ހަބަރު
30 May 2023 | 06:57
ކަނޑުމަތި އެޅުމާއި، މަގުމަތި އެޅުމުގެ ހަގީގަތް؛ އެފަދައިން ދިމާވުމުން ކަން ކުރަންވީގޮތް!

މަގުމަތި އެޅުމާއި ކަނޑުމަތި އެޅުން، ނުވަތަ ވާވެއްދުމަކީ ޒަމާނުއްްސުރެ ވެސް އަހަރެމެންނަށް ކިޔައި އުޅޭ އަޑު އިވޭ ވާހަކަ ތަކެވެ. ޚާއްސަކޮށް މަހަށް ގޮސް އުޅޭ އިރު، މިހާރުވެސް މިފަދަ ހާދިސާތައް ދިމާވާކަން މަސްވެރިން ކިޔައިދެއެވެ. އަދި ބައެއް ފަހަރު އެއްގަމުގައި، މަގުމަތީގައި ހިނގާ އުޅޭއިރުވެސް ބައެއް މީހުންނަށް މިފަދަ ހާދިސާތައް ދިމާވެއެވެ. 

ވާވެއްދުމުން އެ މީހަކަށް ނުވަތަ އެ ބަޔަކަށް ދާން އުޅޭ މިސްރާބު ގެއްލޭގޮތް ވެއެވެ. އޭގެ ސަބަބުން ކިތަންމެ ގިނަވަގުތަކު ދުއްްވި ނަމަވެސް ނުވަތަ ހިނގި ނަމަވެސް އަބަދު އެއްތަނަކަށް އާދެވި، ނުވަތަ އެހެން މިސްރާބުތަކަށް ދެވި ދާން އުޅޭ މަންޒިލަށް ނުދެވޭގޮތް ވެއެވެ. މިފަދަ ހާދިސާތައް ކިޔައިދޭ މީހުން ބުނާ ގޮތުން މިއީ ވަރަށްވެސް ބިރުވެރި ވަގުތުކޮޅެކެވެ. ޚާއްސަކޮށް ރޭގަނޑުގެ ވަގުތު ތަކުގައި، ކަނޑުމަތީގައި އުޅޭ އިރު، މިފަދަ ހާދިސާތައް ދިމާވުމުން ރަށަށް ދެވޭނެ ކަމުގެ އުއްމީދު ކެނޑި، އިންޖީނުން ތެޔޮ ހުސްވެދާނެ ކަމުގެ ބިރު ހީވުން ފަދަ އެތައް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެން ދެއެވެ. 

އިހުޒަމާނުގައި މީހުން ކަނޑުމަތި އެޅުމާއި ރެދަން ލުމާއިވެސް ގުޅުވައި އުޅެއެވެ. އެގޮތުން ރެދަން ލައިފި ނަމަ ކަނޑުމަތި އަޅާނެކަމަށް ނުވަތަ ކަނޑުމަތި އަޅައިފިނަމަ ރެދަން ލާނެ ކަމަށް ގަބޫލުކުރާ މީހުންވެސް އުޅުނެވެ. 

އަދި މީގެ އިތުރުން، އިހުގެ މީހުން ގަބޫލުކުރާ އެހެން ބޯދާ ގަބޫލު ކުރުމެއްވެސް އޮވެއެވެ. އެއީ ކަނޑުމަތި އަޅާފައިވާ ދޯންޏެއް ސަލާމަތް ކުރެވޭނީ ދޯނީގެ ކުނބުގައި ރިހާކުރު އުނގުޅައިގެންނެވެ. އެހެންކަމުން އޭރު ހުރިހާ ދޯންޏެއްގައި ހެންވެސް ރިހާކުރު ގެންގުޅޭ ކަމަށްވެ އެވެ. އެހެންނަމަވެސް، ރިހާކުރު ކުނބުގައި ހާކައިގެން، މި ފަދަ ބިރުވެރި ހާދިސާއަކުން ސަލާމަތް ވެދާނެ ކަމަށް ބުއްދިވެސް ގަބޫލެއް ނުކުރެއެވެ. އަދި ގަބޫލު ކޮށްގެންވެސް ނުވާނެއެވެ. 

ކަނޑުމަތި އެޅުމުގެ ހާދިސާތައް ގިނަ ބަޔަކަށް ދިމާވެފައިވާ ކަމަށް އެމީހުންގެ ދުލުން ކިޔައިދިން ނަމަވެސް މިއީ ހަގީގަތެއް ނޫން ކަމަށް ބައެއް މީހުން ބުނެއެވެ. އަދި، އެއީ މީހުންގެ ސަމާލުކަން ހޯދުމަށް ދައްކާ ވާހަކަ ކަމުގައިވެސް އެ މީހުން ބުނެއެވެ. ނުވަތަ އެއީ މާ ބިރު ގަތުމުން ހީވާ ހީވުމެއް ކަމަށްވެސް އަނެއް ބަޔަކު ދެކެއެވެ. 

ކަން މިހެން ހުރި ނަމަވެސް ވާވެއްދުމަކީ ހަގީގަތުގައިވެސް ވާނެ ކަމެއް ކަމަށާ، އަހަރެމެންގެ ލޮބުވެތި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ޒަމާނުގައިވެސް އެފަދަ ކަންކަން ހިނގާފައިވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު ޢަލީ ޒާހިރު ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން، ރޭ ދާރިސް ޓީވީން ގެނެސްދިން "ސުވާލަކީ ކޮބާ؟" ޕްރޮގްރާމެއްގައި ބެލުންތެރިއެއް ވާވެއްދުމާއި ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝެއިޚް ވިދާޅުވީ އެފަދަ ކަންކަމަކީ ޖިންނި ޝައިޠާނުންގެ ކިބައިން ދިމާވާ ކަންކަން ކަމަށެވެ. 

އަދި އެއްގަމުގައި ނަމަވެސް ކަނޑުގައި ނަމަވެސް އެފަދަ ކަމެއް ކުރިމަތި ވެއްޖެނަމަ، އާޔަތުލް ކުރުސި އާއި، ބަންގީގެ ކަލިމަތަކާއި، އަދި ޒިކުރުތައް ކިޔުމަށް ޝެއިޚު ވަނީ އިރުޝާދު ދެއްވާފައެވެ. އަދި އެފަދައިން ކަން ކުރުމުން މާތް اللهގެ އިރާދަފުޅުން އެކަމުން ސަލާމަތް ވާނެ ކަމަށްވެސް ޝެއިޚު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.