ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް މެމްބަރުން -- ފޮޓޯ/ ޓީމް
ހަބަރު
04 Jun 2023 | 06:00
އަނަންތާރާ ކިހަވަކުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭގޮތަށް އުސޫލު ބަދަލުކޮށްފި

އަނަންތާރާ ކިހަވައް ރިސޯޓުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭގޮތަށް އުސޫލު ބަދަލުކޮށްފި ކަމަށް ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ.

މިދިޔަ މަހުގެ މެދުތެރޭގައި ޓީމް އިން ބުނެފައި ވަނީ އެ ޔޫނިއަންގެ އަނަންތާރަ ކިހަވައް ބުރާންޗުގެ މެމްބަރުން ތަކުރާކުކޮށް މެނޭޖްމަންޓާއި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތަކުންވެސް، ކޮންމެ ދުވަހަކު ތުނބުޅި ބޭލުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ، އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި އެ ރިސޯޓު މުވައްޒަފުން ތުނބުޅި ބޭލުން ހުއްޓާލަން ނިންމާފައިވާކަމަށެވެ.

އަދި ޔޫނިއަންއާއި މެނޭޖްމަންޓާއި އެއްބަސްވެވޭ އުސޫލެއް ކަނޑައެޅެންދެން ތުނބުޅި ނުބާލާ މަސައްކަތް ކުރުމުގައި ދެމިތިބުމަށް ނިންމާފައިވާކަމަށް ޓީމްއިން ބުންޏެވެ.

އެ އުސޫލު ބަދަލު ކުރިކަމުގެ އުފަލުގައި ޓީމް އިން ބުނީ، ރިސޯޓް މުވައްޒަފުންގެ ބޮޑު ކަންބޮޑުވުމެއް ގެ ގޮތުގައި އޮތް، ކޮންމެ ދުވަހަކު ތުނބުޅި ބެލުން މަޖްބޫރުކުރުވާ އުސޫލް ބަދަލުކުރަން އެޖަމިއްޔާގެ އެންމެ ބާރުގަދަ ޔޫނިޔަން ބުރާންޗް ކަމުގައިވާ އަނަންތާރާ ކިވަށް ރިސޯޓް މުވައްޒަފުންގެ ހިއްވަރުގަދަ މަސައްކަތުން މުވައްޒަފުން ބޭނުންވާގޮތަށް ތުބުޅިބެހެއްޓޭނެ ގޮތަށް ކުންފުނީގެ އުސޫލް ބަދަލުކޮށް އެ ހައްގު ކަށަވަރުކޮށްފައި ވާކަމަށެވެ.

އަދި އެ ޔޫނިއަންގެ މެމްބަރުންގެ ހިތްވަރުގަދަ ކަމަށްޓަކައި ޓީމްއިން ވަނީ މެމްބަރުންނަށް މަރުހަބާ ކިޔާފައެވެ.

ރާއްޖޭގެ ހުރިހާ ރިސޯޓެއްގައިވެސް ތުނބުޅި ބަހައްޓަން ބޭނުން މުވައްޒަފުންނަށް މިހައްޤު ލިބިދިނުން އެދޭކަމަށް ޓީމްއިން ބުންޏެވެ. އަދި އެކަމުގައި ޓީމުގެ އެއްބާރުލުން ފުރިހަމަޔަށް ލިބޭނެ ކަމަށްވެސް ޓީމްއިން ބުންޏެވެ.

ރިސޯޓެއްގައި ތުނބުޅި ބަހައްޓަން މުވައްޒަފުންނަށް ފުރަތަމަ ފަހަރަށް ހުއްދަ ދިނީ މި މަހުގެ ކުރީކޮޅުގައެވެ. އެއީ ބ. މުއްދޫ ގައި ހިންގާ ދުސިތް ތާނީ މޯލްޑިވްސް ރިސޯޓުގައެވެ. އެ ރިސޯޓުން ވަނީ ތުނބުޅި ބެހެއްޓުމާ ބެހޭ ސަރކިއުލަރއެއް ނެރެ، ޝަރުތުތަކަކާއެކު ތުނބުޅި ބެހެއްޓުމަށް ހުއްދަ ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.