ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ކުޅިވަރު
28 May 2023 | 20:58
ފީފާގެ ރައީސް، އިންފަންޓީނޯގެ ޚާއްސަ ޝުކުރު މަހިބަދޫ ރައްޔިތުންނަށް!

ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯގެ އެދުމާއި އެއްގޮތަށް ރާއްޖޭގައި ޕެލޭ ސްޓޭޑިއަމް ގެ ނަމުގައި ފުޓުބޯޅަ ސްޓޭޑިއަމްއެއް ހުޅުވުމުން އދ. މަހިބަދޫގެ ރައްޔިތުންނާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ޝުކުރު އަދާކުރައްވައިފިއެވެ. 

ބްރެޒިލުގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ މަރުވުމާއި ގުޅިގެން، ފީފާއިން ކޮންމެ މެންބަރު ގައުމެއްގެ އެއް ދަނޑަށް ޕެލޭގެ ނަމުން ނަން ދިނުމަށް ވަނީ އެދިފައެވެ. 

އެގޮތުން ފީފާގެ އެ އެދުމާއި އެއްގޮތަށް، ކުރީ ސަރުކާރުން އދ. މަހިބަދޫގައި އަޅައި، ހުޅުވާފައިވާ، މަހިބަދޫ ފުޓްބޯލް ސްޓޭޑިއަމްގެ ނަން، ޕެލޭ ސްޓޭއަށް އިއްޔެ ވަނީ ބަދަލުކޮށް ހުޅުވާފައެވެ. މަހިބަދޫގެ އެ ފުޓްބޯޅަ ސްޓޭޑިއަމްއަކީ ފީފާގެ ސްޓޭންޑަޑް ތަކަށް ފެތޭ، ފީފާއިން ގަބޫލުކުރާ ޕިޗެއް ހިމެނޭ ދަނޑެކެވެ.

ޕެލޭ ސްޓޭޑިއަމް ހުޅުވުމަށް އިއްޔެ ހަވީރު މަހިބަދޫގައި ބޭއްވި ރަސްމިއްޔާތެގައި ދަނޑު ހުޅުއްވައިދެއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، މަހިބަދޫ ކައުންސިލުގެ ރައީސް ރަޝާދު އަލީގެ އިތުރުން މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ތަޖުރިބާކާރު ފޯވާޑް އަޙްމަދު ތޯރިގް (ޓޮމް) އެވެ.

ޕެލޭ ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--

ދަނޑު ހުޅުވުމުގެ ގޮތުން، ރާއްޖޭގެ ގައުމީޓީމާއި މަހިބަދޫ ފުޓްބޯޅަ ޓީމާ ދެމެދު މެޗެއްވެސް ވަނީ ކުޅެފައެވެ. އެ މެޗް 5-0 އިން ފަސޭހަ ކަމާއިއެކު ކާމިޔާބު ކޮށްފައިވަނީ ރާއްޖޭގެ ގައުމީ ޓީމުންނެވެ. 

ޕެލޭ ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--

ފީފާގެ އެދުން ގަބޫލުކޮށް ރާއްޖޭގައި ޕެލޭ ސްޓޭޑިއަމްގެ ނަމުގައި ސްޓޭޑިއަމްއެއް ހުޅުވުމާއި ގުޅިގެން، ފީފާގެ ރައީސް ވަނީ، ދިވެހިރާއްޖެ އަށާއި ޚާއްސަކޮށް، އެ ސްޓޭޑިއަމް ހުޅުވި ރަށް، މަހިބަދޫގެ ރައްޔިތުންނާއި ބައްސާމްއަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. 

"ޕެލޭގެ ނަމުގައި ފުޓުބޯޅަ ސްޓޭޑިއަމްއެއް ހުޅުވި ކަމަށްޓަކައި އަހަރެން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލަށާއި، މަހިބަދޫގެ ރައްޔިތުންނަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން ބޭނުން." އިންފަންޓީނޯ ވިދާޅުވެފައިވެއެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.