ޙައްޖު ކޯޕަރޭޝަންގެ ބޭފުޅަކު ޢުމުރުން ދުވަސްވީ ޙައްޖާޖީއަކަށް އެހީވަނީ. ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ހަބަރު
05 Jun 2023 | 16:13
ހައްޖަށް ނުވަތަ އުމްރާއަށް ގޮސް އުޅުމުގައި ބަލިތަކުން ރައްކާތެރިވުމަށް ސަމާލުވެލައްވާ!

ހައްޖަށް ނުވަތަ އުމްރާއަށް ގޮސް އުޅޭ ފަރާތްތަކުން ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަށް އެޗްޕީއޭ އިން ފާހަގަކޮށްފައިވަނީ ދަތުރަށް ފުރުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިންމު ކަމެވެ. މީގެ ތެރޭގައި ޕޯލިއޯ، މެނިންޖައިޓިސް އަދި އިންފްލުއެންޒާ ގެ ވެކްސިން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު ވެކްސިން ޖެހުމަށްފަހު ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް 2 ހަފްތާ އާންމުކޮށް ނެގުމުގެ ސަބަބުން ފުރުމުގެ 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވެކްސިން ޖެހުމުގެ އިތުރުން ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

-އަބަދުވެސް ސާފު ތާހިރުކޮށް ހުރުމާއި އުޅޭ ކޮޓަރި އަދި ފާޚަނާ ސާފުކޮށް ބެހެއްޓުން

-ޙައްޖަށް ނުވަތަ އުމްރާއަށް ގޮސް އުޅުމުގައި ބަލިތަކުން ރައްކާތެރިވުމަށް މާސްކު އެޅުން އެދެވިގެންވޭ

-ކާނާ ތައްޔާރުކުރުުމުގެ ކުރިން، ކެއުމުގެ އަދި މީހަކަށް ކާން ދިނުމުގެ ކުރިން ރަނގަޅަށް އަތް ދޮވުން

-ފާޚާނާ ކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން

-ބޭރުގައި އުޅޭއިރު އަތް ސާފުކުރުމަށް ސެނެޓައިޒަ ފުޅިއެއް ގެންގުޅުން

-ފެނާ ދިޔާ ތަކެތި ގިނައިން ބޭނުން ކުރުން

-ފިޒީ ޑްރިންކްސްް އެނާޖީ ޑްރިންކްސް، އަދި ގިނައިން ހަކުރު ހިމެނޭ ބުއިންތައް ބޭނުން ނުކުރުން

-ބިންގަނޑުގެ ހޫނުން ފައި ރައްކާތެރިކުރުމަށް ރަނގަޅުު ފަސޭހަ ފައިވާނެއް ބޭނުން ކުރުން

-ބައްޔަކަށް ބޭސް ބޭނުންކުރާނަމަ ވަގުތަށް ބޭސް ބޭނުންކުރުން

-ދާއިމީ ބައްޔަކަށް ފަރުުވާ ހޯދާނަމަ އާންމުކޮށް ދައްކާ ޑޮކްޓަރުގެ ފަހުގެ ބޭސް ސިޓީތަކާއި ރިޕޯޓްތައް ގެންދިއުން

-ކޮންމެހެން ބޭނުން ޖެހިިގެން ނޫނީ ޖަނަވާރު ވިއްކާ ތަންތަނަށް ނުދިއުން

-ރޯކިރު ރަނގަޅަށް ކެއުމަށްފަހު ނޫނީ ބޭނުން ނުކުުރުން

-މަހާއި އެއްގަމު މަހުގެ ބާވަތްތައް ބޭނުންކުރުމުގައި ރަނގަޅަށް ރޯފިލާފައި ހުރިކަން ކަށަވަރުކުރުން

މި ހިނގާ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން ދިވެހި ޙައްޖާޖީން ޙައްޖު ދަތުރަށް ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފިއެވެ. 

އަދި މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ 6 ފްލައިޓަކުން ކަމަށް ވެސް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.