މިނިސްޓަރ އޮފް އެންވަޔަރމެންޓް، ކްލައިމެޓް ޗޭންޖް އެންޑް އާމިނަތު ޝައުނާ --
ހަބަރު
29 May 2023 | 14:53
އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓަރ ކޮންފަރެންސްއެއް ބާއްވަނީ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ވާރލްޑް ބޭންކާއި ގުޅިގެން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ޚާއްސަކޮށްގެން އިންވެސްޓަރ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.

ރިނިއުވަބަލް އެނަރޖީ އިންވެސްޓަރ ކޮންފަރެންސް (އާރްއީއައިސީ 2023) ނަމުގައި ބާއްވާ މި ކޮންފަރެންސް އޮތީ އަންނަ ޖޫން މަހުގެ 8 – 7 އަށް ބަނޑޮސް މޯލްޑިވްސް ރިސޯޓުގައެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ވާރލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހިންގުމަށް ރާވައިފައިވާ އިއާދާކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ޕްރައިވެޓް އިންވެސްޓްމަންޓް ހޯދުމާއި އަދި ޖުމްލަކޮށް ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަށް ހުރި ފުރުސަތްތަކުގެ މައުލޫމާތު އިންވެސްޓަރުންނަށް ފޯރުކޮށްދިން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އަދި އޭގެއިތުރުން ރާއްޖެއިން ނެޓްޒީރޯ އެމިޝަން ޤައުމަކަށް ވުމަށް ގެންގުޅޭ ތަސައްވަރާއި، ޖުމުލަކޮށް ހަކަތައިގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި މިހާރު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ކުރުމަށްރާވާފައިވާ ކަންކަމުގެ މަޢުލޫމާތު މި ކޮންފަރެންސްގައި އިންވެސްޓަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އޮންލައިންކޮށްވެސް އިންވެސްޓަރުންނަށް ބައިވެރިވެވޭ މި ކޮންފަރެންސްގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު އަދި މިނިސްޓަރ އޮފް އިކޮނޯމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް ކީނޯޓް ސްޕީކަރުންގެ ގޮތުގައި ތަޤްރީރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ވާރލްޑް ބޭންކްގެ ފަރާތުން ސްރީލަންކާ، ނޭޕާލް އަދި ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދާދް ޒަރްވޯސް ކީނޯޓެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސްގައި މިނިސްޓްރީން ހިންގާ އެރައިސް މަޝްރޫޢުގެ ދަށުން އިއުލާންކޮށްފައިވާ 16 މެގަވޮޓް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއާއި އަދި އައްޑޫ ސިޓީގެ މޫދުގައި ގާއިމުކުރާ 10 މެގަވޮޓް ފްލޯޓިންގ ސޯލަރ ޕީވީގެ ނިޒާމުގެ މައުލޫމާތު އިންވެސްޓަރުންނަށް ދޭނެއެވެ.

އަދި މި މަޝްރޫޢުތަކާއި ގުޅޭ ގޮތުން އިންވެސްޓަރުން އޮޅުންފިލުވަން ބޭނުންވާ ސުވާލުތަކުގެ ޖަވާބުވެސް މި ސެޝަންތަކުން ލިބިގެންދާނެއެވެ.

އޭގެ އިތުރުން ވާރލްޑް ބޭންކުން ހަކަތައިގެ ދާއިރާއަށް ހިންގާ މަޝްރޫޢުތަކާއި އަދި އެ މަޝްރޫޢުތަކުގެ ރިސްކް މިޓިގޭޝަން ފްރޭމްވާރކްގެ މައުލޫމާތު ސެޝަންއެއް އިންވެސްޓަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވާރލްޑް ބޭންކްގެ އެސްޕަޔަރ އަދި އެއިސް މަޝްރޫއަށް ކަނޑައަޅާފައިވާ ރިސްކް ކަވަރޭޖް އަދި ގެރެންޓީ މެކޭނިޒަމް ގެ މައުލޫމާތުވެސް މި ކޮންފަރެންސްގެ އަލީގައި އިންވެސްޓަރުންނަށް ލިބިގެންދާނެއެވެ.

ދެ ދުވަހަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގައި ދުނިޔޭގެ އެހެން ޤައުމުތަކާއި އަދި ރާއްޖޭގައިވެސް ފުޅާދައިރާގައި ފްލޯޓިންގ ސޯލަރ ނިޒާމުތަށް ޤާއިމުކޮށްފައިވާ ބައެއް ކުންފުނިތަކުގެ ތަޖްރިބާ އިންވެސްޓަރުންނާއި ހިއްސާކުރުމުގެ ސެޝަންއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ދިވެހިރާއްޖެ، ސިންގަޕޫރު، ނޯވޭ ފަދަ ގައުމުތަކުގައި ފްލޯޓިންގ ސޯލަރ ޕީވީ ނިޒާމު ގާއިމުކޮށްފައިވާ ކުންފުނިތަކުން އެކުންފުނިތަކުން ހިންގާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު މި ސެޝަންގައި އިންވެސްޓަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެކުރިންވެސް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ވަނީ ހަކަތައިގެ ދާއިރާއަށް ޚާއްސަ އިންވެސްޓަރ ކޮންފަރެންސްތަކެއް ބާއްވައިފައެވެ. މި އަހަރު ބާއްވާ އިންވެސްޓަރ ކޮންފަރެންސަކީ މިފަދަ 3 ވަނަ ކޮންފަރެންސެވެ.

ކޮންފަރެންސްގައި ބައިވެރިވުމަށް ރަޖިސްޓަރވުމަށް:

https://forms.office.com/r/TLhR0JZ92r

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.