ވިލާ ކޮލެޖްގެ ބިޒްނަސް ފެސްޓިވަލްގެ ތެރެއިން -- ފޮޓޯ/ ވިލާ ކޮލެޖް
ހަބަރު
31 May 2023 | 22:48
ވިލާ ކޮލެޖްގެ ބިޒްނަސް ފެސްޓިވަލް ކާމިޔާބު ކަމާއެކު ނިންމާލައިފި

ވިލާ ކޮލެޖްގެ ބިޒްނަސް ސޮސައިޓީ އަދި ފެކަލްޓީއޮފް ބިޒްނަސް މެނޭޖްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ބިޒްނަސް ފެސްޓިވަލް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ކުރިއަށްދިޔަ މި ފެސްޓިވަލް ހުޅުވައިދެއްވީ ވިލާ ކޮލެޖްގެ ޑެޕިއުޓީ ވައިސް ރެކްޓަރ-ރިސަރޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އާދިލެވެ. މީގެ އިތުރުން، ހުޅުވުމުގެ ރަސްމިއްޔާތުގައި ފެކަލްޓީއޮފް ބިޒްނަސް މެނޭޖްމަންޓްގެ ޑީން އަބްދުالله ނާފިޒްއާއި ކޮލެޖްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފެސްޓިވަލްއަށް 300 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކުރި ކަމަށް ވިލާ ކޮލެޖްގެ ބިޒްނަސް ސޮސައިޓީން މައުލޫމާތުދެއެވެ.

މިފަދަ ފެސްޓިވަލްއެއް ބޭއްވުމުގެ މައިގަނޑު މަގުސަދުގެ ތެރޭގައި ޒުވާނުން ވިޔަފާރި ކުރުމަށް ބާރުއަޅައި އެފަދަ ޕްލެޓްފޯމެއްގައި ކުދި ވިޔަފާރިތައް އިސްތިހާރު ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީ އިންވެސްޓަރުން ހޯދުމަށް މަގުފަހި ކުރުން ހިމެނޭ ކަމަށް ވިލާ ކޮލެޖްގެ ބިޒްނަސް ސޮސައިޓީގެ ރައީސް މޫސާ މީކާއިލް ވިދާޅުވިއެވެ.

އެގޮތުން މިއީ އެކަމަށް އެޅުނު ރަނގަޅު ބިންގަލެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

ވިލާ ކޮލެޖްގެ ބިޒްނަސް ފެސްޓިވަލްގެ ތެރެއިން -- ފޮޓޯ/ ވިލާ ކޮލެޖް

ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީގެ ނައިބުރައީސް އަހުމަދު އުވައިސް މުހައްމަދު ވިދާޅުވީ، މި ފެސްޓިވަލަށް އާއްމުން އަދި ޕާޓްނަރުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބަށް ބަލައި، މިފަދަ އިތުރު ބިޒްނަސް ފެސްޓިވަލެއްތަކެއް ކުރިއަށް އޮތް ތަނުގައި ބޭއްވުމަށް ގަސްދުކުރާ ކަމަށެވެ.

ބިޒްނަސް ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި "ބެސްޓް ބިޒްނަސް އައިޑިއާ"، "ބެސްޓް ޕްރެޒެންޓަރ" އަދި "ބެސްޓް ނިއު ޕްރޮޑަކްޓް ކޮންސެޕްޓް" ހާސިލް ކުރި ދަރިވަރުންނާއި ގުރޫޕްތަކަށް އެވޯޑް ހަވާލުކޮށްފައި ވެއެވެ. އަދި ބޮޑީޓެކްގެ ފަރާތުން މި ފެސްޓިވަލްއަށް ހަދިޔާ ކުރި، ހަ މަސްދުވަހުގެ މެމްބަރޝިޕް ލިބޭ ފަރާތްވެސް ހޮވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.