ރިއްފަތު މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
05 Jun 2023 | 16:12
އިޓްލޮސްގެ ފަނޑިޔާރުންގެ ނިންމުމުގައި ރައީސްގެ ސިޓީއަށް ރިއާޔަތްކޮށްފައެއް ނެތް: ރިއްފަތު

ޗާގޯސްއާއި ދިވެހިރާއްޖެއާއި ދެމެދު ފުށުއަރާ ސަރަހައްދެއް އޮތްކަމަށް ބުނެ މޮރިޝަސްއިން އިންޓަނޭޝަނަލް ޓަރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށައެޅި މައްސަލައިގައި، އެ މައްސަލަ ބެއްލެވި 9 ފަނޑިޔާރުން އިއްތިފާގުން ނިންނި ނިންމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ. 

ރިއްފަތު މިފަދައިން ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައާއި ގުޅިގެން ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމާއި ގުޅިގެން، މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ޖަވާބުދާރީވާން ލިބިލެއްވި ފުރުސަތުގައި ވާހަކަދައްކަވަމުން ނެވެ. 

މަޖިލީހުގައި ވާހަކަދައްކަވަމުން ރިއްފަތު ވިދާޅުވީ ދެކުނުގެ އީޒެޑްގެ މައްސަލައާއި ރާއްޖޭގެ އައުޓަރކޮންޓިނެންޓަލްޝަލް ޝެލްފްގެ މައްސަލާގައިވެސް ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެކަމަށް ރައީސް ޞާލިހު މޮރިޝަސްއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

އެހެންކަމުން އެމަނިކުފާނުގެ ސިޓީފުޅުގެ ސަބަބުން އިޓްލޮސްގައި އޮތް މައްސަލައަށް އަސަރުކޮށްފައިވާކަމަށް ބުނެ ކުރީގެ ބަންޑާރަ ނައިބުން ހައްދަވަމުން ދަނީ އިތުރުފުޅުތަކެއް ކަމަށާއި، އިޓްލޮސްއިން މައްސަލަ ނިންމެވި އެއްވެސް ފަނޑިޔާރަކު ބޭނުންކުރެއްވި އެއްވެސް ކިތާބީ ހެއްކެއްގައި އެ ސިޓީފުޅު ހިމަނުއްވާފައި ނުވާކަމަށް ރިއްފަތު ވިދާޅުވި އެވެ.  

"އިޓްލޮސްގެ މައްސަލަ ސާބިތުކުރުމަށް، އިޓްލޮސްގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ އެއްވެސް ކިތާބީ ހެއްކެއްގެ ތެރޭގައި ވެސް ރައީސް ފޮނުވި ސިޓީ ނުހިމެނޭކަން ފާހަގަކުރަން. ދެކުނުގެ އީޒެޑްގެ މައްސަލައާއި ރާއްޖޭގެ އައުޓަރކޮންޓިނެންޓަލްޝަލް ޝެލްފްގެ މައްސަލާގައިވެސް ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑް ބަދަލު ނުކުރާނެކަމަށް ރައީސްގެ ސިޓީގައި ކަޅާއި ހުދުން ލިޔެފަ އޮތްކަން ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވަން"

ބަންޑާރަ ނައިބު ރިއްފަތު

އޭގެ އިތުރުން ރިއްފަތު ވިދާޅުވީ ރައީސް ޞާލިހު މޮރިޝަސްއަށް ފޮނުވި ސިޓީފުޅާއި ދެކުނުގެ އީއީޒެޑް މައްސަލައާއި ގުޅުވާ، ދައުލަތުން ކޮޅު ބަދަލުކޮށްފައިވާކަމަށް ކުރީގެ ބަންޑާރަ ނައިބުން ދައްކަވާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.