މަޖިލީހުގެ ރައީސް ނަޝީދު/ ފޮޓޯ: މަޖިލިސް
ހަބަރު
31 May 2023 | 11:28
އެއްބަސްވުމަކަށް ނާދެވުނު، ބަންޑާރަނައިބުގެ މައްސަލަ ކުރިއަށް ގެންދަން ސުޕްރިމްކޯޓުގެ ލަފާ ހޯދަނީ

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ގޮތަކާއި މެދު އުފެދުނު ޚިޔާލުތަފާތުވުންތަކާއި ގުޅިގެން މަޝްވަރާކުރުމަށްފަހު ވެސް އެއްބަސްވެވޭ ގޮތަކަށް ނިންމިފައި ނުވާތީ، އެ މައްސަލަ ކުރިއަށް ގެންދަންވީ ގޮތާއި މެދު ސުޕްރިމް ކޯޓުގެ ލަފާ ހޯދުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފި އެވެ. 

ރިއްފަތުގެ އިތުބާރު ނެތްކަމަށް ބުނެ މަޖިލީހަށް އިދިކޮޅުން ހުށައަޅާފައިވާ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވާއިރު، ރިއްފަތު ލިޔުމުން ޖަވާބުދާރީ ވުމުން ދެން އަމަލުކުރެވޭނީ ކިހިނަކުން ކަމާމެދު މަޖިލީހުގެ މެންބަރުން ވަނީ ސުވާލު އުފައްދަވާފައެވެ.

އެގޮތުން މައްސަލަ ކުރިއަށް ގެންދެވުމަށް އަމީން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމީން އާމްގެ އަރިހުން އެދިވަޑައިގެންނެވުމުން ނިޒާމީ ނުކުތާއެއް ނަންގަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އާންމު ކޮމިޓީއިން ނިންމާފައިވަނީ ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުވެގެން ޖަވާބުދެއްވާނެ އުސޫލުކަމަށެވެ. އަދި އެއީ ބަހުސް ފެށުމުގެ ކުރިންނާއި، ބަހުސްގެ މެދު ތެރެއިންނާއި، ބަހުސް ނިމުމުން 10 މިނެޓުކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ނަމަވެސް ޖަވާބުދާރީވުމަށް ލިޔުމުން މަޖިލީހަށް ހުށައެޅުވުމުން ދެން ކަން ކުރާނެ ގޮތުގެ އުސޫލެއް އާންމު ކޮމިޓީއިން ނިންމާފައިނުވާކަމަށް ހަސަން ވިދާޅުވިއެވެ.

މެމްބަރު ހަސަން ލަތީފު

ހަސަންގެ ނިޒާމީ ނުކުތާ ބަލައިގަނެ، ރިޔާސަތުން ވަނީ މައްސަލާގައި ބަންޑާރަ ނާއިބު ޖަވާބުދާރީވުމުގެ ފުރިހަމަ ފުރުސަތެއް ލިބިލައްވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެއާއެކު ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ، ލިޔުމުން ޖަވާބުދާރީ ވުމަކީ ވަޒީރަށް ލިބިގެންވާ ހައްގެ ކަމަށާ، އަދި މަޖިލީހަށް ހާޒިރު ނުވެ ލިޔުމުން ޖަވާބު ދާރީވުމުން، މީގެ ކުރިންވެސް މަޖިލީހުގެ އިދާރާއިން ކަން ކޮށްފައިވަނީ ލިޔުމުން ފޮނުވި ޖަވާބު ކިޔުއްވައިގެން ކުރިއަށް ދިޔުން ކަމަށް ވިދާޅުވެފައެވެ.

ބަންޑާރަ ނައިބު މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ގޮތަކާއި ގުޅިގެން ޚިޔާލުފަތާތުވުން އުފެދުމުން ނަޝީދުވަނީ މަޖިލީސް ތަމްސީލުކުރާ ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމަށް ކުޑަވަގުތުކޮޅަކަށް މަޖިލީސް މެދުކަނޑާލާފަ އެވެ. 

އެހެން ނަމަވެސް އެ މަޝްވަރާތަކަށްފަހު ވެސް އެންމެން އެއްބަސްވެވޭ ގޮތަކަށް އާދެވިފައި ނުވާކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފަ އެވެ. 

"ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާ ކުރެވިއްޖެ. އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، އެމްއެންޕީ، މި ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާކުރެވިއްޖެ، މި ލީޑަރުންނާއި ކުރި މަޝްވަރާއިން ނަތީޖާއެއް ނުލިބުނު"

ރައީސް މުޙައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ޕީޕީއެމް، ޕީއެންސީ އަދި އެމްއެންޕީން (މައިނޯރިޓީ) އިން ގަބޫލުކުރަނީ ޖަވާބުދާރީވެ ވަޑައިގަތުމަށް ބަންޑާރަ ނައިބު މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަން ޖެހޭނެކަމަށް ކަމަށެވެ. އަދި އާންމު ކޮމެޓީން އެފަދައިން ނިންމާފައިވަނީ ޤާނޫނު އަސާސީގައި އެ ނޫން ގޮތަކަށް ޖާގަ ނުދޭތީކަން އެ ޕާޓީތަކުން ފާހަގަކުރާކަމަށް ނަޝީދު ވިދާޅުވި އެވެ. 

އެހެން ނަމަވެސް އެމްޑީޕީ (މެޖޯރިޓީ) ޕާޓީން ގަބޫލުކުރާ ގޮތުގައި ލިޔުމެއް ހުށައަޅައިގެން ވެސް ޖަވާބުދާރީ ވެވިދާނެކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. 

ނަޝީދު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައަށް ބަންޑާރަނައިބު ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެ ގޮތާއި ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުންތައް ޙައްލު ނުކުރެވުމުން ދެން އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ އިސްތިޝާރީ ލަފާފުޅެއް ހޯއްދަވަން ކަމަށެވެ. 

ރިޔާސަތުގައި އިންނެވި ނަމަވެސް، އަމިއްލަފުޅަށް ގޮތް ނިންމަވާ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފަދަ ހައްސާސް މައްސަލައެއް ކުރިއަށް ގެންދަވަން ބޭނުންފުޅު ނުވާކަމަށް ނަޝީދު ވިދާޅުވި އެވެ. 

މަޖިލީހުގެ ރައީސް ނަޝީދު

"އަޅުގަނޑު ޖެހޭނީ އިސްތިރާޖީ ލަފައެއް ހޯދަން. ޤާނޫނު އަސާސީ އެކުލަވާލެވުނުއިރު ނުވަތަ މާނަކުރެވުނު އޮތް ގޮތާއި، މި ބާވަތުގެ ގާނޫނީ ވާހަކަތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރިމް ކޯޓުން ނިންމެވުން. އަޅުގަނޑު މިތާ މި ގޮނޑީގައި އިނދެ ޤާނޫނު އަސާސީއާއި ޚިލާފަށް ވަޒީރުބޭފުޅަކު ވަކިކުރުމުގެ މަސައްކަތް އިޖުރާތުތައް ހިންގުން އެއީ އަޅުގަނޑަށް ކުރެވެން އޮތް ކަމެއް ނޫން"

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

ބަންޑާރަނައިބު މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭ ގޮތާއި ގުޅޭގޮތުން އުފެދުނު ޚިޔާލު ތަފާތުވުންތައް ޙައްލު ނުކުރެވުމުން، ދެން އެ މައްސަލަ ކުރިއަށް ގެންދަންވީ ގޮތާއި ގުޅޭގޮތުން ސުޕްރިމް ކޯޓުގެ ލަފާ ލިބެންދެން، އެ މައްސަލަ މަޑުޖައްސާލާ، މިއަދުގެ ޖަލްސާގައި އިތުރަށް އެ މައްސަލަ ކުރިއަށް ގެންދަވާފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.