ސްޕައިސީ ގްރިލްޑް ޗިކަން--
ލައިފްސްޓައިލް
26 May 2023 | 10:43
ހުކުރު ދުވަހު ކުކުޅުން އެއްޗެއް ހަދަންތަ ތިއުޅެނީ؟ މީގެ އަޖުމަ ބަލާލަބަ!

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ ސްޕައިސީ ގްރިލްޑް ޗިކަން ތައްޔާރު ކުރާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވެސް ވަރަށް މީރު ވާނެއެވެ. 

ބޭނުންވާ ތަކެތި:

1ކިލޯ ކުކުޅު (ހަން ނޮޅައި، މެދުން ފަޅާލާފައި)

1 ބޮޑު ފިޔާ

3 ލޮނު މެދު

ހިކަނދިފަތް

1/2 އިންޗި އިނގުރު

ގިތެޔޮ މިރުސް

4 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 ސައި ސަމުސާ މުގުރި އަސޭމިރުސް

1/2 ސައިސަމުސާ ދިރި

3 ކާށި ފޮތި (ފިހެފައި)

ނޫޑްލްސް ސޫޕް ޕެކެޓެއް

1 1/2 ލުނބޯ

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 ސައި ސަމުސާ އޮއިސްޓާ ސޯސް 

1 ސައިސަމުސާ ލޮނު

4 މޭޒުމަތީ ސަމުސާ ބަޓަރު

ތައްޔާރުކުރާނެ ގޮތް 

1) ފިޔާ، ލޮނުމެދު، ހިކަނދިފަތް، އިނގުރު، ގިތެޔޮ މިރުސް، މުގުރި މިރުސް، އަސޭމިރުސް، ދިރި، ކާށި އަދި ނޫޑްލްސް ސޫޕް ޕެކެޓް، އެއްކޮށް މިކްސަރުން ހިމުންކޮށް މުގުރާލާއި ލޮނު މިރުސް ގަނޑެއް ތައްޔާރު ކޮށްލާށެވެ. އެއަށްފަހު މިރުސްގަނޑު ތައްޓަކަށް އަޅާލައި ލޮނާއި ލުނބޯ ހުތް މިރުސް ގަނޑަށް އެޅުމަށްފަހު އެކުލަވާލާށެވެ.

2) ދެން ކުކުޅުގައި ސޯޔާ ސޯސް، އޮއިސްޓާ ސޯސް އަދި ބަޓަރު ރަނގަޅަށް އުނގުޅާލާށެވެ. 

3) އެއަށްފަހު އެ މިރުސް ގަނޑުވެސް ކުކުޅުގައި ރަނގަޅަށް އުނގުޅާލުމަށްފަހު 1 ގަޑި އިރު ވަންދެން ފްރިޖުގައި ނުވަތަ ފްރިޖުން ބޭރުގައި ނަމަވެސް މެރިނޭޓް ކުރަން ބަހައްޓާށެވެ. 

4) ދެން 200 ޑިގްރީސް ސެލްސިއަސްއަށް 10 މިނެޓް ވަންދެން އަވަން ޕްރީ ހީޓް ކުރާށެވެ. 

5) އެއަށްފަހު ކުކުޅު ޓްރޭއަށް ލުމަށްފަހު، އަވަނަށް ލައި ކުކުޅު ފިހެލާށެވެ. 

6) ގާތް ގަނޑަކަށް 30 މިނެޓް ފިހެވުމުން ކުކުޅު މެރިނޭޓް ކުރި ތަށީގައި އިތުރުވެފައި ހުރި ޕެސްޓް ކޮޅު ކުކުޅު މަތީގައި އުނގުޅާލުމަށްފަހު ރޯ ފިލަންދެން އަނެއްކާވެސް ފިހެލާށެވެ.

ކޮމެންޓް
ޠުން
ނޫޑްލްސުޕްއަކީ ސިއްހަތަށް ގެއްލުންލިބޭ އެއްޗެއް އޭގެ ބަދަލުގައި ޗިކަންކިއް ބޭނުންކުރަން އާދަކުރައްވާ
26 May 2023
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް