އެމްޑީޕީ މެންބަރުން އިހްތިޖާޖު ކުރަނީ--
ހަބަރު
06 Jun 2023 | 11:04
ރައީސް ނަޝީދު އަށް "މުގާބެ" އޭ ގޮވައި އެމްޑީޕީ މެންބަރުން އިހްތިޖާޖު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަކީ ރޮބާޓް މުގާބެ ކަމަށް ބުނެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުން ރިޔާސަތުގެ ކުރިމާތީގައި އިހްތިޖާޖު ކުރަން ފަށައިފިއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވަނީ ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅުމަށް ނަޝީދު ފުރުސަތު ދެއްވާތީވެސް އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. 

އެގޮތުން، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ އެއީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ހުށަހެޅޭ މައްސަލައެއް ކަމަށާ، އެކަމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. 

އެހެން ނަމަވެސް، ރައީސް ނަޝީދު ވަނީ އެއީ ގަވާއިދާއި އެއްގޮތަށް ހުށަހެޅޭ މައްސަލައެއް ކަމަށްބުނެ މައްސަލަ ހުށަހަޅަން ފުރުސަތު ދެއްވައި ވޯޓަށް އައްސަވާފައެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. އެއާއެކު ނަޝީދު ވިދާޅުވީ، އިމްތިޔާޒްގެ ދެ މައްސަލަ ހުށަހެޅުނުއިރު އެއިން އެއްމައްސަލަ އަކީ ކޮމިޓީއަށް ހުށަހެޅުނު މައްސަލަ ކަމަށާ، އަދި ކޮމިޓީއަށް އެ މައްސަލަ ފޮނުވުމަށް އެއްވެސް މެމްބަރަކަށް އެމަނިކުފާނަށް ހުރަސް ނޭޅޭނެ ކަމަށެވެ. 

އެކަމާއި ގުޅިގެން އެމްޑީޕީ މެންބަރުން ނުރުހުން ފާޅުކުރައްވައި ނިޒާމީ ނުކުތާ ނަންގަވާފައި ވާއިރު, ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ކޮމިޓީގެ އެ މައްސަލަ ކުރިއަށް ނުގެންދެވެނިސް ބަންޑާރަ ނައިބު ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަޖިލީހުގައިވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު ފަރާތްތަކުންނާއި އެމްޑީޕީގެ މެންބަރުންވެސް މަޖިލީހުގައި އަޑުގަދަ ކުރައްވައ މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް މަސައްކަތްކުރުމުން ރައީސް ނަޝީދު ރިޔާސަތުގައި އިންނަވާ ނިންމެވީ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ. އަދި މަޖިލިސް އެވަގުތައް މެދުކަނޑާލުމަށެވެ. 

އެއާއެކު މަޖިލީހުގެ އެމްޑީޕީ މެންބަރުން ވަނީ ރިޔާސަތު ކުރިމައްޗަށް އެއްވެ ރައީސް ނަޝީދަކީ، ޒިންބާބުވޭގައި ވެރިކަން ކުރެއްވި ޚުދުމުހުތާރު ވެރިއެއް ކަމަށްވާ މުގާބެ ކަމަށް ބުނެ ހުރިހާ މެންބަރުން އެއް އަޑަކުން މުގާބެއޭ ގޮވައި އިހްތިޖާޖު ކޮށް އަޑުގަދަ ކުރައްވާފައެވެ. 

މަޖިލީހުގެ ރިޔާސަތާއި އިދިކޮޅު ފަރާތްތައް ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ފުރުސަތު ނުދީ، މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތަކުގެ މަސައްކަތް ކުރިއަށް ނުގެންދާ ކަމަށް ބުނެ، އެމްޑީޕީގެ މެންބަރުންގެ ނުރުހުން ވަނީ ރައީސް ނަޝީދަށް އަމާޒުވެފައެވެ. 

އަދި މަޖިލީހުގެ ތަޅުމުގައި އިދިކޮޅު ފަރާތްތަކަށް ތަނަވަސް ފުރުސަތެއް ދެއްވައި އެމްޑީޕީއަށް ފުރުސަތު ހަނިކުރުމަށް ނަޝީދު މަސައްކަތް ކުރައްވާ ކަމަށްވެސް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވައެވެ. 

މީގެ އިތުރުންވެސް، އިދިކޮޅު ފަރާތްތަކުން ހުށަހަޅާ "ބޭކާރު" ގަރާރު ތަކާއި ކުއްލި މައްސަލަތައް ހުށަހެޅުމަށް ރިޔާސަތުން ފުރުސަތު ދެއްވައި މަޖިލީހުގެ މުހިންމު ވަގުތުތައް "ބޭކާރު" ކަންކަމުގައި ހޭދަކުރާ ކަމަށްބުނެވެސް އެމްޑީޕީގެ މެންބަރުންގެ ނުރުހުން ނަޝީދަށް ވަނީ އަމާޒުވެފައެވެ. 

އެފަދަ އެތައް ޝަކުވާއެއް ހުރި އިރުވެސް މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީއިން މިހާތަނަށް ނިންމާފައި ނުވާކަމަށް ޕާލަމެންޓްރީ ގުރޫޕުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.