އުކުޅަހު އިހްރިސޯސަށް ވަތް ސަފާރީ --
ހަބަރު
02 Jun 2023 | 20:34
ކޯޓުން އަމުރުކޮށް ބޭރުކުރި ސަފާރީ އަނެއްކާވެސް އުކުޅަހު އިހްތިސޯސަށް ވަދެއްޖެ

އއ. އުކުޅަހު ބަނދަރުގައި އޮވެ ރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ ފަޅުން ނެރުމަށް އެ ރަށު ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އަނެއްކާވެސް އެ ސަފާރީ އެރަށު އިހުތިސޯސަށް ވަދެއްޖެއެވެ.

އުކުޅަހު ފަޅުން ބޭރުގައި އޮތް އިރުވެސް ރާ ވިއްކާ ކަމަށް މީގެ ކުރިން ތުހުމަތު ކުރެވިފައިވާ "ޒެޑް ކުރޫޒާ" ނަމަކަށް ކިޔާ މި ސަފާރީ މަރާމާތަށް ކަމަށް ބުނެ އެ ރަށު ބަނދަރަށް ވައްދާފައިވަނީ މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ރޭގައި ކަމަށް އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވަނީ ވޮއިސް އަށް މައުލޫމާތު ދެއްވާފައެވެ.

އަދި އެ ސަފާރީ ބަނދަރަށް ވައްދާފައިވަނީ ކައުންސިލުން ހުއްދަ ނުވެސް ދެނިކޮށް ކަމަށާ، އެއިން ރަށަށް ރާ ވިއްކާ ކަމަށް އެރަށު ރައްޔިތުން ތުހުމަތު ކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އަދި އެ ސަފާރީ މީގެ ކުރިން ފަޅުން ބޭރުގައި އޮތް އިރުވެސް ވަރަށް ފާޅުކަން ބޮޑުކޮށް ރާ ވިއްކުމުގެ ކަންކަން ކުރިކަން އޭނާ އާއި އެރަށުގެ މީހުންނަށްވެސް އެނގޭކަން ކައުންސިލް ރައީސް ވަނީ ރައްޔިތުންނާއިއެކު ބޭއްވުނު ބައްދަލުމުގައި ފާހަގަކުރައްވާފައެވެ.

އެ މައްސަލާގައި ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ކައުންސިލާއިވެސް ހިއްސާ ކުރުމުން ކައުންސިލުން ވަނީ ސަފާރީ ފަޅުން ނެރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. 

އެއަށްފަހު ކޯޓުން އެ މައްސަލަ ބެލުމަށްފަހު، މިދިޔަ މަހުގެ 14 ވަނަ ދުވަހު ވަނީ 24 ގަޑި އިރުތެރޭގައި އެ ސަފާރީ ބަނދަރުން ނެރުމަށް އަމުރުކޮށްފައެވެ. އަދި މޫސުން ގޯސްވެ އެލާޓެއް ނެރެފި ނަމަ، އެލާޓްގެ ވަގުތު ހަމަވަންދެން ސަފާރީ ބަނދަރުގައި ބޭއްވުމުގެ ހުއްދަވެސް ކޯޓުން ވަނީ ދީފައެވެ. 

މިކަމާ ގުޅިގެން އުކުޅަހުން "ވޮއިސް"އާ ވާހަކަ ދެއްކި މީހުން ބުނީ، ކޯޓު އަމުރުގައި ވަނީ، އުކުޅަހު ކައުންސިލްއިން އެދުނު ގޮތަށް، އުކުޅަހު އިހްތިސޯސުން ބޭރަށް ސަފާރީ ނެރުމަށް ފުލުހުންނަށް އަމުރު ކޮށްފައި ކަމަށެވެ.

ނަމަވެސް ކަނޑު ގަދަވާކަމަށް ބުނެ، އިއްޔެ މެންދުރުން ފެށިގެން ސަފާރީ އޮތީ ދަރުމައްޗަށް ނަގިލި އެއްލައި ބަނދަރުކޮށްގެން ކަމަށް އެރަށުން ވާހަކަދެއްކި މީހުން ބުންޏެވެ.

އެރަށު މީހުންގެ ޝަކުވާއަކީ ކޯޓު އަމުރު އޮތްއިރުވެސް ސަފާރީ ނެރުމަށް ފުލުހުން މަސައްކަތް ނުކުރުމެވެ.

ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށް ހޯމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އުކުޅަހަށް ދިއުމަށް ހަމަޖެހިފައިވާއިރު، ރައީސް ވަޑައިގަތުމުން މި މައްސަލައިގައި ރައްޔިތުން ސޮއިކުރަމުންދާ ޕެޓިޝަން ރައީސްއަސް އެރުވުމަށް އެރަށު އާއްމުން ދަނީ ތައްޔާރު ވަމުންނެވެ.

ކޮމެންޓް
ޞާގީ
ތީ ރައީސް ދާތީ ޒުވާނުންނށް އެ ހަދިޔާ ބަހަން ގޮސް އޮތް އުޅަނދެއް ތިޔަ ގުޅެނީ ކޮންބަޔަކާކަން ވެސް އެނގޭ އެވަރުކޮށްގެން މރުމޯލާ ސަލާމްކުރާނެ ބަޔަކުވަނީ އިބޫއަކީ އެންމެ ފުޅާދާއޮރާއެއްގަ ރާއްޖޭގަ ރާ ވިއްކުމުގެ ރިކޯޑް
03 Jun 2023
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.