ރިއްފަތު މަޖިލީހުގައި/ ފޮޓޯ: މަޖިލީސް
ހަބަރު
05 Jun 2023 | 16:10
ރައީސްގެ ސިޓީފުޅަކުން ދައުލަތުގެ ކޮޅު ބަދަލުކުރިކަމަށް ބުނެ ހަދަނީ ބުހުތާނު ދޮގު: ރިއްފަތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅަކުން ފޯޅަވަހި މައްސަލައިގައި ދައުލަތުން ދަމަހައްޓަމުން އައި ސްޓޭންޑު ބަދަލުކޮށް، ދައުލަތުން ކޮޅު ބަދަލުކުރިކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ. 

ފޯޅަވަހި މައްސަލައާއި ގުޅިގެން ބަންޑަރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް މަޖިލީހަށް ހުށައެޅި މައްސަލައިގައި މިއަދުގެ ޖަލްސާގައި ބަންޑާރަ ނައިބުވަނީ ޖަވާބުދާރީ ވެވަޑައިގަންނަވާފަ އެވެ. 

އެގޮތުން އެމަނިކުފާނުގެ ވާހަކައިގައި ވިދާޅުވީ ރާއްޖޭގެ އުތުރުންވެސް ރާއްޖެއަށް ޚާއްސަ އިޤްތިޞާދީ ސަރަހައްދުގެ ގޮތުގައި 200 ނޮޓިކަލް މޭލުގެ ސަރަހައްދެއްގައި ލިބިފައި ނެތްކަމަށެވެ.

އުތުރުން އިންޑިއާ އަދި ސްރީލަންކާގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދާއި ރާއްޖޭގެ ސަރަހައްދާއި ދެމެދު ފުށުއަރާ ސަރަހައްދު ފުށޫއަރާ ސަރަހައްދެއް އޮތުމުން، އެ ސަރަހައްދު ވަނީ ރާއްޖެއާއި އެ ދެގައުމާއި އެކު ހެދުނު އެއްބަސްވުމެއްގެ ދަށުން 1976 ވަނަ އަހަރު އިކުއިޑިސްޓެންސް އުސޫލުން ހަމަޔަށް ބައިކޮށްފައި ކަމަށް ރިއްފަތު ވިދާޅުވި އެވެ. 

ރިއްފަތު ވިދާޅުވީ ފުށުއަރާ ސަރަހައްދާއި މެދު ގައުމުތަކުގެ މެދުގައި މަޝްވަރާކޮށްގެން ހައްލު ނުހޯދިއްޖެނަމަ ގެން އެކަން ކުރަން ޖެހެނީ އަންކްލޮސް މުއާހަދާގައި އޮންނަ ގޮތަށް އަމަލުކުރަން ކަމަށެވެ.

އެ އުސޫލުގެ މަތިން ބައިނަލް އަގުވާމީ ކޯޓުން ވަނީ ރާއްޖެއާއި ޗާގޯސް އާއި ދެމެދު އޮތް ފުށުއަރާ ސަރަހައްދުގެ މައްސަލަ ޙައްލުކޮށްފައި ކަމަށާއި، އިޓްލޮސްއިން ނިންމި އެ މައްސަލަ 30 ދުވަސްތެރޭ އިސްތިއުނާފު ކުރެވޭނެކަމަށް ކުރީގެ ބަންޑާރަ ނައިބުން ބުނުމަކީ ބިލާހެއްފަދަ ކަމެއްކަމަށް ރިއްފަތު ސިފަކުރެއްވި އެވެ. އަދި ވިދާޅުވީ އެފަދައިން ކުރީގެ ބަންޑާރަނައިބުން ވިދާޅުވި ނަމަވެސް އެކަން ޤާނޫނު ދަންނަ އަދި ޤާނޫނު ކިޔަވާ އެއްވެސް ކުއްޖަކުވެސް ޤަބޫލު ނުކުރާނެކަމަށެވެ. 

އެކަންކަން ފާހަގަކުރައްވާ ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުވި ސިޓީއާއި ދެނުކުގެ އީއީޒެޑް މައްސަލައާއި ގުޅުވާ، ދައުލަތުން ކޮޅު ބަދަލުކޮށްފައިވާކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބުން ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއްކަމަށެވެ. އަދި އެ ސިޓިފުޅަކީ އީއީޒެޑްގެ މައްސަލައާއި އެއްވެސް ގުޅުމެއް އޮތް ސިޓީއެއް ނޫންކަމަށް ރިއްފަތު ވަނީ ވިދާޅުވެފަ އެވެ. 

"ރައީސުލްޖުމްހޫރިއްޔާ 22 އޯގަސްޓު 2022ގައި ސޮއިކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކާއި ގުޅޭގޮތުން ދެކުނުގެ އީއީޒެޑްގެ މައްސަލައިގައި ގުޅުވާ ދުވެހި ދައުލަތުން ކޮޅު ބަދަލުކުރީކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް. ރައީސްގެ ސިޓީއަކީ ދެކުނުގެ އީއީޒެޑް މައުލޫއާއި އެއްވެސް ގުޅުމެއް ނެތް ސިޓީއެއް"

ބަންޑާރަ ނައިބު ރިއްފަތު 

އޭގެ އިތުރުން ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވީ ސަރަހއްދުގެ މައްސަލައާއި ގުޅޭގޮތުން އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލައިގައި، އެ މައްސަލަ ބެއްލެވި 9 ފަނޑިޔާރުގެ ބެންޗުން އިއްތިފާގުން ނިންމި ނިންމުމުގައި  ރައީސްގެ ސިޓީފުޅަށް ރިއާޔަތްކޮށްފައި ނުވާކަމަށެވެ. 

އަދި އެ މައްސަލަ ނިންމުމަށް އިޓްލޮސްގެ ފަނޑިޔާރުން ރިއާޔަތްކުރި އެއްވެސް ކިތާބީ ހެއްކެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްއަށް ފޮނުވި ސިޓީފުޅު ބޭނުންކުރައްވާފައިވާ ނުވާކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.