މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
24 May 2023 | 10:54
ފިޝަރީޒް މިނިސްޓަރު ގެންދަވަނީ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅުއްވަމުން: ރައީސް ނަޝީދު

ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް ހުރަސްއަޅުއްވަމުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދާއި ކުރެއްވި 3 ސުވާލަކަށް މިނިސްޓަރު ވަނީ ލިޔުމުން ޖަވާބު ދެއްވާފައެވެ.

އެގޮތުން އިބްރާހިމް ރަޝީދުގެ 3 ސުވާލުގައި ކުރައްވާފައިވަނީ މިފްކޯއިން އެކްސްޕޯޓު ކުރެވޭ ކަންނެލި މަސް ރިޖެކްޓުވާ މިންވަރާއި އެކަމާއި ގުޅުން ހުރި މާލީ މުއާމަލާތްތަކާއި ގުޅޭ މައުލޫމާތާއިމެދުއެވެ. އޭނާ ގެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ، އެ މައުލޫމާތަކީ މިނިސްޓްރީއިން އެއްކޮށް ބަލަހައްޓާ މައުލޫމާތު ނޫންކަމަށާ، އެ މައުލޫމާތު މިފްކޯއަށް އެނގޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިފްކޯ އަކީ މިނިސްޓްރީގެ ދަށުގައިވާ ކުންފުންޏެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ދެއްވި ޖަވާބާއިމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ކުރެއްވި ސުވާލު އަދި މިފްކޯގެ ހިންގުމަކީ އެ ބޭފުޅާއާއި “ބެހޭ ކަމެއް ނޫންކަމަށް” ވަޒީރު ވިދާޅުވެފައިވާކަމަށާ، އެހެން ކަމުން، މަޖިލީހުން މިނިސްޓަރާއި ހަވާލު ކުރި މަސްއޫލިއްޔަތަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތްތައް އެމަނިކުފާނު ކުރައްވަމުންދާކަމަށެވެ.

އަދި ކޮންމެ ވުޒާރާއަކާއިވެސް އެ ވުޒާރާއެއްގެ މަސައްކަތްތަކެއް ހަވާލު ކުރެވިފައިވާނެކަމަށާ، އެއީ އެ ވުޒާރާއިން ކަނޑައަޅާކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެނެއްކަމަކު އެއީ މަޖިލީހުން ކަނޑައަޅާ ކަމެއްކަމަށެވެ.

"ވަޒީރު ވިދާޅުވީ އެބޭފުޅާއާއި ބެހޭ ކަމެއް ނޫން ކަމަށް. ދެން އަޅުގަނޑު މިހާރު މި ބަލަމުންދަނީ އެ ބޭފުޅާ އާއި މި މަޖިލީހުން ހަވާލުކޮށްފައިއޮތީ ކޮން މަސައްކަތެއްތޯ. އެ ބޭފުޅާއާ ބެހޭ ކަންތަކާއި ނުބެހޭ ކަންތަކާއި ކަނޑައަޅުއްވާނީ އެ ބޭފުޅާއެއްނޫން. ވަޒީރު އަމިއްލަ ފުޅަށް ކުރައްވާ ކަމެއް ނޫން. އެއީ މިތަނުން (މަޖިލީހުން) ކޮންމެ ވުޒާރާއަކަށް، އޮންނާނެ، ވާނެ އެ ވުޒާރާއެއްގެ މަސައްކަތް ހަވާލުކޮށްފައި. އެމަސައްކަތްތައް، ތަފާސްހިސާބު ބެލެހެއްޓުން، ހިމެނޭ ކަމަށް ވާނަމަ ވަޒީރަށް އެ ހުންނެވެނީ ނުބައި މަގެއްގައި." 

ރައީސް މުހައްމަދު ނަޝީދު 

މީގެ އިތުރުންވެސް ރިޖެކްޓް މަހުގެ ތަފާސްހިސާބުތައް ބެލެހެއްޓުމަކީ ފިޝަރީޒް މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމުގައި ނަޝީދު ވިދާޅުވި އެވެ. އަދި އެއީ ވިޔަފާރީގެ މައުލޫމާތެއް ނޫން ކަމަށާ، ރިޖެކްޓް މަހާއި، ރާއްޖޭގެ މަހުގެ އެންމެހައި ތަފާސްހިސާބުތައް ބެލެހެއްޓުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް މިނިސްޓްރީން ބަލަހައްޓަންޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. 

"މިނިސްޓަރު އެ ގެންދަވަނީ މަޖިލީހުގެ މަސައްކަތަށް ހުރަސް އަޅުއްވަމުން." ރައީސް ނަޝީދުގެ ނުރުހުންވެ ވަޑައިގެން ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.