ތުރުކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދޮޣާން--
ހަބަރު
30 May 2023 | 15:16
އުރުދޮޣާން ހަތަރު މަހަށް ޖަލަށް ލެވުނީ މި ޅެން ކިޔައިގެން

ތުރްކިޔޭގައި އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައި ރައީސް ކަމުގެ އިތުރު ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި އެ ގައުމުގެ މިހާރުގެ ރައީސް ރަޖަބް ޠައްޔިބް އުރްދޮޣާން ވަނީ މީގެ އަހަރުތަކެއް ކުރިން ޖަލަށް ލެވިފައެވެ. 

އެގޮތުން އުރުދޮޣާން ޖަލަށް ލެވިފައިވަނީ 1999 އަހަރު ތެރޭގައެވެ. އޭރު އެމަނިކުފާނު ދިޔައީ އިސްތަންބޫލްގެ މޭޔަރު ކަމުގެ މަގާމު އަދާކުރައްވަމުންނެވެ. އެ މަގާމުގައި ހުންނަވައިގެން ކިޔުއްވި ޅެމެއްގެ ސަބަބުން 4 މަސްދުވަހަށް އެމަނިކުފާނު ޖަލަށް ލާފައިވާއިރު, ސިޔާސީ އެއްވެސް ކަމެއްގައި ހަރަކާތްތެރިވެ އުޅުންވެސް އުރުދޮޣާންގެ މައްޗަށް އޭރު ވަނީ މަނާކޮށްފައެވެ. 

އުރުދޮޣާން ތުރުކިޔޭގެ ޖަލުގައި 

ޅެމެއް ކިޔުއްވި ކަމަށްޓަކައި އެ އަދަބު އުރުދޮޣާން އަށް ދީފައިވާއިރު، އެ ޅެމުގައި އެއްވެސް ބޭ އަދަބީ ބަހެއް ނުވަތަ މީހަކަށް އަނިޔާއެއް ދިނުމަށްވެސް ހިތްވަރުދެއްވާފައެއް ނުވެއެވެ. 

އެ ޅެމުގެ މާނައިގައި ވަނީ؛ 

މިސްކިތް ތަކަކީ އަހަރެމެންގެ "ބެރެކްސް" ނުވަތަ ހަނގުރާމަވެރި ސިފައިންގެ ހިޔާވައްސެވެ. 

އެ މިސްކިތް ތަކުގެ ގުއްބަކީ އަހަރެމެންގެ ހެލްމެޓެވެ. 

އެ މިސްކިތް ތަކުގެ މުންނާރަކީ އަހަރެމެންގެ ކަނޑިއެވެ. 

އަދި މުސްލިމުންނަކީ އަހަރެމެންގެ ހަނގުރާމަވެރި ސިފައިންނެވެ. 

ހަތަރުމަސް ދުވަސް ޖަލުގައި ހޭދަކުރައްވައި، ޖަލުން މިނިވަންވެވަޑައިގަތުމަށްފަހުގައިވެސް އުރުދޮޣާން ވަނީ ސިޔާސީ މައިދާނަށް އަލުން ނުކުމެ ވަޑައިގެންފައެވެ. 

އެގޮތުން ނުކުމެ ވަޑައިގެން ތުރުކިޔޭގެ ރައީސް ކަމުގެ މަގާމަށްވެސް އިންތިޚާބުވެ ވަޑައިގެންފައިވާއިރު، އަދި އަދާ ޖެހެންދެންވެސް އެ މަގާމުގައި ހުންނެވީ އެމަނިކުފާނެވެ. އެގޮތުން މިމަހު ނިމިގެން ދިޔަ ތުރުކިޔޭގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި އެކު އުރުދޮޣާންގެ 20 އަހަރުގެ ދައުރަށް އިތުރު 5 އަހަރު ވަނީ އިތުރު ވެގެން ގޮސްފަ އެވެ. 

ތުރުކިޔޭވިލާތުގެ ރައީސް ކަމުގެ މަޤާމަށް އޭނާ އެންމެ ފުރަތަމަ ފަހަރަށް އިންތިޚާބުވެ ވަޑައިގަތީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުއެވެ. އަދި، 2003 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރު ރައީސް ކަމުގެ މަގާމަށް އިންތިޚާބުވެ ވަޑައިގަންނަވަން ދެން އޭނާ ހުންނެވީ ބޮޑުވަޒީރު ކަމުގެ މަގާމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.