އެމް.އާރް.އެމް ގެ ރައީސް ފާރިސް މައުމޫން އަދި އެ ޕާޓީގެ ޒަޢީމް މައުމޫން އަބްދުލް ގައްޔޫމް---ފޮޓޯ: މިހާރު
ހަބަރު
25 May 2023 | 11:36
އެމްއާރުއެމްގެ ދަރަންޏެއް ވާނަމަ އެންގުމަށް އެދިއްޖެ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިއްޔެ އުވާލުމާއި ގުޅިގެން އެޕާޓީގެ ދަރަންޏެއްް ވާނަމަ އިލެކްޝަންސް ކޮމިޝަންސް އަށް އެންގުމަށް އިއުލާން ކޮށްފިއެވެ.

އެގުތުން އެ ކޮމިޝަނުން މިކަމާއި ގުޅިިގެން މިއަދު ކުރި އިއުލާންގައި ވަނީ އެމްއާރްއެމްގެ ދަރަންޏެއްވާ ނަމަ އެކަން އެންގުމަށް ކޮމިޝަނުގެ 3322241 ނަންބަރު ފޯނަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީ މެއިލް ކުރެއްވުމަށް އެދިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕާޓީ އުވާލާފައިވަނީ ސިޔާސީ ޕާޓީތަކުގައި މަދުވެގެން ތިބެންޖެހޭ މެންބަރުން ކަމުގައިވާ 3000 މެންބަރުން ހަމަނުވުމުންނެވެ. 

އެ ޕާޓީގައި 3000 މެންބަރުން ހަމަނުވެގެން ދެފަހަރެއްގެ މަތިން ނޯޓިން ދީފައިވެއެވެ. އެގޮތުން 2022 ވަނަ އަހަރުވެސް މެންބަރުން ހަމަ ކުރަން ނޯޓިސް ދިނުމުން، މުއްދަތު ތެރޭގައި ޕާޓީން ވަނީ މެންބަރުން ހަމަ ކޮށްފައެވެ. އެއަށްފަހު، އަނެއްކާވެސް އެ ޕާޓީގެ މެންބަރުންގެ އަދަދު 3000 އަށްވުރެ ދަށްވެފައި ވަނިކޮށް، ސަރުކާރުގެ ވުޒާރާތަކުގައި ތިބި އެ ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުންވެސް ވަނީ ޕާޓީން ވަކިވެފައެވެ. 

އެ މެންބަރުން ޕާޓީން ވަކިވެފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އެ ޕާޓީއަށް މެންބަރުން ހަމަކުރުމަށް ނޯޓިސްވެސް ދީފައިވަނިކޮށެވެ. އެގޮތުން ޕާޓީއަށް ދިން ދެވަނަ ނޯޓިސްގެ މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހަށެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު ފެބުރުއަރީއާ ހަމައަށް މެމްބަރުންގެ އަދަދަކީ 2،981 އެވެ.

ޕާޓީގެ ރައީސް ފާރިސް މައުމޫން އިލެކްޝަން ކޮމިޝަންގެ ނިންމުމާއި ގުޅިގެން މިއީ ކޮރަޕްޝަން އެކުލެވޭ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

"އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމެވުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ޤާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައި ދެކެން. މިކަމުން އަންގައިދެނީ، ޤައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރު. ހަމައެހެންމެ، ޤައުމުގައި ޤާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު" ފާރިސް ވިދާޅުވިއެވެ.

މިިއާއިއެކު އެ ޕާޓީގެ ޒަޢީމް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެފައި ވަނީ މިއީ ވަރަށް ކޮރަޕްޓް ނިންމުމެއް ކަމަށާއި އަދި އެ ނިންމުމާއި ދެކޮޅަށް ވަކާލާތު ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
އެލެކްސް
ދަރަންޏެއް ނުވަތަ ވަސިއްޔަތެއް އޮތްތޯ ބެލުމަކީ ޖަނާޒާތަކާއި ގުލިގެން ކުރާ ކަމެއް.
25 May 2023
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ