ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
01 Jun 2023 | 15:10
ޕައިލެޓް ކޯސް ހެދުމަށް 479 ދަރިވަރުންނަށް މިފަހަރު ލޯނު ދޫކުރާނެ: މިނިސްޓަރު

ސަރުކާރުން ދޫކުރާ ލޯނުގެ ހަރަދުގައި ޕައިލެޓް ކަން ކިޔަވަން 479 ދަރިވަރުންނަށް މި އަހަރު ޖާގަ ދީފި އެވެ. މިއީ، އެއް ދާއިރާއަކުން އެންމެ ގިނަ ދަރިވަރުންނަށް ޖާގަ ދިން ފަހަރެވެ.

ސްޓޫޑެންޓް ލޯނަށް މިއަހަރު ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނުގެ ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރޭގެ ވަގުތެއްގައި އިއުލާން ކުރައްވާފައެވެ. 

އެކަމާއި ގުޅިގެން އިތުރު މައުލޫމާތު ދެއްވަމުން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއެކު މިފަހަރު ޕައިލެޓް ޓްރެއިނިންއަށް ހުޅުވާލި 60 ފުރުޞަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ 479 ދަރިވަރަކަށް މިފުރުޞަތު ލިބިފައިވާ ކަމަށެވެ. އެގޮތުން ލޯނު ދީފައިވާ 479 މީހުންގެ ތެރޭގައި މިހާރު ވެސް ޕައިލެޓްކަން ކިޔަވަމުން އަންނަ 49 ދަރިވަރުން ހިމެނޭއިރު، އަލަށް ޕައިލެޓްކަން ކިޔަވަން ލޯނު ދީފައިވަނީ 430 ދަރިވަރުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޕައިލެޓް ކޯހުގެ އިތުރުން އެންމެ ޑިމާންޑް ބޮޑު އެއް ދާއިރާ ކަމުގައިވާ އެމްބީބީއެސް ހެދުމަށް 133 ދަރިވަރަކަށް އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 51 ދަރިވަރަކަށް ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ޑިޕްލޮމާ 10 ފުރުސަތު ބެޗްލާސް ޑިގްރީއަށް 5 ފުރުޞަތު މާސްޓަރސްއަށް 1 ފުރުޞަތު ވަނީ ލިބިފައިވާއިރު، ޕީ.އެޗް.ޑީ އަށް 26 ދަރިވަރަކަށް ފުރުޞަތުވަނީ ލިބިފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

. މީހުން ބިނާކުރުމުގައި ސަރުކާރުގެ ވިސްނުމަކީ މާދަމާގެ މުސްތަޤްބަލް އުޖާލާކުރުން ކަމަށެވެ. ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދިނުމުގެ ސަބަބުން ސަރުކާރަށް މާލީ ބުރައެއް އުފުލަން ނުޖެހޭނެ ކަމަށާއި މިގޮތަށް މިކަން ނިންމަވާފައިވަނީ ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރެވިގެން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ލިސްޓު މިއަދު އާއްމު ކޮށްފައިވާއިރު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ލިސްޓަށް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފަ އެވެ. އެ ކަންކަން ބެލުމަށް ފަހު މި މަހުގެ 22 ވަނަ ދުވަހު ދާއިމީ ލިސްޓު އާއްމުކުރާނެ އެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. މިފަހަރު ސްޓޫޑެންޓް ލޯނަށް ހުޅުވާލި 720 ލޯން ފުރުޞަތަށް 1507 ދަރިވަރުން ވަނީ ކުރިމަތިލައިފައެވެ. މީގެ ތެރެއިން 1225 ދަރިވަރުން ލޯންގެ ޝަރުޠު ފުރިހަމަވެއެވެ. އެހުރިހާ ދަރިވަރުންނަށްވެސް ލޯން ދޭގޮތަކަށް ސަރުކާރުން ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.