ޕޯސްޓަރ-- އައިއޭސީ
ހަބަރު
03 Jun 2023 | 14:43
އައިއޭސީ އާއި އެކު ހެޔޮ އަގުގައި އުޟުހިޔާ ކަތިލައި ފަގީރުންނަށް ޞަދަޤާތް ކުރުމުގެ ފުރުސަތު

ކުރިއަށް އޮތް އަޟުހާ ޢީދުގައި، އުޟުހިޔާ ކަތިލުމުގެ ސުންނަތް ހެޔޮ އަގުގައި އަދާކުރުމުގެ ފުރުސަތު އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން ހުޅުވާލައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ މަސައްކަތް ކުރަމުންދާ އައިއޭސީން ބުނީ، އެ ޖަމިއްޔާގެ ގަނޑުކުރި އުޟުހިޔާ ބެހުމުގެ ޕްރޮގްރާމްގެ ދަށުން، އުޟުހިޔާގެ ޖަނަވާރުތައް އަގު ހެޔޮކޮށް ލިބި، އޭތި ކަތިލެވޭ ގައުމެއްގައި އިސްލާމީ އުސޫލުތަކުން ކަތިލުން ޝަރުޢުވެގެންވާ އުމުރު، ސިއްހަތު އަދި ބަރުދަނުގެ ބަކަރި/ ކަންބަޅި ނުވަތަ ގެރި، އިސްލާމީ އުސޫލުން ކަތިލައި ގަނޑުކުރުމަށްފަހު، ނިކަމެތި ފަގީރު ގައުމުތަކަށް އެތަކެތި ކާގޯ ބޯޓެއްގައި ޝިޕް ކުރެވި ރެފިއުޖީންނަށާއި، ފަގީރުންނަށް ބެހިގެންދާނެ ކަމަށެވެ. 

އައިއޭސީން ބުނީ، ގަނޑުކުރި އުޟުހިޔާ ކަތިލުންވެސް އޮންނާނީ އަޟުހާ ޢީދުގެ ދުވަސްތަކުގެ ތެރޭގައި ކަމަށެވެ. އެއީ ހައްޖު މަހުގެ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ އިރުއޮއްސުމާއި ދެމެދުގައި ހިމެނޭ 3 ދުވަހުގެ މުއްދަތުގައި ކަމަށާ، އަދި އުޟުހިޔާގެ މަސް ކަނޑުމަގުން ފޮނުވޭނެތީ، ފަގީރުންނާއި ހަމަޔަށް އެތަކެތި ފޯރާން ގާތްގަނޑަކަށް 60 ދުވަސް ނަގާނެ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ.  

މިއީ މިފަދަ ޕްރޮގްރާމެއް ހިންގާ ދެވަނަ ފަހަރު ކަމަށްވާއިރު، މީގެ ކުރިންވެސް މި ޕްރޮގްރާމްގެ އެހީގައި ނިކަމެތި ފަގީރުންނަށާއި ރެފިއުޖީންނަށް އުފާވެރިކަން ގެނެސްދެވިފައިވާ ކަން އައިއޭސީން ފާހަގަކުރެއެވެ. 

މިފަދައިން އުޟުހިޔާ ކަތިލުމުން މައިގަނޑު ތިންކަމެއް އެބަ ހާސިލްވެއެވެ.

🔸ޞަދަޤާތް ކުރުމުގެ އުފާ ލިބުން.

🔸 އުޟްޙިޔާގެ އަޅުކަން އަދާކުރެވުން.

🔸މަސްކޮޅެއް ނުލިބޭ ނިކަމެތިންނަށް އެ ކާންދެވުން.

އައިއޭސީއާއި އެކު އުޟްޙިޔާ ކަތިލުމަށް ބޭނުންވާ ފަރާތްތަކުން އަންނަނިވި ލިންކުގައިވާ ފޯމް ފުރާލުމަށް އެ ޖަމިއްޔާއިން އެދެއެވެ.

https://forms.gle/bvkfntjscN4gTExt8

މިޕްރޮގްރާމްއާއި ބެހޭ އިތުރު މައުލޫމާތު އެ ފޯމުންވެސް ލިބިގެންދާއިރު އިތުރު މައުލޫމާތު ބޭނުންވާނަމަ  9122121 އަށް ގުޅާލުމުން ނުވަތަ އެފްބީ/އިންސްޓައަށް މެސްޖު ކޮށްލުމުންވެސް ލިބިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

އައިއޭސީގެ ޕްރޮޖެކްޓް އަގުތައް ހެދިފައިވަނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށް ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.