އިންޑިޔާގެ ހަވްރާ ގައި ހިނގި ރޭލު އެކްސިޑެންޓް
ދުނިޔެ
03 Jun 2023 | 15:58
އިންޑިޔާގައި ތިން ރޭލު ފައްތަރުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އަވަށްޓެރި އިންޑިޔާގައި ތިން ރޭލު މުޑިއަރައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ގިނަ ބަޔަކު މަރުވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގައިފައިވަނީ ހުކުރުދުވަހު އިންޑިޔާގެ އިރުމަތީގައި އޮންނަ އޮޑިޝާ ސްޓޭޓްގައެވެ. މިހާދިސާގައި މިހާތަނަށް 233 މީހުން މަރުވެފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ. އަދި ޒަޚަމްވީ މީހުންގެ ޢަދަދު 900 އަށްވުރެ މަތިވެފައިވާ ކަމަށްވެސް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އޮޑިޝާގެ އިސް އޮފިޝަލަކު ބުނެފައިވަނީ މިހާދިސާގައި މަރުވާ މީހުންގެ ޢަދަދު އަދިވެސް ދާނީ މައްޗަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް 200 އެމްބިޔުލާންސާއި ކުއްލި ފަރުވާ ދިނުމަށް 100 ޑޮކްޓަރުން ގެނައުމަށް ހަމަޖެހިފައިވާއިރު 80 ޑޮކްޓަރުން ވަނީ އެތަނަށް ގޮސް ޒަޙަމްވި މީހުންނަށް ފަރުވާ ދޭން ފަށައިފައެވެ.

އިންޑިޔާގެ ސިފައިންނާއި އެއަރ ފޯސްގެ ހެލިކޮޕްޓަރުތަކުންވެސް މިހާރު ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވެފައެވެ.

މިހާދިސާ ހިނގައިފައިވަނީ ހުކުރުދުވަހުގެ ހެނދުނު 7:00 ހާއިިރުއެެެވެ.

އިންޑިޔާގެ ހަވްރާ އިން ބެންގަލޫރަށް ދަތުރު ކުރި ރޭލަކާއި، ކޮލްކަތާއި އިން ޗެންނާއީ އަށް ދަތުރު ކުރަމުންދިޔަަ ދެ ރޭލު ޖެހި، އެކްސިޑެންޓް ވެފައި ވަނިކޮށް ތިންވަނަ ރޭލެއް ވަނީ އެދެރޭލުގައި ޖެހިފައެވެ.

 މިހާދިސާ ހިނގި ގޮތާއި މެދު ސުވާލު އުފެދިފައި ވާއިރު އިންޑިޔާގެ ނޫސްވެރިޔަކު އަލްޖަޒީރާއަށް ބުނެފައިވަނީ އެކަން ހިނގިގޮތް އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ. އަދި ރޭލު ދުއްވަމުންދިޔައީ 100ކިލޯމީޓަރުގައި ކަމަށެވެ. އަދި ހާދިސާގެ ނުރައްކާތެރިކަން ބޮޑުވެގެންދިޔައީ ފުރަތަމަ ޖެހުނު ދެރޭލު ޖެހިގެން ނޫން ކަމަށާއި ތިންވަނަ ރޭލުގެ ސަބަބުން ކަމަށް ނޫސްވެރިޔާ އަލްޖަޒީރާއަށް ބުނެފައިވެއެވެ.

ހާދިސާގައި މަރުވި މީހުންގެ އާއިލާތަަކަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޮދީ ވަނީ ތައުޒިޔާ ފޮނުއްވައިފައެވެ. އަދި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރެއިލްވޭ ތަކާއި ބެހޭ މިނިސްޓަރ އަޝްވިނީ ވައިޝްނަވް އަށް މޯދީވަނީ އަންގަވައިފައެވެ.

ރެއިލްވޭ ތަކާއި ބެހޭ މިނިސްޓަރ ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް 12 ހާސް ޔޫއެެސް ޑޮލަރު، އަނިޔާވި ކޮންމެ މީހަކަށް 2400 ޑޮލަރު އަދި ކުޑަ އަނިޔާއެއް ލިބުނު މީހަކު ނަމަ އެމީހަކަށް 600 ޑޮލަރު ސަރުކާރުން ދިނުމަށް ނިންމާފައިވާކަން އިއުލާނު ކޮށްފައެވެ.

ހާދިސާ ހިނގި ސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އިންޑިޔާގެ ސިފައިންނާއި ފުލުހުން، އެއަރ ފޯސް އަދި ފަޔަރ އެންޑް ރެސްކިޔު ފަދަ ހުރިހާ މުއައްސަސާ އަކުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ރެސްކިޔު ޓީމް ތަކުން ލަފާކުރަނީ މަރުވި މީހުންގެ ޢަދަދު މަތިވެގެން ހިނގައިދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.