އިޒްރާއިލް ހަމަލާގެ ސަބަބުން އަނިޔާވި މުޙައްމަދް ތަމީމީ. ފޮޓޯ: ޓުވިޓާ
ދުނިޔެ
04 Jun 2023 | 16:32
ފަލަސްޠީނުގެ 2 އަހަރުގެ ކުއްޖެއްގެ ބޮލަށް އިޒްރާއިލް ސިފައިން ބަޑި ޖަހައިފި


ފަލަސްޠީނުގެ 2 އަހަރުގެ ތުއްތު ކުއްޖެއްގެ ބޮލަށް އިޒްރާއިލް ސިފައިން ބަޑި ޖަހައި ޒަޚަމް ކޮށްލައިފިއެވެެ.

އުމުރުން 2 އަހަރުގެ މުޙައްމަދް ތަމީމީ އަށް އިޒްރާއިލް ސިފައިން  ހަމަލާދިފައިވަނީ ރާމައްاللهގެ އިރުއުތުރުން އޮންނަ ނަބީ ސަލާހް ކިޔާ އަވަށުގައި، އޭނާގެ ބައްޕަ އާއި އެކު ކާރުގައި ދަތުރު ކޮށްފައި ދަނިކޮށެވެ. އިޒްރާއިލް ސިފައިންގެ މި ޙަމަލާ ތަކުގައި މުޙައްމަދުގެ ބައްޕަ އަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބަފައިވެއެވެ.

އިޒްރާއިލް ސިފައިން ދިން ބަޑީގެ ހަމަލާތަކުގެ ތެރެއިން ވަޒަނެއް ވަނީ މުޙައްމަދުގެ ބޮލަށް އަރައިފައެވެ. ބޮލަށް ލިބުނު އަނިޔާ އާއި ގުޅިގެން މުޙައްމަދުގެ ޙާލު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި އޭނާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެވެމުންނެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ  އިޒްރާއިލްގެ މި ހަމަލާއަކީ އެމީހުން ރާވައިގެން ކުއްލިއަކަށް ހަމަލާދޭ އުސޫލުގެ ދަށުން އިޒްރާއިލް ސިފައިން ދިން ހަމަލާއެއް ކަމަށެވެ.

ފަލަސްޠީނުގެ ވަފާ ނޫހަށް ހަވާލަދެމުން އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލް ސިފައިން ހަމަލާތަކުގެ ކުރިން ނަބީ ސަލާހް އަވަށަށް ވަދެ ނުކުމެވޭ ދޮރު ބަންދުކުރި ކަމަށެވެ. އަދި އެސަރަހައްދުން ދުއްވަމުން ދިޔަ ކާރަށް ބަޑީގެ ހަމަލޭ ދޭން ފެށި ކަމަށެވެ. އަދި އެކާރުން ދަތުރު ކުރަމުން ދިޔަ ކުޑަ ކުއްޖަކު ވަރަށް ބޮޑަށް ޒަޚަމްވީ ކަމަށް ވަފާ އަށް މަޢުލޫމާތު ދިން މީހަކު ބުނެފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އިޒްރާއިލް ސިފައިން ބުނެފައިވަނީ އެމީހުން ބަޑީގެ ހަމަލާދިނީ އެމީހުންނަށް ހަމަލާދިން މީހެއްގެ ހަމަލާތަކުން ދިފާޢު ވުމަށް ކަމަށެވެ.
އިޒްރާއިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހަތިޔާރު ނެތް ކުޑަ ކުއްޖަކަށް ހަމަލާދެވިފައިވާތީ ހިތާމަކުރާކަމަށެވެ.

2023 ފެށުނު ފަހުން އިޒްރާއިލްގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 158 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 26 ކުޑަކުދިން ވެސް ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
އަލީ ރަމީޒް ފާހަގަކުރެއްވީ މިސްކިތްތަކަށް ގެއްލުންދިނުން ނުހުއްޓުވައިފިނަމަ ދެން ވާނެގޮތް
އަލީ ރަމީޒް ވިދާޅުވީ މިސްކިތްތަކަށް ގެއްލުންދޭދިނުން ނުހުއްޓުވައިފިނަމަ، ކަންކަން ފާލުން ނައްޓައިގެން ހިނގައިދާނެ ކަމަށެވެ
23 Jul 2026
މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިންގ ޕާޓްނަރަކަށް ބީއެމްއެލް
2،000 އަށްވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު ، 10 ކިލޯމީޓަރު ، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއަރ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައްހިމެނެއެވެ.
23 Jul 2026
ސަރުކާރު ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނު ކޮށްފި
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، ‏މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ‏ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ‏އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ‏ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
23 Jul 2026
ޕެންޝަން ފަންޑު މެދުވެރިކޮށް ޓީ-ބިލުގައި އިންވެސްޓް ކުރުމަކީ ފައިސާ ޗާޕުކުރުން
ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީ-ބިލް) ގައި އިންވެސްޓްކުރުމަކީ ސީދާ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ އެ ނިންމުމުގެ ސަބަބުން ޤައުމުގެ މާލީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.
23 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޭގެ ނިއުކްލިއިކް އެސިޑް ޓެސްޓިން ފަށައިފި
އެންއޭޓީ އަކީ ހަދިޔާކުރާ ލޭގައި އެޗްއައިވީ, ހެޕަޓައިޓިސް ބީ (އެޗްބީވީ) އަދި ހެޕަޓައިޓިސް ސީ (އެޗްސީވީ) ފަދަ ނުރައްކާތެރި ބަލިތައް ހުރިތޯ ބެލުމަށް ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީއެވެ. މި ޓެސްޓުގެ ޒަރީޢާއިން ކުރިން ބޭނުންކުރަމުން އައި ޓެސްޓު ކުރުމުގެ އުސޫލުތަކަށް ވުރެ އެތައް ގުނައެއް އަވަހަށް އަދި ޔަޤީންކަމާ އެކު ބަލިތައް ދެނެގަނެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ހަލީމް ވިދާޅުވެފައިވެއެވެ.
23 Jul 2026
ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު
ބަންގްލަދޭޝްގެ އިރުދެކުނުގެ ހަތް ޑިސްޓްރިކްޓެއް ކަމަށްވާ ޗިޓަގޮންގް، ކޮކްސް ބާޒާރު، ބަންޑަރުބަން، ރަންގަމަތީ، ޚަގްރަޗާރީ، މޯލްވީބާޒާރު އަދި ހަބީގަންޖްގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 44 މީހަކު މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުންވަނީ ހާލުގައި ޖެހިފައެވެ. މީގެ އިތުރުން 267,918 އާއިލާއެއް ވަނީ އެކަހެރިވެ، ކާބޯތަކެއްޗާއި ބޯފެނަށް ޖެހިފައެވެ.
23 Jul 2026
އެމެރިކާއާއި ސައޫދީ ޢަރަބިއްޔާއިން ނިއުކްލިއާ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެމެރިކާގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ސައޫދީގެ ނިއުކްލިއާ ހަކަތައިގެ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ބޮޑު ފުރުޞަތެއް އެމެރިކާގެ ކުންފުނިތަކަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ އުސޫލުތައް ހިމެނޭ ގޮތަށް، އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި "ދެ ފަރާތެއްގެ ސޭފްގާޑް އެއްބަސްވުމެއް" ގައި ވެސް ވަނީ ސޮއިކޮށްފައެވެ.
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.