މުޙައްމަދުގެ ބައްޕަ ޚާތިމް ތަމީމީ މުހައްމަދުގެ ގާތުގައި. ފޮޓޯ: ޓްވިޓަރ
ދުނިޔެ
06 Jun 2023 | 09:49
އިޒްރާއިލް ސިފައިންގެ ހަމަލާގައި ޒަހަމްވި ތުއްތު މުހައްމަދު ނިޔާވެއްޖެ

އިޒްރާއިލް ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ޒަޙަމްވި އުމުރުން 2 އަހަރުގެ މުހައްމަދު ނިޔާވެއްޖެއެވެ.

އުމުރުން 2 އަހަރުގެ މުޙައްމަދް ތަމީމީ އަށް އިޒްރާއިލް ސިފައިން  ހަމަލާދިފައިވަނީ ރާމައްاللهގެ އިރުއުތުރުން އޮންނަ ނަބީ ސަލާހް ކިޔާ އަވަށުގައި، އޭނާގެ ބައްޕަ އާއި އެކު ކާރުގައި ދަތުރު ކޮށްފައި ދަނިކޮށެވެ. އިޒްރާއިލް ސިފައިންގެ މި ޙަމަލާ ތަކުގައި މުޙައްމަދުގެ ބައްޕަ އަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެެވެ.

ހަމަލާގައި ލިބުނު ޒަހަމްތަކަށް މުޙައްމަދު  ފަރުވާ ހޯދަމުން ދިޔައޫ އިޒްރާއިލުން ހިންގާ ހޮސްޕިޓަލެއްގައެވެ. ޒަހަމްތަކަށް ފަރުވާ ދެމުން ދިޔަ ނަމަވެސް އޭނާގެ ހާލަތު ނާޒުކުކަމަށް އޭރުވެސް ވަނީ ބުނެފައެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ  އިޒްރާއިލްގެ މި ހަމަލާއަކީ އެމީހުން ރާވައިގެން ކުއްލިއަކަށް ހަމަލާދޭ އުސޫލުގެ ދަށުން އިޒްރާއިލް ސިފައިން ދިން ހަމަލާއެއް ކަމަށެވެ.ފަލަސްޠީނުގެ ވަފާ ނޫހަށް ހަވާލަދެމުން އަލްޖަޒީރާގައި ބުނެފައިވަނީ އިޒްރާއިލް ސިފައިން ހަމަލާތަކުގެ ކުރިން ނަބީ ސަލާހް އަވަށަށް ވަދެ ނުކުމެވޭ ދޮރު ބަންދުކުރި ކަމަށެވެ.

އަދި އެސަރަހައްދުން ދުއްވަމުން ދިޔަ ކާރަށް ބަޑީގެ ހަމަލޭ ދޭން ފެށި ކަމަށެވެ. އަދި އެކާރުން ދަތުރު ކުރަމުން ދިޔަ ކުޑަ ކުއްޖަކު ވަރަށް ބޮޑަށް ޒަޚަމްވީ ކަމަށް ވަފާ އަށް މަޢުލޫމާތު ދިން މީހަކު ބުނެފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

2023 ފެށުނު ފަހުން އިޒްރާއިލްގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 158 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 26 ކުޑަކުދިން ވެސް ހިމެނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.