ހާދިސާއަށް ފަހު އިޒްރާއިލް ސިފައިން އަދި ނޫސްވެރިން ހަރަކާތްތެރިވަނީ
ދުނިޔެ
28 May 2023 | 05:53
މީހެއްގެ ގަޔަށް ވަޅިހެރި ކަމަށް ބުނެ ފަލަސްޠީނު މީހަކު ޝަހީދުކޮށްލައިފި

މީހެއްގެ ގަޔަށް ވަޅިހެރި ކަމަށް ބުނެ، އިޒްރާއިލްގެ ޔަހޫދީއަކު ފަލަސްޠީނުގެ މީހެއް ޝަހީދުކޮށްލައިފިއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ 28 އަހަރުގެ އަލާ ޤައިސިއްޔާ ގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފައި ވާކަމަށެވެ.

އަދި އަލާ ގެ ގަޔަށް ބަޑިޖަހައި އޭނާ ޝަހީދު ކޮށްލައިފައިވަނީ ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގެން އުޅޭ އިޒްރާއިލްގެ މީހުންގެ ތެރެއިން ހައްދުފަހަނަ އެޅި މީހެއް ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އިޒްރާއިލް ސިފައިން ބުނެފައިވަނީ އަލާ ގެ ގަޔަށް ބަޑި ޖަހައިފައިވަނީ ޔަހޫދީންގެ ދީނީ ހަފްލާއަކަށް ތައްޔާރު ވަމުން ދަނިކޮށް އެތަނުގައި ޔަހޫދީންގެ މީހެއްގެ ގަޔަށް ވަޅިޖަހުމުން ކަމަށެވެ.

ސީސީޓިވީ  ކެމެރާތަކަށް އަރައިފައިވާ މަންޒަރު ތަކުން ދައްކާގޮތުން އަލާ ވަޅިއެއް ހިފައިގެން އެ ހަރަކާތައް އެއްވެފައި ތިބި މީހުން ތަކުގެ ތެރޭގައި ހުންނަތަން ފެނެއެވެ. ނަމަވެސް ވަޅިން ހަމަލާ ދޭ މަންޒަރު އެ ފުޓޭޖް ތަކަށް އަރައިފައެއް ނުވެއެވެ.

މީގެ އިތުރުން އިޒްރާއިލްގެ ޔަހޫދީން ވަނީ ހުކުރުދުވަހު ފަލަސްޠީނުގެ ދަނޑުވެރިންނަށް އުނދަގޫތަކެއް ކޮށްފައެވެ. އެގޮތުން ރާމައްالله ކައިރީގައި އޮންނަ އަލް މުޤައްޔިރް ކިޔާ އަވަށުގައި ދަނޑުވެރިން އެމީހުންގެ ދަނޑުތަކުގައި މަސައްކަތް ކޮށް އުޅެނިކޮށް ބަޑީގެ ހަމަލާތައް ދީ އޮއްގައު އުކައި އުނދަގޫ ކޮށް ހަދައިފައިވެއެވެ. މީގެ އިތުރުންވެސް އެހެން ދެ ހިސާބެއްގައިވެސް ފަލަސްޠީނުގެ ދަނޑުވެރިންނަށް އުނދަގޫ ކޮށްހަދައި ފައި ވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

ޖެނުއަރީ މަހުން ފެށިގެން މިއަަހަރުގެ މިހާތަނަށް ފަލަސްޠީނުގެ 140 މީހުން ޝަހީދު ކޮށްލައިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.