ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު--
ހަބަރު
31 May 2023 | 09:46
ކަނޑުވިއްކާލި ކަމަށްބުނާ މައްސަލާގައި ޖަވާބުދާރީވާން ރިފްއަތު މަޖިލީހަށް ހާޒިރު ނުވި!

ޗާގޯސް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލިކަމަށް ބުނެ މަޖިލީހަށް ހުށަހެޅު ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް މަޖިލީހަށް ހާޒިރު ނުވެ ލިޔުމުން ޖަވާބު ފޮނުއްވައިފިއެވެ. 

ދިވެހިރާއްޖެއާއި ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހަދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދައުލަތުގެ ބަންޑާރަނައިބު ވަކާލާތުކޮށްފައިވަނީ ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫންކަން ފެންނަންހުރި ހެކިތަކުން ސާފުވާތީކަމަށް މަޖިލީހުގައި ހަރަކާތްތެރިވާ ގިނަ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ. 

އެގޮތުން އެ މައްސަލާގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް މި ސަރުކާރުން ވިއްކާލާފައިވާ ކަމަށާ، އިމުގެ ނުވަތަ ސަރަހައްދުގެ ވާހަކައަކީ ކުޅޭ ކުޅޭ ވާހަކައެއް ނޫން ކަމަށާއި، ރާއްޖޭގެ ސަރަހައްދުން އަކަ އިންޗިއެއްވެސް ގެއްލިގެން ދިއުމަކީ ރައްޔިތުންނަށް އޭގެ ގެއްލުން އެކި ސިފަސިފައިގައި ފޯރާނެ ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން ވަނީ ތުހުމަތު ކޮށްފަ އެވެ. 

އޭގެއިތުރުން ރާއްޖެއަށް ލިބިދޭ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށް ވެސް ބަންޑާރަނައިބު ވަކާލާތު ކުރައްވާފައި ނުވާކަމަށާ، ވަކިން ޚާއްސަކޮށް އިޓްލޮސްގައި މައްސަލަ ކުރިއަށް ދިޔައިރު، ދިވެހި ދައުލަތުގެ ފަރާތުން އެއްވެސް ކަމަކަށް އިއުތިރާޒު ކޮށްފައި ނުވާކަމަށާއި، އިކުއިޑެިސްޓެންސް އުސޫލުން ބައިކުރުން ނޫން ގޮތަކަށް ވަކާލާތުކޮށްފައި ނުވާކަންވެސް ފާހަގަކުރެވޭކަމަށް މަޖިލީހަށް މައްސަލަ ހުށަހެޅި ޕާޓީތަކުން ބުނެއެވެ. 

މި މައްސަލައަށް މިއަދު މަޖިލީހަށް ހާޒިރު ވެގެން ނުވަތަ، ލިޔުމުން ޖަވާބުދާރީވުމަށް ރިފްޢަތު އަށް މަޖިލީހުން އަންގާފައިވާއިރު، މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަންޑާރަ ނާއިބު އަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން އެބޭފުޅާ ނިންމެވީ ލިޔުމުން ޖަވާބު ފޮނުއްވަން ކަމަށެވެ. އެހެންކަމުން އޭގެ ސަބަބުން އިދާރީ ބައެއް މައްސަލަތައް ކުރިމަތިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެނގިވަޑައިގަންނަވާނެ ވަޒީރު ވަޑައި ނުގަންނަވާ. ވަޒީރު ދިފާއު ހުށަހެޅުއްވީ ލިޔުމުން. އަޅުގަނޑު އިއްޒަތްތެރި މެންބަރުންގެ ސަމާލުކަމަށް ގެނެސްދޭން މި ޖެހެނީ، އާއްމު ކޮމިޓީން ވަޒީރު ވަޑައިގަންނަވާނެ ކަމަށް ނިންމާފައި އޮތް އިޖުތާޢަތެއް އަޅުގަނޑުގެ އަތުގައި އޮތީ. ވަޒީރު ނިންމެވީ ވަޒީރަށް ލިބިވަޑައިގެންވާ ހައްގުގެ ތެރެއިން ލިޔުމުން ޖަވާބު ދެއްވަން. އެހެންވީމާ މީގައި އިދާރީ މައްސަލައެއް ނުކުތުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އަޅުގަނޑު ޖެހޭ ފާހަގަކުރަން. 

ރައީސް މުހައްމަދު ނަޝީދު 

ރައީސް ނަޝީދު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ އާއި މެދު ދެ ގަޑިއިރު ވަންދެން ބަހުސް ކުރެއްވުމުގެ ފުރުސަތު ދެއްވާނެ ކަމަށާ، ބަހުސް ނިމުމުން ވޯޓަށް އެހޭނެ ކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.