ބަންޑާރަނައިބު ރިއްފަތު މަޖިލީހުގައި/ ފޮޓޯ: މަޖިލީސް
ހަބަރު
05 Jun 2023 | 13:25
ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުންގެ އިހުމާލު ވަރަށް ބޮޑު: ރިއްފަތު

ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ. 

ދިވެހިރާއްޖޭގެ ދެކުނުގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުވެސް ބައިވެރިވެފައިވާކަމަށް ތުހުމަތުކޮށް، މަޖިލީހަށް ހުށައެޅި ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރަތަމަ ފުރުސަތު މިއަދު ވަނީ ރިއްފަތަށް ދެއްވާފައެވެ. 

މަޖިލީހުގެ މިއަހަރުގެ ދެ ވަނަ ދައުރުގެ 8 ވަން ޖަލްސާގައި ހުށައެޅި އެ މައްސަލައަށް ވާހަކަދައްކަވަމުން ފައްޓަވަމުން ރިއްފަތު ވިދާޅުވީ ޗާގޯސްއާއި ރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލަ ކާމިޔާބުކުރީ ދިވެހިރާއްޖެއިން ކަމަށެވެ. 

އަދި ރިއްފަތު ވަނީ އެ މައްސަލައިގައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ. 

"މައްސަލަ ނިމުނުއިރު މޮރިޝަސް ސަރުކާރުން އަޅުގަނޑަށް ދިން ރަން މެޑައްޔެއް ނެތް، އަޅުގަނޑަށް ދިން ލަގަބެއް އިއްޒަތެއް ވެސް ނެތް، ޑޮލަރު ލާން އަޅުގަނޑު ހުޅުވި އެސްކްރޯ އެކައުންޓެއް ވެސް ނޯންނާނެ"

ބަންޑާރަ ނައިބު ރިއްފަތު 

ރިއްފަތު ވިދާޅުވީ ދެކުނުގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު (އީއީޒެޑް) ގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއްކަމަށެވެ. 

1992 ވަނަ އަހަރުން ފެށިގެން އެ މައްސަލައަށް ޙައްލު ހޯދުމަށް ކުރީގެ އެއްވެސް ސަރުކާރަކުން މަސައްކަތް ކޮށްފައި ނުވާކަމަށް ރިއްފަތު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ހާ ހިސާބުން ފެށިގެން އައި އެއްވެސް ސަރުކާރަކަށް އެ މައްސަލައިގައި ދިވެހިންގެ ހައްގުގައި ގޮތެއް ނިންމާފައި ނުވާކަމަށެވެ. 

އެކަން ފާހަގަކުރައްވާ ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވީ ދެކުނުގެ އީއީޒެޑް ކަނޑައެޅުމުގައި ވޭތުވެދިޔަ ސަރުކާރުތަކުން ގޮތެއް ނިންމާފައި ނުވުމުގައި ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ފަރާތްތައްވެސް މި މައްސަލައިގައި ބޮޑެތި އިހުމާލުތައް ވެފައިވާ ކަމަށެވެ. 

"ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުން ވެފައިވާ އިހުމާލު ވެސް އިންތިހާއަށް ބޮޑު. އެކަން އަޅުގަނޑު ލަދުވެތިކަމާއެކީގައި ފާހަގަކުރަން"

ބަންޑާރަ ނައިބު ރިއްފަތު

އެކަމާއި ގުޅޭ ތަފްސީލުތައް ހިއްސާކުރައްވަމުން ރިއްފަތު ވިދާޅުވީ ދެކުނުގެ އީއީޒެޑް މައްސަލައިގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސަރުކާރުގައި އޭރުގެ ބަންޑާރަ ނައިބާއި ހަވާލުކުރި ސްޓްރެޖީ މިހާތަނަށް ވެސް ހަދާފައި ނުވާކަމަށެވެ. 

އޭގެ އިތުރުން ރިއްފަތު ވިދާޅުވީ 2019 ވަނަ އަހަރު މޮރިޝަސްއަށް ރާއްޖެއާއި ދެކޮޅަށް މައްސަލައެއް ހުށައަޅަން ފުރުސަތު ލިބުނީ ވެސް ކުރީ ސަރުކާރުތަކުން އެ މައްސަލައިގައި ރާއްޖޭގެ ހައްގުތައް ހިމާޔަތްކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ ކަމަށެވެ. 

އެހެން ނަމަވެސް އިޓްލޮސްގައި އޮތް މައްސަލަ ކުރިއަށް ދިޔައިރު، ދިވެހިރާއްޖެއިން ވާނީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަށް ވަކާލާތުކޮށްފައި ކަމަށާއި، ނަތީޖާއެއްގެ ގޮތުން މައްސަލަ ނިމިގެން ދިޔައިރު ރާއްޖެއަށް ބޮޑުބައި ލިބިގެން ގޮސްފައިވާކަމަށް ރިއްފަތު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.