ޗެނަލް-13 ގެ ނަންބޯޑު/ ފޮޓޯ: ސަން
ހަބަރު
29 May 2023 | 09:43
ޗެނަލް-13 އަށް އިންޒާރުދިންކަމަށް ބުނެ ހުށައެޅި މައްސަލަ ބޭރުކޮށްލައިފި

ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ސަރުކާރުން ޗެނަލް-13އަށް އިންޒާރުދީ ބިރުދައްކާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅުއްވައިފި އެވެ. 

އެ ކުއްލި މައްސަލައިގައި ވަނީ ގާނޫނު އަސާސީގެ 27ވަނަ މާއްދާއިން މނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކަށް، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން އިސްތިސްނާއެއްނެތި ހުރިހާ ދިވެހިރައްޔިތުންނަށް ފޯރުކޮށްދީފައިވާކަމަށެވެ.

މިކަން މިހެން އޮތް އިރު ޤާނޫނު އަސާސީގެ 28ވަނަ މާއްދާއިން ނޫސްވެރިކަންކުރުމާއި މުއާސަލތީ ވަސީލަތްތައް ބޭނުންކުރުމާއި، ޚަބަރާއި މަޢުލޫމާތު ފެންނަގޮތަކާއި، ޚިޔާލުތައް ފާޅުކުރުމާއި ޝާޢިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ފުރިހަމައަށް ދިވެހިންނަށް، ފޯރުކޮށްދީފައިވާކަން ޝިޔާމުގެ މައްސަލާގައި ފާހަގަކޮށްފައިވެއެވެ.

ޤާނޫނު އަސާސީން ދިވެހިންނަށް ކަށަވަރުކޮށްދޭ ޙައްގުތައް ހަނިކުރެވޭނެ މިންވަރާއި، އެ ޙައްގުތައް ހަނިކުރެވޭނެ ގޮތް ޤާނޫނު އަސާސީގެ 16ވަނަ މާއްދާގައި ބަޔާންކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައި އެޙައްގުތައް ހަނިކޮށްފައި ނުވާ ދަރަޖައަށް ބްރޯޑްކާސްޓިން ކޮމިނުން އެކުލަވައިލި ގައިޑްލައިނެއް ނުވަތަ ކޯޑެއްގެ ތެރެއިން އެހައްގުތައް ހަނިކޮށް ވަކިވަކި މީޑިއާތަކަށް އިންޒާރުދީ ބިރުދައްކަމުންދާކަން ޝިޔާމް ވަނީ ފާހަގަކޮށްފައެވެ.

އަދި ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ޙައްގުތަކާއި މިނިވަންކަން ހިފަހައްޓަންޖެނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހިފަހައްޓަންޖެހޭ މިންވަރަށްކަން ނުވަތަ އިސްލާމްދީނުގެ އަސްލެއް ހިމާޔަތްކުރުމަށްޓަކައި ހިފަހައްޓަންޖެހޭ މިންވަރަށްކަން ގާނޫނު އަސާސީގެ 16ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނަކަންވެސް ޝިޔާމް ފާހަގަކޮށްފައިވެއެވެ.

އަދި ސަރުކާރުގެ ނުފޫޒުން ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް13އާއި ސަރުކާރުކާރަށް ފާޑުކިޔާ އެހެން މީޑިއާތަކަށް ބިރުދައްކައި އިންޒާރުދެމުންދާކަމަށް ޝިޔާމުވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަން ހުއްޓާލުމަށް މި ކުއްލި މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. 

އެހެން ނަމަވެސް އެ ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފާހެއް ނުވިއެވެ. އެގޮތުން އެ މައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދިނީ އެންމެ 20 މެމްބަރުން ނެވެ. ބަލައިގަންނަން ނުފެންނަކަމަށް 26 މެމްބަރުން ވޯޓު ދީފައިވެއެވެ.

އެހެންކަމުން ކުއްލި މައްސަލަ ބަލައިގަތުމަށް ބޭނުންވާ އަދަދަށް ވޯޓު ލިބިފައި ނުވާތީ އެ މައްސަލަ ވަނީ ތަޅުމުން ބޭރުކޮށްލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.