ޝެއިޚު މުހައްމަދު އިބްރާހިމް، ނައިފަރީ--
ހަބަރު
01 Jun 2023 | 06:49
ޝައިޚް މުޙައްމަދު އިބްރާހިމް ސިކުނޑީގެ ބޮޑު އޮޕަރޭޝަނަކަށް؛ ޢާއިލާ އިން އެދެނީ ހެޔޮދުޢާ އަށް!

ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވައި ދީނަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝައިޚް މުޙައްމަދު އިބްރާހީމް، ނައިފަރީގެ ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ކުރަން ތައްޔާވެއްޖެއެވެ. 

ޝެއިޚްގެ ޢާއިލާ އާއި ހަވާލާދީ ހެޔޮ އެދޭ ފަރާތަކުން "ވޮއިސް" އަށް މައުލޫމާތު ދެއްވި ގޮތުގައި، ޝެއިޚްގެ ހާލު ގޯސްވެގެން އެންމެ ފުރަތަަމަ ފަރުވާ ކުރެވުނީ ޅ. އަތޮޅު ހޮސްޕިޓަލުގައެވެ. އެއަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލައި އައިޖީއެމްއެޗްގައި ވެސް ވަނީ ފަރުވާ ދީފައެވެ. 

އަދި ޝެއިޚްގެ ސިކުނޑީގައި ޓިޔުމަރެއް ހުރިކަން އެނގި އެ ޓިޔުމަރު ނެގުމަށް އޮޕަރޭޝަން ކުރަންޖެހޭތީ އިއްޔެގެ ވަގުތެއްގައި ވަނީ އޭޑީކޭ ހޮސްޕިޓަލަށް ޓްރާންސްފާ ކޮށްފައެވެ. އެއަާއެކު އޭޑީކޭގެ ނިއުރޯ ސާޖަން ޑރ. ޢަލީ ނިޔާފްގެ ޓީމުން މިހާރު ޝެއިޚްގެ އޮޕަރޭޝަނަށް ތައްޔާރުވަމުންދާއިރު, މިހާރު ކުރެވެމުންދަނީ އޮޕަރޭޝަންގެ ކުރިން ހަދަންޖެހޭ ޓެސްޓްތަކުގެ މަސައްކަތް ކަމަށް ޢާއިލާ އާއި ހަވާލާދީ އެ ފަރާތުން މައުލޫމާތު ދެއްވައެވެ. އަދި ޝެއިޚް މިވަގުތު އޮތީ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. 

ޝެއިޚްގެ އޮޕަރޭޝަން މިއަދުގެ ވަގުތެއްގައި ކުރުމަށް ނިންމާފައިވާއިރު، ސިކުނޑީގެ މި އޮޕަރޭޝަނަކީ 50/50 ގެ އޮޕަރޭޝަނެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެހެން ކަމުން ޝެއިޚަށް މި ވަގުތު އެންމެ ބޭނުންވާނީ އެންމެންގެ ހެޔޮދުޢާއެވެ. މާތް الله ޝެއިޚަށް ކެތްތެރިކަންދެއްވާ އަވަސް ޝިފާއެއް ދެއްވުމަށް އެދި ހުރިހާފަރާތްތަކުންވެސް ދުޢާކޮށްދިނުމަކީ ޝެއިޙަށްޓަކައި ކޮށްދެވޭނެ އެންމެ މުހިންމުކަންތަކެވެ.

أسأل الله العظيم رب العرش العظيم أن يشفيه ... أذهبِ البأسَ واشفِ أنت الشافِي لا شفاءَ إلا شفاؤُك، شفاءً لا يُغادرُ سَقمًا.

آمين

ޝެއިޚް މުޙައްމަދު އިބްރާހިމް (ނައިފަރީ) އަކީ ދީނީ ގޮތުން ދިވެހިން ހޭލުން ތެރިކުރުވުމަށް ރެއާއި ދުވާލު އަދި މިހާރުވެސް ބުރަ މަސައްކަތް ކުރަމުންގެންދަވާ ފަރާތެކެވެ. ލޮލުގެ ފެނުން ދަށްވުމުގެ ސަބަބުން 2022 ވަނަ އަހަރުގައި ލޮލޮގެ ދެ ސާޖަރީއެއް ހެދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތް ނަމަވެސް ޝެއިޚްގެ ދީނީ ދައުވަތު ދިނުމަށް ދެގޮތެއްނުވެއެވެ. 

ދީނީ ގޮތުން ދިވެހިން ހޭލުންތެރިކުރުމަށްޓަކައި އެތައް ދަރުސްތަކެއް ދެއްވައެވެ. ޚާއްސަކޮށް ތައުހީދާއި ގުޅިގެން ދީފައިވާ ގިނަ ގުނަ ދަރުސްތަކުން އެތައް ބަޔަކަށް ފައިދާ ކޮށްފައިވާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ.

ދަރުސް ތަކުގެ އިތުރުން ޝެއިޚް ވަނީ ދިވެހިބަހުން އެތަކެއް ފޮތްތަކެއް ލިޔުއްވިއެވެ. ޙިސްނުލް މުސްލިމް، ކިތާބުއް ޞިޔާމު، ނަބީބޭކަލުންގެ ތަރިކަ، ތައުޙީދުގެ ޚުލަސާ، ކިތާބުއް ޞަލާތު ފަދަ މުހިންމު އެތައްފޮތެއް ދިވެހިބަހުން ލިޔުއްވާފައިވެއެވެ.

ޝެއިޚް ލިޔުއްވާފައިވާ ބައެއް ފޮތްތައް-- ފޮޓޯ/ އަލް އަސްރު

މިނޫންވެސް ޝެއިޚް ނައިފަރީ، ދީނީ އެކިއެކި މުހިންމު މައުޟޫއު ތަކަށް ލިޔުއްވާފައިވާ އެކި ފޮތްތަކާއި ޝެއިޚްގެ ގިނަ ދަރުސްތައް އަންނަނިވި ލިންކުން ލިބޭނެއެވެ. 

https://drive.google.com/drive/mobile/folders/1zZI_uZJU3moqz5iNb6b8o_T0mMQFwOpV

ކޮމެންޓް
شر يفة
شفاك الله
01 Jun 2023
Ali Mohamed
شفاك الله
03 Jun 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.