ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިނެވެ.
ހަބަރު
25 May 2023 | 16:34
ސަރުކާރުގެ ޕްރޮޕެގެންޑާ ހިންގަން ދައުލަތުގެ މީޑިއާ ހިންގުމަކީ ރަނގަޅުކަމެއް ނޫން: ޢަލީ ހުސެއިން

ސަރުކާރުގެ ޕްރޮޕެގެންޑާ ހިންގާ މެޝިން ތަކެއްގެ ގޮތުގައި ދައުލަތުގެ މީޑިއާ ހިންގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޢަލީ ހުސެއިން މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ލައިވް ކުރުން ހުއްޓާލި ޚަބަރު ހިއްސާ ކުރައްވަމުން ޢަލީ ލިޔުއްވާފައިވަނީ ސަރުކާރުގެ  ޕްރޮޕެގެންޑާ  ހިންގާ  މެޝިންތަކެއްގެ  ގޮތުގައި  ދައުލަތުގެ  ވަސީލަތްތައް  ބޭނުންކޮށް،  ރައްޔިތުންގެ  ފައިސާއިން  ޚަރަދު  ކޮށްގެން  ޕަބްލިކް  ސަރވިސް  މީޑިއާ  ހިންގުމަކީ ރަނގަޅު  ކަމެއްނޫން ކަމަށެވެ.

ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ސަރުކާރަށާއި، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ގިނަ ފާޑުކިޔުންތަކެއް މެންބަރުން އަންނަނީ އަމާޒު ކުރައްވަމުންނެވެ. ޚާއްޞަކޮށް އިޓްލޮސްގެ މައްސަލައާއި، އަދި ފާއިތުވެދިޔަ ދެ ދުވަހު، މަޖިލީހުގެ ރައީސް މުހައްމަދު ރައީސް ނަޝީދަށް ދެވުނު ބޮމުގެ ހަމަލާއާއި ގުޅިގެން ބޮޑެތި ތުހުމަތު ތަކާއި ފާޑުކިޔުއްތައް ރައީސް ޞާލިހަށް އަމާޒުވެ މަޖިލީހުގެ ޖަލްސާތައް މެދު ކަނޑާލަންޖެހޭ ފަހަރުތައްވެސް ވަނީ ގިނަވެފައެވެ.

އެފަދަ ދަނޑިވަޅެއްގައި ދައުލަތުގެ މީޑިއާ ޕީއެސްއެމް ވަނީ އިއްޔެއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ލައިވް ނުކުރަން ނިންމާފައެވެ. އެކަމާއި ގުޅިގެން "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ވަނީ އެފަދައިން ކަން ކުރެއްވީ މަޖިލިސް ހޫނުވުމުން މެންބަރުން ބޭނުން ކުރައްވާ ބަސްތަކާއި ގުޅިގެން ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ޕީއެސްއެމް އިން މިވަނީ އަނެއްކާވެސް ނިންމުން ބަދަލުކޮށް ޖަލްސާތައް ލައިވް ކުރަން ނިންމާފައެވެ. ނަމަވެސް އެ ނިންމި ސަބަބު ސާފުކުރަން "ވޮއިސް" އިން ޕީއެސްއެމްގެ އެމްޑީ އަލީ ޚާލިދަށް ގުޅިއިރު، ފޯނު ނިއްްވާލާފައި އޮތުމުން ބަހެއް ލިބޭ ގޮތެއް ނުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ