ބައެއް ލީޑަރުންނާއި އެބޭފުޅުން އަޅާ ގަޑިތައް
ހަބަރު
05 Jun 2023 | 13:27
ދުނިޔޭގެ ބައެއް ލީޑަރުން އަޅާ ގަޑިތަކާއި އޭގެ އަގުތައް؛ އެންމެ އަގުބޮޑު ގަޑި އަޅަނީ ބައިޑެން އެއް ނޫން!

ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ވެރިކަން ކުރާ އެ ގައުމު ތަކުގެ ލީޑަރުންނަކީ ޔަގީނުންވެސް ބޮޑު ޒިންމާއެއް ކޮނޑުގައި އެޅިފައިވާ ބައެކެވެ. އެއީ އެތައް މިލިއަން މީހުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ ބަޔަކަށްވާއިރު، ކޮންމެ ދުވަހަކުވެސް އެތައް ބަޔަކާއި ބައްދަލުކޮށް، އަދި ދޭތެރެ ދޭތެރެއިން އެކި ގައުމުތަކަށް ޒިޔާރަތްކޮށް އެގައުމުތަކުގެ މަތީ ފަންތީގެ މީހުންނާއި އެނޫންވެސް މީހުންނާ ބައްދަލު ކުރަންޖެހޭ ބައެކެވެ. 

ކަން މިހެން ހުރުމުން، އެމީހުން ބޭރުފުށުން ފެންނަ ފެނުމަކީ އަނެކާއަށް އެމީހުންނާއިމެދު ދެކެވޭ ގޮތް ކަނޑައެޅުމުގައި މުހިންމު ރޯލެއް އަދާކުރާ ކަމެއް ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. އެގޮތުން އެމީހުން ލާ ހެދުމާއި، ގެންގުޅޭ އަތް ދަބަހާއި، އަރާ ބޫޓު ނުވަތަ ފައިވާނުން ފެށިގެން އަތު ކުރީގައި އަޅާ ގަޑިއާއި ބޮލުގައި އަޅާ ތޮތްޕަކީވެސް، އެ ލީޑަރުން މިނެ ކިރުމުގައި ގިނަ ބަޔަކު ބަލައި އުޅޭ ތަކެއްޗެކެވެ. 

އޭގެ ތެރެއިން މިފަހަރު މި ބަލާލަނީ އެންމެ މުހިންމު އެއް އެއްޗަށެވެ. އާދެ! އެ ލީޑަރުންނަށް އެންމެ މުހިންމު އެއްޗެއް ކަމުގައިވާ ވަގުތު ބެލުމަށް، ލީޑަރުން އަޅާ އުޅޭ އަތުކުރީ ގަޑިއަށެވެ. ފަހަރުގައި އެ ގަޑި އަކީ ވަގުތު ބަލަން ގެންގުޅޭ އެއްޗަކަށްވުރެ، ހައިބަތު ދެއްކުމަށް އަޅާ އެއްޗަކަށްވެސް ވެދާނެއެވެ. އަދި އެ ލީޑަރުންނަކީ އެއްގަޑިއަށް ވުރެ ގިނަ ގަޑި އަޅާއުޅޭ ބަޔަކަށްވެސް ވެދާނެއެވެ. ނަމަވެސް މިފަހަރު މިބަލާލަނީ އާއްމުކޮށް އެމީހުން އަޅައިގެން ހުއްޓާ ފެންނަ ގަޑިތަކާއި އެ ގަޑި ތަކުގެ އަގަށެވެ. 

1) އެމެރިކާގެ ރައީސް ޖޯއީ ބައިޑެން 

އާއްމުކޮށް ބައިޑެން އަޅައިގެން އުޅޭތަން ފެންނަނީ "ރޮލެކްސް ޑޭޓްޖަސްޓް 41އެމްއެމް" ގެ ގަޑިއެކެވެ. އެ ގަޑީގެ އަގަކީ ގާތް ގަނޑަކަށް 13,000 ޑޮލަރެވެ. މީގެ އިތުރުން 6,300 ޑޮލަރުގެ "ސްޕީޑް މާސްޓާ މޫން ވޮޗް" އެއްވެސް ބައިޑެން އަޅައި އުޅެއެވެ. 

2) ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން

ފްރާންސްގެ ރައީސް އަކީ، ހައިބަތު ދެއްކުމަށް މޮޅެތި ގަޑި އެޅުމަށް ޝައުގު ހުންނަ މީހެއް ނޫން ކަމަށް ބެލެވެއެވެ. އެހެނީ އެބޭފުޅާ އާއްމުކޮށް އަޅައިގެން ހުއްޓާ ފެނިފައިވަނީ އެ ފެންވަރުގެ މީހަކާ އަޅާ ބަލައި ވަރަށްވެސް އަގު ހެޔޮ، ގަޑިއެވެ. އެގޮތުން، އެ ބޭފުޅާ އަޅައިގެން ހުއްޓާ އާއްމުކޮށް ފެންނަ ލޯންގިނެސް ޑޯލްސް ވިޓާ ބްރޭންޑް ގެ ގަޑީގެ އަގަކީ ގާތްގަޑަކަށް 600 ޑޮލަރެވެ. 

3) ރަޝިޔާގެ ރައީސް ޕުޓިން

ޕުޓިން އަކީ އޭނާގެ ހައިބަތާއި އާރާއި ބާރު އެހެން މީހުންނަށް ދެއްކުމުގެ ޝައުގު ނުހަނު ބޮޑު މީހެއް ކަމީ އެންމެނަށްވެސް އެނގޭ ކަމެކެވެ. އެގޮތުން، އޭނާ އަޅައި އުޅޭ ގަނޑިތަކުންވެސް އެކަން ހާމަވެއެވެ. ހައްތާވެސް ހުރީ އަގު ބޮޑު ގަޑިއެވެ. އާއްމުކޮށް އޭނާ އަޅާ "އެފް.ޕީ ޖޯން ކްރޮނޮމިޓަރ ބްލުއޫ" ގަޑީގެ އަގަކީ ގާތްގަޑަކަށް 100,000 އެމެރިކާ ޑޮލަރެވެ. މީގެ އިތުރުން ވެސް، 35,000 ޑޮލަރާއީ 25,000 ޑޮލަރުގެ ގަޑިވެސް އޭނާ އަޅާ އުޅެއެވެ. 

4) ޔުކްރެއިންގެ ރައީސް ޒެލެންސްކީ

ރަޝިއާއަށްފަހު މިއޮތީ އެގައުމުގެ އެއް ހަތުރު ކަމުގައިވާ ޔުކްރެއިންގެ ރައީސް ޒެލެންސްކީ އަޅާ އުޅޭ ގަޑީގެ ވާހަކަ އެވެ. ރަޝިއާ- ޔުކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ޒެލެންސްކީ އަޅައިގެން ހުއްޓާ އާންމުކޮށް ފެނިފައިވަނީ "ޓެގް ހުއެއާ ކްރޭރަރ ކެލިބަރ ހުއެއާ 01" ބްރޭންޑްގެ 3,000 ޑޮލަރުގެ ގަޑިއެކެވެ. 

5) ބުރުނީގެ ސުލްތާން ހަސަނުލް ބޮލްކިއާ

ބުރުނީގެ ސުލްތާން އަކީ އަގުބޮޑު ގަޑި އެޅުމަށް ނުހަނު ލޯބިކުރާ ބޭފުޅެކެވެ. އެގޮތުން އެބޭފުޅާ އަޅާ އެއް ގަޑި ކަމުގައިވާ "ރިޗާޑް މިލް 01-56" ގެ ގަޑިއަކީ ވަރަށް ލިމިޓެޑް އެޑިޝަން އެކެވެ. އޭގެ އަގު 2 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މި ބްރޭންޑްގެ އިތުރުން ރޮލެކްސް ބްރޭންޑް ގެ އަގު ބޮޑެތި ގަޑިތަކާއި އެނޫންވެސް މަޝްހޫރު ބްރޭންޑް ތަކުގެ ގަޑިތައް ސުލްތާން އަޅުއްވައިގެން ހުއްޓާ ވަނީ ފެނިފަ އެވެ. އެގޮތުން "ޕަޓެކް ފިލިޕޭ ޕާޕެޗުއަލް ކެލެންޑަރ 5740/1G-001" ގަޑީގެ އަގު  286,000 އެމެރިކާ ޑޮލަރަށް އަރައެވެ. 

6) ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން ސެން

ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން ސެން އަކީވެސް އަގު ބޮޑެތި ގަޑިތައް އަޅުއްވާ ބޭފުޅެކެވެ. އެގޮތުން އެ ބޭފުޅާ އަޅުއްވާ "ޕަޓެކް ފިލިޕޭ 6002" ގަޑިއަކީ 1.2 މިލިއަން ޑޮލަރުގެ ގަޑިއެކެވެ. އަދި އެ ބޭފުޅާއަޅާ "ޕަޓެކް ފިލިޕޭ ގްރޭންޑް މާސްޓަރ ޗައިމް" ގެ މާކެޓް އަގަކީ 2,700,000 އެމެރިކާ ޑޮލަރެވެ. 

7) ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންގް 

ކިމް އަކީ ކިތަންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެއް ނަމަވެސް އޭނާ އަޅައި އުޅެނީ އަގުގެ ގޮތުން އެހާ ވަރުގަދަ ގަޑިތަކެއް ނޫނެވެ. އެގޮތުން 400 ޑޮލަރުގެ "މޮވާޑޯ މިއުޒިއަމް ބްލެކް" ގަޑިއެއްވެސް އޭނާ އަޅައި އުޅެއެވެ. އެ ގައި ބަލާލަންވެސް އެހާ ރީއްްޗެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެއެވެ. އޭގެ އިތުރުން، 11,600 ޑޮލަރުގެ "އައި ޑަބްލިޔު ޕޯޓޮފިނޯ" ގަޑިއެއްވެސް އޭނާ އަޅައި އުޅެއެވެ.  

8) ޗައިނާގެ ރައީސް ޒީ ޖިޕިންގ

ޗައިނާގެ ރައީސް އާއްމުކޮށް އަޅައިގެން ހުއްޓާ ފެންނަ "އޮމޭގާ ކޮންސްޓެލޭޝަން" ބްރޭންޑްގެ ގަޑީގެ އަގަކީ 12,100 އެމެރިކާ ޑޮލަރެވެ. 

9) ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އައްޘާނީ

ގަތަރުގެ އަމީރަކީ ގިނަ ބްރޭންޑް ތަކުގެ ގަޑިތައް އަޅުއްވާ ބޭފުޅެކެވެ. އޭގެ ތެރެއިން އެއްބައި ގަޑި ތަކަކީ ވަރަށް މަދުން ނޫނީ ނުލިބޭނެ ގަޑިތަކެވެ. އެގޮތުން އާއްމުކޮށް އަޅައިގެން ހުއްޓާ ފެންނަ ރޮލެކްސް ޑޭ ޑޭޓް ގަޑީގެ އަގު އުޅެނީ 45,000 ޑޮލަރުގައެވެ. 

10) އެސްވާޓިނީގެ ރަސްގެފާނު މިސްވަތީ 3

ރަސްގެފާނު މިސްވަތީ އަކީވެސް ތަފާތު ހެދުން އަޅައި ތަފާތު ގަޑި އަޅުއްވާ ބޭފުޅެކެވެ. އެގޮތުން އެ ބޭފުޅާ އަޅުއްވާ "ޖެކޮބް އެންޑް ކޯ ޑޮޓް ބްރިލިއަންޓް ސްކެލެޓޮން ޓުއަރބިލޮން ރޫބީ" ބްރޭންޑުގެ ގަޑި އަކީ 550,000 ޑޮލަރުގެ ގަޑިއެކެވެ. 

މި ލީޑަރުންތައް ފިޔަވައިވެސް އަގޮ ބޮޑެތި ގަޑިތައް އަޅާ ލީޑަރުން އުޅުއްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.