އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުމުގެ ތެރެއިން
ހަބަރު
31 May 2023 | 22:17
އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރަން ދެވަނަ ފިޔަވަހީގައި ހަރަކާތެއް ބާއްވަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލިފާނުގެ ހާދިސާތައް އިތުރުވަމުންދާތީ އެކަމާ މެދު އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި އަރބަންކޯއިން މަންސަ ސެޝަނެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މަންސަ އަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތަކާއި ހިޔާލު ހޯދުމަށްޓަކައި އެ ކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެކެވެ. 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ސެޝަންތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ސެޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ހަވީރު 4 އިން އިރު އޮއްސި 6 އާ ހަމައަށް ހިޔާ ޕާކު ސަރަހައްދުގައެވެ.

މި ފަހަރުގެ ސެޝަންގައިވެސް އާންމުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައި ވާކަމަށް އަރބަންކޯއިން ބުނެއެވެ.

އެގޮތުން މިފަހަރުގެ މަންސަ ސެޝަންގައި އެމްއެންޑީއެފް އަދި އެލައިޑް އިންޝުއަރެންސް އިން ބައިވެރިވާނެއެވެ. މައުލޫމާތު ސެޝަންތަކުގެ އިތުރަށް ޕްރެކްޓިކަލް ޓްރެއިނިންތައް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެމްއެންޑީއެފްގެ ފަރާތުން ފަޔަރ އެކްސަސައިޒް ކުރިއަށްގެންދާނެއެވެ. އަދި އެލައިޑް އިންޝުއަރެންސްގެ ފަރާތުން އަލިފާނުގެ ހާދިސާތަކަށް ފަހު އިންޝުއަރެންސް އިން ލިބޭނެ އެހީތަކާއި ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މީގެ އިތުރަށް މި ސެޝަން ބާއްވާ ސަރަހައްދުގައި ކުޑަކުދިންނަށް ބައިވެރިވެވޭނެ ގޮތަށް އެކި ކަހަލަ ހަރަކާތްތައް ވެސް އިންތިޒާމުކޮށްފައިވާނެ ކަމަށް އަރބަންކޯއިން މައުލޫމާތުދެއެވެ.

މި އަހަރުގެ މިހާތަނަށް އައި އިރު އެކަނި ވެސް ހިޔާ ސަރަހައްދުގައި ގިނަ އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު، އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ މިފަދަ ހާދިސާތަކުގެ ހިރާސްކުޑަކޮށް މިކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ކަމަށް އަރބަންކޯއިން ބުނެއެވެ.

މިފަހަރުގެ މަންސަ ސެޝަން ހިޔާ ސަރަހައްދުގައި ބޭއްވި ނަމަވެސް މި ސެޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ.

މަންސަ އަކީ އަރބަންކޯގެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ކަމުގައިވާ ހޭޑިފޭޑި ޕްރޮޖެކްޓްގެ ދަށުން 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގައި ތައާރަފްކޮށްފައިވާ ޓޯކް ޝޯ ސީރީސްއެކެވެ. މަންސަ އަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތަކާއި ހިޔާލު ހޯދުމަށްޓަކައި އެކޯޕަރޭޝަނުން ތައާރަފުކޮށްފައިވާ ޕްލެޓްފޯމެކެވެ. އަދި އެހެން ޖަމިއްޔާތަކާއި ގުޅިގެން ރައްޔިތުންނާއިއެކު ރައްޔިތުންނަށް ދިމާވާ އެކި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް ހޭޑިފޭޑި ޕްރޮގްރާމުގެ ދަށުން ތައާރަފުކުރެވުނު މަންސަ މަޝްރޫޢުގެ ބައެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ