މިނިސްޓަރު ފައްޔާޟް އިސްމާއިލް މަޖިލީހުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ މަޖިލިސް
ހަބަރު
30 May 2023 | 14:00
މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ދެ ބިލެއް އަވަހަށް ފާސްކުރުމަށް ފައްޔާޟް އެދިއްޖެ

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު ދެ ބިލެއްގެ ބަހުސްކޮށް އަވަހަށް ފާސްކޮށްދިނުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެދިލައްވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި ފައްޔާޟް ކުރެއްވި ޓުވީޓެއްގައި އަވަސް ކޮށްދެއްވުމަށް އެދިލައްވާފައިވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލެވެ. 

ފައްޔާޒު ވިދާޅުވީ އެ ދެ ބިލަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔައްކުރުމަށް އަދި އިގްތިސޯދަށް ވަރައް މުހިއްމު ދެ ބިލް ކަމަށެވެ.

"މި އެޖެންޑާކޮއް ބަހުސްކޮއް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ޤަރާރުތަކެކޭ އެއްފަދައިން މުހިއްމު."

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގައި ވަނީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރާނެ ގޮތްތައް ކަނޑައަޅާފަ އެވެ. އަދި މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓޭ ހާލަތުގައި އެފަދަ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރެވޭނެ ނިޒާމެއް އެކަށައެޅުން ވެސް އެ ބިލުގައި ވެއެވެ.

ބިލްގެ އިބްތިދާއީ ބަހުސް މިދިޔަ މަހުގައި ފެށުމަށްފަހު އިތުރު މަސައްކަތެއް މަޖިލީހުން ކޮށްފައެއް ނުވެ އެވެ.

އޮކިއުޕޭޝަނަލް ސޭފްޓީ ބިލުގައި މަސައްކަތުގެ މާހައުލަކީ މަސައްކަތް ކުރާ ފަރާތްތަކާއި އެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކަށް ސިއްހީ ގޮތުން ރައްކާތެރި މާހައުލެއްކަން ކަށަވަރުކުުމަށް ބޭނުންވާ އަސާސީ އުސޫލުތައް ކަނޑައަޅާފައިވާއިރު، މަސައްކަތު މާހައުލުން ލިބޭ އަނިޔާ އާއި ގެއްލުންތައް ރިޕޯޓުކޮށް، މައްސަލަ ބަލައި ފިޔަވަޅު އެޅޭނެ/ބަދަލުދެވޭނެ ނިޒާމެއް ގާއިމްކުރުން ވެސް ވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލީހަށް ހުށަހެޅުނު އެ ބިލް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

ރައްޔިތުންގެ މަޖިލީހަށް "ބޭކާރު" ގަރާރު ތަކާއި ކުއްލި މައްސަލަތައް ލައި ބަހުސް ކުރަމުންދާ ކަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން އަންނަނީ ބުނަމުންނެވެ. އަދި އެފަދަ ގަރާރު ތަކާއި މައްސަލަ ތަކުގެ ސަބަބުން، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މުހިންމު، ބިލް ތަކުގެ މަސައްކަތް ލަސްވަމުންދާ ކަމަށް އެ މެންބަރުން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.