައްސައި "އަމިއްލަ ފަރުދުންގެ ވިޔަފާރި ގަވާއިދު" ގެޒެޓް ކޮށްފިއެވެ.

ދިވެހި ސަރުކާރުން އާއްމު ކޮށްފައިވާ މި ގަވާއިދުގައި ބުނާގޮތުން، އަމިއްލަ ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން، ބިދޭސީ ފަރާތެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާ ކަމުގެ ހެކި ހުރެއްޖެ ނަމަ، އެ ވިޔަފާރި އަކީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއް ކަމަށް ކަނޑައަޅައި، ފިޔަވަޅު އެޅުމުގެ ބާރު ރަޖިސްޓްރާއަށް ލިބިގެންވާ ކަމަށެވެ.

އެފަދަ ކަމެއް ކުރާކަން ސާބިތުވެއްޖެ ނަމަ އެ ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްފައިވާ މީހާ 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި އެ މީހާއަށް އާ ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްދިނުން ފަސް އަހަރަށް މަނާކޮށް އެމީހެއްގެ ވިޔަފާރި ރަޖިސްޓްރީ ބާތިލު ކުރެއެވެ.

މިފަދަ ފިޔަވަޅެއް އަޅާއިފިނަމަ އެކަން އާއްމުކޮށް އިއުލާނު ކުރުމަށް ގަވާއިދުގައި ބުނެއެވެ.

މީގެ އިތުރުން، ވިޔަފާރި ކުރާ ތަނުގެ ނަން ރަޖިސްޓްރީ ކޮށްފައި ނެތުމާއި ނަގަންޖެހޭ ހުއްދަތައް ނަގާފައި ނެތް ނަމަ އަދި ވިޔަފާރި ކުރާ ތަނުގެ ބޭރުގައި މުދާ ބެހެއްޓުމަކީވެސް މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރެވޭ ކަންކަމެވެ.

އިންސްޕެކްޓް ކުރާއިރު އެފަދަ ކަމެއް ފެނިއްޖެ ނަމަ 1000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެ ގަވާއިދުގައި ބުނެއެވެ.

ކޮމެންޓް
އަލީ
ތިޔަކަމުންވެސް ބޮނޑިލިބޭނީ ދިވެހި ރައްޔިތުމީހާއަށް. އަންޑޮކިއުމެންޓް ބިދޭސީ މީހާ ހުންނާނި ހަމަ ހެވިފަ.
23 May 2023
ސުލައިމާނު
އެހެންތަ...އެހެންވެއްޖެޔާ ނިކަން ދޭބަލަ ފަރީދީ މަގުގެ ހަސަން މެރިން އިންޖިން ކުރިމަތީ އިންނާނެ ބަންގްލަދޭޝް ބޭފުޅަކު ހިންގާ ފިހާރައެއް...ޓްރާންސްފާރ ވެސް ކުރަނީ ބަންގްލަ ބޭފުޅާ އެކައުންޓަށް
23 May 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.