ބަނޑާރަ ނައިބު އިބްރާހިމް ރިފްޢަތު-- ފޮޓޯ/ މަޖިލިސް
ހަބަރު
05 Jun 2023 | 10:00
ރިފްޢަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނާޅައިގެން މަޖިލިސް މެދުކަނޑާލައިފި

އިދިކޮޅު ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ހުށަނާޅުއްވައިގެން މަޖިލިސް ހޫނުވެ މެދު ކަނޑާލަން ޖެހިއްޖެއެވެ. 

ދިވެހިރާއްޖެއާއި ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާއި ދެމެދު ފުށުއަރާ ސަރަހަދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި ދައުލަތުގެ ބަންޑާރަނައިބު ވަކާލާތުކޮށްފައިވަނީ ރާއްޖެއާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ނޫންކަން ފެންނަންހުރި ހެކިތަކުން ސާފުވާތީކަމަށް ބުނެ ގުޅިފައިވާ އިއްތިހާދުން މަޖިލީހަށް ހުށަހެޅި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަށް ޖަވާބުދާރީ ވުމަށް ފާއިތުވި ހަފްތާގައި މަޖިިލީހަށް ވަޑައިގެންފައެއް ނުވެއެވެ. އެ ހަފްތާގައި އެ މައްސަލަ އެޖެންޑާ ކޮށްފައިވަނިކޮށް، ރިފްޢަތު ޖަވާބު ފޮނުއްވީ ލިޔުމަކުންނެވެ. 

އެއަށްފަހު މައްސަލަ ހޫނުވެ، ސްޕްރީމް ކޯޓާއި ހަމައަށްދާ ގޮތަށް މަޖިލީހުން ނިންމާފައިވަނިކޮށް، ރިފްޢަތު ވަނީ މަޖިލީހަށް ހާޒިރުވުމަށް ނިންމައި މަޖިލީހަށް އެކަން އަންގަވާފައެވެ. އެއާއެކު ރިފްޢަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ އެޖެންޑާގެ ފުރަތަމަ ކަމަކަށް ވަނީ ތާވަލްކޮށްފައެވެ. 

އަދި މިއަދު މަޖިލީހުގެ ޖަލްސާ އަށް ރިފްޢަތު ވަނި ވަޑައިގެންފައެވެ.

ނަމަވެސް މިއަދުގެ މަޖިލިސް ފަށައި، ގުޅިފައިވާ އިއްތިހާދުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުގެ އަރިހުން މަޖިލީހުގެ ތަޅުމުގައި މައްސަލަ ހުށަހެޅުއްވުމަށް ރިޔާސަތުގައި އިންނަވައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިލެއްވުމުން އޭނާ ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. 

މިކަމުގައި ކުރިއަށް ދިޔުމުގެ ކުރިން އަޅުގަނޑުމެން ސާފުކޮށްލަން ބޭނުންވޭ، 500 މިލިއަން ޑޮލަރަށް ކަނޑުވިއްކާލި މައްސަލާގައި، ކުރީ ދުވަހު ވަޑައިނުގެންނެވީ ހަމަ ހަގީގަތުގައިވެސް ގޯސްކޮށް ހެއްދުވުނު ކަމެއްކަން ގަބޫލު ކުރައްވާފައިތޯ، މިއަދު މި ވަޑައިގެންނެވީ، ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތަށް ވަޑައިގަންނަވަންޖެހޭ ކަމަށް ގަބޫލު ކުރައްވާތީތޯ. 

މިއާއެކު ރައީސް ނަޝީދު ވިދާޅުވީ، މެންބަރު ސާފު ކުރައްވަން ބޭނުންވާ ކަން ވަނީ ސާފުވެފައި ކަމަށެވެ. އެހެނީ ބަންޑާރަ ނާއިބު މިވަގުތު އޮންނެވީ މަޖިލީހުގައި ކަމަށާ، އެހެންކަމުން މައްސަލަ ހުށަހެޅުއްވުމަށް އަނެއްކާވެސް ނަޝީދު ވަނީ އެދިލައްވާފައެވެ. 

އެއަށްފަހުވެސް މައްސަލަ ހުށަނޭޅުއްވުމުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ ނިޒާމީ ނުކުތާ ނަންގަވައި، މައްސަލަ ހުށަހަޅުއްވަން ކެރިވަޑައިނުގަންނަވާނަމަ އަނބުރާ ގެންދަވަން ވަނީ އެދިލައްވާފައެވެ. 

ނަމަވެސް، ޝަރީފް ތަކުރާރުކޮށް ވަނީ ސުވާލުގެ ޖަވާބު ލިބިނުލައްވަނިސް މައްސަލަ ހުށަނާޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އެއާއެކު މަޖިލިސް ހޫނުވެ، ރައީސް ނަޝީދު ވަނީ، މަޖިލީހުގައި ތިއްބަވައިގެން، ޝަރީފް އާއި، ޕާޓީގެ ބޭފުޅުން އެ މައްސަލާގައި ގޮތެއް ނިންމަވަން މަޖިލިސް މެދުކަނޑާލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.