މެންބަރު ހަސަން ޒަރީރު-- ފޮޓޯ/ މަޖިލިސް
ހަބަރު
29 May 2023 | 16:26
ޒަރީރުގެ ސުވާލެއް: މިއަދު ނުލިބެނީ މައުލޫމާތެއްތޯ؟ ކޮން މިނިވަންކަމެއްތޯ؟

ކުރީ ސަރުކާރުތަކުން ނޫސްވެރިންނަށް މިނިވަންކަން ނުދޭ މިންވަރަށް މި ސަރުކާރުން ދީފައިވާ ކަމަށާ، މިހާރު ނޫސްވެރިންނަށް އެދޭ މައުލޫމާތުތަކާއި، މިނިވަންކަންވެސް ލިބިފައިވާ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި، ޗެނަލް-13 އާއި ގުޅިގެން ހުށަހެޅުނު ކުއްލި މައްސަލައާއި ގުޅިގެން ވާހަކަދައްކަވަމުން ޒަރީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މުހިންމު ބިލުތައް ހުށަހެޅެމުންދާއިރުވެސް، އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދަނީ، ކަމާއި ނުގުޅޭ، ހަގީގަތާއި ޚިލާފް ވާހަކަ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މީޑިއާގެ މިނިވަންކަމުގެ ވާހަކަ ދައްކަވާއިރު، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެކަންކަން އޮތްގޮތް އިދިކޮޅަށް ވަރަށް ސާފު ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ޒަރީރު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އެންމެ މުހިންމު އެއް އަސާސަކީ އެންމެހައި ރައްޔިތުންނަށްވެސް މިނިވަންކަމާއި އެކު ބަސްބުނުމުގެ މިނިވަންކަން ހޯދައި ދިނުމް ކަމަށާ، ނިމިދިޔަ އެއްވެސް ސަރުކާރަކުން ނޫސްވެރިންނަށް ނުދޭހާ މިނިވަންކަން "ތަންމިނަށް ހުޅުވާލައިގެން" މި ސަރުކާރުން ދެމުން އަންނަ ކަމަށެވެ. 

"މިއަދު ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އަދި ކޮށްދެމުންދާ މަސައްކަތްތައް އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ނަތީޖާއަކީ މިއަދު ކޮންމެ މީހަކަށްވެސް، ކޮންމެ މީޑިއާއަކަށްވެސް ކޮންމެ ސަރުކާރު އޮފީހަމަށް ވަދެ އަތްދިއްކޮށްލާފަ، ގަލަމުން ލިޔެލާފައި މިވެނި މައުލޫމާތެއް ދޭށޭ ބުނުމުގެ މިނިވަންކަން އެބައޮތް. އެމިނިވަންކަން އެދަނީ ދެމުން. މިއީ ނިމިދިޔަ އެއްވެސް ސަރުކާރަކުން ކުރި ކަމެއްތޯ؟ ނިމިދިޔަ އެއްވެސް ސަރުކާރެއްގައި އެ މައުލޫމާތުތައް ލިބުނުތޯ؟ ކޮން މައުލޫމާތެއްތޯ މިއަދު ނުލިބެނީ؟ ކޮން މިނިވަންކަމެއްތޯ ނުލިބެނީ؟" ޒަރީރު ވިދާޅުވިއެވެ. 

ޒަރީރު ވިދާޅުވީ މިސަރުކާރުން ނޫސްވެރިން ޖަލަށްލައި އަނިޔާ ކުރަމުން ނުދާ ކަމަށެވެ. އަދި ހާހުން، ދެހާނުން، ފަސް މިލިއަނުން ނޫސް މަޖައްލާތައް ޖޫރިމަނާ ކުރަމުން ނުދާ ކަމަށެވެ. އަދި އެފަދަ ކަންކަން ނުކުރާއިރު އިދިކޮޅުން ނޫސްވެރިންގެ މިނިވަންކަން ނެތޭ ބުނުމުން ލަދު ގަންނަ ކަމަށާ، އެއީ ޖޯކެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ޒަރީރު އިތުރަށް ވިދާޅުވީ އިދިކޮޅުން މީޑިއާތަކުގެ ވާހަކަ އަޑަށް ބާރުލާފައި ދައްކަވާއިރު، ރައީސް ޔާމީން އަކީ މީޑިއާތަކަށް ފިއްލަވައިން އުޅުއްވި ބޭފުޅެއް ކަމަށެވެ.

"ކިތައް ފަހަރުތޯ އެބޭފުޅާ (ރައީސް ޔާމީން) މީޑިއާ ތަކާއި ބައްދަލުކުރެއްވީ؟ މިއީ މިބޭފުޅުން މިދައްކާ މީޑިއާތަކުގެ ވާހަކަ ހަގީގަތް ހިންގާ ގޮސް ނަޒަރުހިންގާލީމާ ޖެހޭ ހިސާބަކީ މިއީ. އަޅުގަނޑުމެން ނުދެކެން މަދު ފަހަރެއްގައި ނޫނީ. މާވަހަރެއް މީހަކު ހޮވޭ އުސޫލުން، މީޑިއާތަކަށް އެމަނިކުފާނު ބައްދަލުކޮށްލަފާނެ. އެހެންނޫނީ އެބޭފުޅާ އުޅުއްވަނީ ފިލައިގެން. މިއަދު މިވަނީ އެހެންތޯ؟" 

ހަސަން ޒަރީރު

ޒަރީރު ވިދާޅުވީ ނޫސްވެރިންނަށް އަނިޔާކޮށް ނޫސްވެރިންނަށް އިހާނަތްތެރިކޮށް ހިތި ޕާޓީގެ މެންބަރުން މިއަދު މަޖިލީހުގައި ތިބެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދެއްކިޔަސް އެވާހަކަ ގަބޫލުކުރާނެ ބަޔަކު ނޫޅޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ