މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
31 May 2023 | 10:27
އިތުބާރު ނެތްކަމުގެ މައްސަލައަށް ލިޔުމުން ޖަވާބުދާރީވުމުން ކަންކުރާނެ ގޮތާމެދު ޚިޔާލުތަފާތުވެ މަޖިލީސް މެދުކަނޑާލައިފި

ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި، މަޖިލީހަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީ ވުމަށް އާއްމު ކޮމިޓީން ނިންމާފައިވަނިކޮށް، ވަޒީރު ލިޔުމުން ޖަވާބުދާރީވެފައިވާތީ ދެން ކަންތައްކުރެވޭނެ ގޮތުގެ މަޝްވަރާކުރުމަށް މަޖިލީސް މެދުކަނޑާލައިފިއެވެ.

ރިއްފަތުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް އިދިކޮޅުން ހުށައަޅާފައިވާ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވާއިރު، ރިއްފަތު ލިޔުމުން ޖަވާބުދާރީ ވުމުން ދެން އަމަލުކުރެވޭނީ ކިހިނަކުން ކަމާމެދު މަޖިލީހުގެ މެންބަރުން ވަނީ ސުވާލު އުފައްދަވާފައެވެ.

އެގޮތުން މައްސަލަ ކުރިއަށް ގެންދެވުމަށް އަމީން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމީން އާމްގެ އަރިހުން އެދިވަޑައިގެންނެވުމުން ނިޒާމީ ނުކުތާއެއް ނަންގަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އާންމު ކޮމިޓީއިން ނިންމާފައިވަނީ ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުވެގެން ޖަވާބުދެއްވާނެ އުސޫލުކަމަށެވެ. އަދި އެއީ ބަހުސް ފެށުމުގެ ކުރިންނާއި، ބަހުސްގެ މެދު ތެރެއިންނާއި، ބަހުސް ނިމުމުން 10 މިނެޓުކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ނަމަވެސް ޖަވާބުދާރީވުމަށް ލިޔުމުން މަޖިލީހަށް ހުށައެޅުވުމުން ދެން ކަން ކުރާނެ ގޮތުގެ އުސޫލެއް އާންމު ކޮމިޓީއިން ނިންމާފައިނުވާކަމަށް ހަސަން ވިދާޅުވިއެވެ.

ވުމާއެކު އަލުން އާންމު ކޮމިޓީއިން ގަވާއިދެއް ހަދައިގެން ނޫނީ ލިޔުމުން ހުށައަޅާަފައިވާ ޖަވާބު އިއްވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަންގެ ނިޒާމީ ނުކުތާ ބަލައިގަނެ، ރިޔާސަތުން ވަނީ މައްސަލާގައި ބަންޑާރަ ނާއިބު ޖަވާބުދާރީވުމުގެ ފުރިހަމަ ފުރުސަތެއް ލިބިލައްވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، ބަންޑާރަ ނައިބު ގެ ލަފާއާއި ނުލައި ދެން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. 

އެއާއެކު ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ، ލިޔުމުން ޖަވާބުދާރީ ވުމަކީ ވަޒީރަށް ލިބިގެންވާ ހައްގެ ކަމަށާ، އަދި މަޖިލީހަށް ހާޒިރު ނުވެ ލިޔުމުން ޖަވާބު ދާރީވުމުން، މީގެ ކުރިންވެސް މަޖިލީހުގެ އިދާރާއިން ކަން ކޮށްފައިވަނީ ލިޔުމުން ފޮނުވި ޖަވާބު ކިޔުއްވައިގެން ކުރިއަށް ދިޔުން ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ރިޔާސަތުން ވިދާޅުވީ އަމަލުކުރައްވާނީ ޑިމޮކްކްރަސީގެ ހަމަތަކާއި ގާނޫނު އަސާސީއާއި އެއްގޮތަށްކަމަށެވެ. އަދި މީގެ ކުރިން މަޖިލީހުން ކަންކޮށްފައިވާ ގޮތަށް ރިޔާއަތްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހުވެސް ގިނަ މަނެބަރުންތަކެއް ނިޒާމީ މައްސަލަ ނަންގަވާ އެކި ހިޔާލު ހުށަހަޅުއްވަމުން ގެންދެވިއެވެ. އެގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާ ކުރެއްވުމަށްފަހު މައްސަލަ ކުރިއަށް ގެންދެވުމަށް އެދިލައްވާފައެވެ. 

ޝިފާއުގެ ނިޒާމީ ނުކުތާ ބަލައިގަންނަވާކަން ހާމަކުރައްވައި ރިޔާސަތުން ވަނީ މަޖިލީހުގައި ތިއްބެވި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރެއްވުމަށް މަޖިލީސް މެދުކަނޑާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.