ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް-- ފޮޓޯ/ މަޖިލިސް
ހަބަރު
06 Jun 2023 | 11:34
ބަންޑާރަނައިބު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލަ ކޮމިޓީއަށް

ބަނޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހަށް ފޮނުއްވި ޖަވާބާއި ގުޅިގެން، އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާކަމަށް ވިދާޅުވެ، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލަ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ. 

ހުސައިން ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ބަންޑާރަ ނައިބަކީ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެ ބޭފުޅެއް ކަން ގާނޫނުއަސާސީގައި ވަރަށް ސަރީހަކޮށް ބުނެފައި އޮންނަ ކަމަށެވެ. ކަން މިހެން ހުރިއިރު, ބަންޑާރަ ނައިބުގެ މަގާމުގައި ހުންނަވާ ފަރާތެއްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން، މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ދެކިވަޑައިނުގަންނަވާކަމަށް ދޭހަވާ މޭރުމަކުން ރިފްއަތު ވާހަކަދައްކަވާފައިވާ ކަމަށާ އެއީ މުޅި ރައްޔިތުންގެ މަޖިލީހަށް އޭނާ ކުރެއްވި މަލާމާތެއްކަމަށެވެ. 

މިއާއެކު ހުސައިން ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާއި ބެހޭ ގާނޫނަށް ގެނެވިފައިވާ އިސްލާހުތަކުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެންކަން ބަޔާންކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށްވެސް ބަދަލުތަކެއް ގެނެވޭނީ މަޖިލީހުން ފާސްކޮށްގެންކަން އެނގެން އޮތް އިރު، އެކަންކަމުގައި މަޖިލީހުން ފާސްކުރަންޖެހޭ ކަމެއް ނެތްކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެފައިވުމަކީ މުޅި މަޖިލީހުގެ އިމްތިޔާޒަށާއި ބާރުތަކަށް އަރައިގަތުން ނޫންކަމަށް ދެކެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތްކަމަށެވެ. 

އެހެންކަމުން މަޖިލީހުގެ ގަދަރަށް އުނިކަން އަންނާނެ ގޮތަށް ކަންތައްކޮށްފައިވާތީ އެ މައްސަލަ ބަލަން ކޮމިޓީއަށް ހުށަހެޅުމަށް ހުސެއިން ވަނީ ގޮވާލައްވާފައެވެ. 

އެއާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އެ މައްސަލަ ކޮމިޓީއަަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ވޯޓަށްވެސް އަހާފައެވެ.

ނަމަވެސް އެ މައްސަލައަށް ބަހުސް ކުރުމަށް ވޯޓު ދެއްވީ 20 މެމްބަރެކެވެ. އަދި 58 މެމެބްރެއްވަނީ ބަހުސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވާފައެވެ. އެހެން ކަމުން އެ މައްސަލަ ބަލައިގަނެ ބަހުސްކުރަން ފާހެއް ނުވިއެވެ.

ކޮމެންޓް
ަިސހަހަިސހަha
މޮޔަ ކުދިން ކޮޅު ދައްކާ ބޮހަމަނުޖެހޭ ވާހަކަ ނޫސްތަކުގަ ލިޔާކަށް ނުވާނެ
06 Jun 2023
ގުޅޭ ލިޔުންތައް
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.
12 Oct 2026
ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުالله ޒިޔަތުގެ ހެކިބަސް ނެގުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.