މަޖިލީހުގެ ރައީސް ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
29 May 2023 | 10:37
"ޗޯރު އިބުރޭ" ގޮވާތީ ހަމައިން ނެއްޓުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" ގޮވާތީއޭ ކިޔައި ހަމައިން ނެއްޓިގެން ދިއުމަކީ ޑިމޮކްރަސީގައި ފަހަތަށް އަޅާ ފިޔަވަޅެއްކަމަށް މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޞާލިހަށް "ކަނޑު ފޭރޭ ޗޯރު" އަދި "ޗޯރު އިބުރޭ" ނިސްބަތްކޮށް ޗެނަލް13 އިން ގެނެސްދޭ ލަވަތަކެއްގެ މައްސަލަ ބަލަން ފެށުމުން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله ދެއްކެވި ވާހަކަތަކާއި އެމަނިކުފާނު އެއްބަސްވެވަޑައިގަތުމުގެ ގޮތުންނެވެ. 

މެމްބަރުގެ އީވާގެ ވާހަކައިގައި ވަނީ އިދިކޮޅު ޕާޓީގެ ގޮތުގައި މަސައްކަތް ކުރާއިރު، ވެރިކަމުގައި ހުންނަ ފަރާތްތަކަށް ނިސްބަތްކޮށް ލަވަހެދުމާއި، ވަނަން ކިޔުމަކީ ކޮންމެ ވެރިކަމެއްގައި ގެންގުޅޭ ސިޔާސީ އުކުޅެއްކަމަށް ވިދާޅުވެފަ އެވެ. 

އެހެންކަމުން ރައީސް ޞާލިހަށް ނިސްބަތްކޮށް ވަނަމަކުން މުޚާތަބުކުރުމަކީ ފިޔަވަޅުއަޅަން ޖެހޭ ކަމެއް ނޫން ކަމަށާއި، އެފަދައިން އެކަން ކުރުމަކީ ޑިމޮކްރަސީ ފަހަތަށް ސޮއްސާލުންކަމަށް އީވާ ވިދާޅުވި އެވެ. 

އީވާގެ އެވާހަކަތަކާއި އެއްބަސްވެވަޑައިގަންނަވާ ކަން ފާހަގަކުރައްވާ ނަޝީދުު ވަނީ މީގެކުރީގެ ރައީސުންނަށް ކިޔާފައިވާ އެކި ނަންތައް ހަނދާންކޮށްދެއްވާފަ އެވެ. 

"ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ކަރު ކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާޣީ ވަހީދު، ކުރީގެ ރައީސް އަބްދުالله ޔާމިނަށް ރާގޮނޑި ރާޖާ.. މި ނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގަޔާއި އެކި ތަންތަނުގައި އެކި ގޮތްގޮތަށް ކިޔާފައި" 

ރައީސް މުޙައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ ކުރީގެ ރައީސުންނަށް ތަފާތު ނަންތައް އެކި ތަންތަނުގައި ގޮވާފައިވާއިރު، އެކަންކަން ހުއްޓުވާފައި ވެސް ނުވާކަމަށެވެ.

ރައީސް ނަޝީދާއި ޞާލިހު ވިޔަވަތި ކޮންފަރެންސްގެ ތެރެއިން 

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ނިސްބަތްކޮށް "ޗޯރު އިބުރޭ" އޭ ގޮވުމަކީ ހަމައިން ނެއްޓެންޖެހޭ ކަމެއް ނޫން ކަަމަށާއި، އެފަދައިން ހަމައިން ނެއްޓޭނަމަ އެއީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ނަޝީދު ވަނީ ސިފަކުރައްވާފަ އެވެ. 

"މިއަދު ޗޯރު އިބުރޭ ކީމާ، އެކަމާއި އަޅުގަނޑުމެން ހަމައިން ނައްޓައިގެންދާ މިންވަރަށް ކަންބޮޑުވުން އިތުކޮށްފިނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެއް" 

ރައީސް މުޙައްމަދު ނަޝީދު 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.