ފަލަސްޠީނުގެ ރަޒާން އަލް ނައްޖާރް
ދުނިޔެ
02 Jun 2023 | 14:08
21 އަހަރުގެ ރަޒާން ހަނދާން އެބަހުރިތަ؟

މިއީ އުމުރުން 21 އަހަރުގެ ރަޒާން އަލް ނައްޖާރް އެވެ.

ރަޒާން އަކީ ފަލަސްޠީނުގެ ޣައްޒާ ބޯޑަރު ކައިރީގައި ފަލަސްޠީނުގެ ރައްޔިތުން މީގެ 5 އަހަރު ކުރިން ކުރަމުންދިޔަ މުޒާހަރާ ގެ ތެރޭގައި އަނިޔާވި ފަލަސްޠީނުގެ ރައްޔިތުންނަށް ފަރުވާ ދެމުން ދިޔަ ޕެރަމެޑިކް އެކެވެ.

އިޒްރާއިލްގެ ސިފައިން ދެމުން ދިޔަ ހަމަލާތަކުން ޒަހަމް ވަމުންދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް ފަރުވާ ދިނުމުގެ މަސައްކަތަށް އޭނާ ނުކުތީ ވޮލެންޓިއަރެއްގެ ގޮތުގައެވެ.

ރަޒާން ޝަހީދުވީ އެދުވަހު އެމަަަސައްކަތުގައި އުޅެނިކޮށް އިޒްރާއިލް ސިފައިންގެ ސްނައިޕަރެއް ދިން ހަމަލާއެއްގައި ޒަހަމްވެ އެޒަހަމް ތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ރަޒާން ޒަހަމްވި މީހުންނަށް ފަރުވާދިނުމުގެ މަސައްކަތުގައި

"އަހަރެން ދުނިޔެއަށް ގޮވާލަން އިޒްރާއިލްގެ ޢަމަލުތަކަށް ބަލާލަން، ކީއްވެގެންތޯ އެމީހުން އެކަން އެކުރަނީ، އަހަރެމެންނަށް އެމީހުންގެ ހަމަލާތައް އަމާޒުވަނީ ކީއްވެގެންތޯ، އެމީހުންނާއި ޚިލާފަށް އެއްވެސް ކަމެއް އަހަރެމެން ނުކުރަން، އަހަރެމެން މިކުރާ ކަމަކީ ހަމަލާތަކުގައި ޒަހަމްވާ މީހުން ސަލާމަތްކުރުން، އެމީހުންގެ ޒަހަމްތަކުގައި ބޭސްއަޅައި ދިނުން" ރަޒާން ބުނެފައިވެއެވެ.

މިއީ އެހަމަލާތައް އޭނާ އަށް އަމާޒުވުމުގެ ކުރިން އެދުވަހު އޭނާ ދީފައިވާ އިންޓަރވިއު އެކެވެ. އޭނާއަށް ދިން ހަމަލާ އަމާޒުވެފައި ވަނީ އޭނާގެ މެޔަށެވެ.

އަދިވެސް ފަލަސްޠީނުގެ ރައްޔިތުން އޭނާ ހަނދާން ކުރެއެވެ. ރަޒާންގެ މަރަށް އިއްޔެ 5 އަހަރު ވީއެވެ. ރަޒާންއަށް ޓަކައި ފަލަސްޠީނުގެ ހިތްތަކުގައި ވަނީ ހެޔޮ ދުޢާއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.