ނަރުކެނޑި ކޮނޑަށް ލައިގެން މީހަކު ފަރުވާދޭ ރޫމަށް ވަންނަނީ
ހަބަރު
23 May 2023 | 11:26
ބޮޑު ނަރުކެނޑިއަކުން މީހެއްގެ ބޮލަށް ހެރިފައި އިން ބުޅިއެއް ނަގައިފި

މީހެއްގެ ބޮލަށް ހެރިފައި އިން ބުޅިއެއް، ބޮޑު ނަރުކެނޑިއަކުން ނަގައިފިއެވެ. 

ސިއްހީ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިފައިވާ ކަމަށް ބުނެ، ޖޯކު ޖަހައި، މީހަކު މީސްމީޑިއާގައި އާއްމު ކޮށްފައި މި ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. 

އެގޮތުން، މި ވީޑިއޯ އިން އެންމެ ފުރަތަަމަ ވެސް ފެންނަނީ މީހަކު އޭނާގެ ކޮނޑަށް ބޮޑު ނަރުކެނޑިއެއް ލައިގެން ހޮސްޕިޓަލެއްގެ ފަރުވާދޭ ކޮޓަރިއަށް ވަންނަތަނެވެ. އެ ކޮޓަރީގައި އެނދުގައި ބާއްވާފައި އޮތް މީހާގެ ބޮލަށް ތިން ބުޅިލީ އަޅުވާ ބުޅީގެ ތެރެއިން އެއް ބުޅި ވަނީ ވަދެފައެވެ. އެގޮތުން އެ ބުޅީގެ އެއްބައި ބޮލަށް ވަދެގައިފައިވާއިރު، ކޮޅު ވަނީ ބޭރަށް ނުކުމެފައެވެ. 

އޭނާގެ ބޮލުން އެ ބުޅި ނެރުމަށް ނަރުހުން މަސައްކަތް ކުރަމުންދިޔައިރު ނަރުކެނޑި ހިފައިގެން ދިޔަ މީހާވެސް އެތަނަށް ވަދެ، އެ މަސައްކަތުގައު ބައިވެރިވެއެވެ. އެގޮތުން ނަރުކެނޑިން ބުޅި ނަގަން ފެށުމުގެ ކުރިން އޭތި ސާފުކުރަން އޭނާ ނަރުހުން ގާތުގައި ބުނެއެވެ. 

އެއަށްފަހު ފަސޭހައިން ބުޅި ނެގޭގޮތަށް ބުޅި ހެރިފައި އިން ހިސާބުން ޖާގަ ހަދާލުމަށްފަހު، ބުޅީގެ ކޮޅުން ބުރިކޮށްލުމަށްފަހު ވަރަށް ފަސޭހަކަމާއި އެކު ބުޅި ނަގާތަށް ފެނެއެވެ. 

އެހުރިހާކަމެއް ކުރަމުންދިޔަ އިރުވެސް ބުޅި ހެރިފައި އޮތް މީހާ އޮތީ ވަރަށް ހަމަޖެހިލައިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.