މަޖިލީސް ތަޅުމުގައި މެމްބަރުން އިހުތިޖާޖު ކުރަނީ/ ފޮޓޯ: ވޮއިސް
ހަބަރު
06 Jun 2023 | 12:35
މަޖިލީހުގެ ނިޒާމު ގެއްލުމުން، ޖަލްސާ ކުރިއަށް ނުގެންގޮސް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރުމަށް މުހިންމު މަސައްކަތްތަކެއް ހުރި ނަމަވެސް، ނިޒާމު ގެއްލި މަޖިލީސް ކުރިއަށް ގެންދިއުމަށް ރިޔާސަތަށް ހުރަސްއަޅަމުން ދިއުމާއި ގުޅިގެން މިއަދުގެ މަޖިލިސް ޖަލްސާ ނިންމާލައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ އެޖެންޑާގެ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމެވެ. 

އެހެން ނަމަވެސް މިއަދުގެ ޖަލްސާގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ގަދަރަށް އުނިކަން ލިބޭ އަމަލެއް ކުރައްވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒު މައްސަލައެއް ހުށައަޅާފަ އެވެ. 

މި މައްސަލަ ހުށައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފެވެ. 

މެމްބަރު ހުސެއިން މުޙައްމަދު ލަތީފު

މައްސަލަ ހުށަހަޅުއްވަމުން ހުސެއިން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަންޑާރަނައިބު ރިފްއަތު ލިޔުމުން ހުށަހެޅުއްވި ޖަވާބުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގޮންޖައްސަވާފައިވާ ކަމަށެވެ.

ރިފްއަތު ލިޔުމުން ހުށަހެޅި ޖަވާބުގައި، މަޖިލީހަށް ބަންޑާރަ ނައިބުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލުނުކުރެވޭނެ މޭރުމަކުން ލިޔުއްވާފައިވާތީ، އެއީ މަޖިލީހަށް ކުރި މަލާމާތެއް ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ލިޔުމުން ހުށަހެޅި ޖަވާބުގައި މުޅި މަޖިލީހުގެ އިމްތިޔާޒާއި ގަދަރަށް އުނިކަން އަންނާނެ ގޮތަށް އަމަލުކޮށްފައިވާތީ މައްސަލަ އިމްތިޔާޒް ކޮމެޓީއަށް ފޮނުވަން ހުށަހަޅާފައިވެ އެވެ.

އެ މައްސަލައާއި ގުޅޭގޮތުން މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި ބަހުސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 20 މެމްބަރުންނެވެ. 58 މެމްބަރުން ވޯޓު ދެއްވީ އެ ބަހުސް ކުރަން ނުފެންނަކަމަށެވެ. އެއާއެކު އެ މައްސަލައަށް ބަހުސްކުރާކަށް ފާހެއް ނުވިއެވެ. 

އެ ވޯޓަށްފަހު ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމަށް ރިޔާސަތުން މަސައްކަތްޕުޅު ފެއްޓެވިއެވެ. 

އެހެން ނަމަވެސް، އިދިކޮޅު މެމްބަރުން ވަނީ، އިމްތިޔާޒާއި ބެހޭ މައްސަލައެއް ހުށައަޅާފައި ވަނިކޮށް، އެ މައްސަލަ ނުބަލާ ބަހުސް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ އިންކާރުކޮށްފަ އެވެ. 

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނަންގަވާ ބަހުސް ކުރިއަށް ގެންދިއުމަށް ދެކޮޅު ހެއްދެވިއެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އެ މެމްބަރުން ވިދާޅުވީ އިމްތިޔާޒާއި ބެހޭ މައްސަލައެއް ހުށައަޅައިފި ނަމަ އެންމެ އިސްކަން ދޭން ޖެހޭނީ އެ މައްސަލައަކަށް ކަމަށެވެ. އަދި އެކަން މަޖިލީހުގެ ޤަވައިދުގައި ބަޔާންކޮށްފައި ވާ ކަމަށެވެ. 

ބަހުސް ކުރިއަށް ގެންދިއުމަށް މެމްބަރުން އެތައް އިއުތިރާޒެއް ކުރަމުން ދިއުމާއި ގުޅިގެން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިންމެވީ ކޮމެޓީގައި އޮތް އިމްތިޔާޒާއި ބެހޭ މައްސަލަ ނުނިންމާ ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ. 

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު

"ފަރެސްމާތޮޑާ ދާއިރާ މެމްބަރު، އޭނައަކީ ސްކިލްޑް ޕާލިމެންޓޭރިއަންއެއް ކަމުން މިކަން ކުރައްވާފަ މިއޮތީ މިގޮތަށް. ދެން ތިބޭފުޅުން އަޅުގަނޑަށް އެހެން ގޮތަކަށް މިކަން މަގު ދައްކަވައިފިނަމަ އެ މަގަކުން އަޅުގަނޑު ހިނގާނަން"

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 

ނަޝީދުގެ އެ ނިންމެވުމަށްފަހު، އެމްޑީޕީގެ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ނަޝީދު މަޖިލީސް ހިންގަވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި، އެ މަގުން މަޖިލީސް ހިންގަން ފުރުސަތު ނުދެއްވާނެކަމަށް ބުނެ އެމްޑީޕީގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖުކޮށް އަޑުގަދަކުރަން ފެއްޓެވިއެވެ. 

ސައިގަނޑިއަށް މަޖިލީސް މެދުކަނޑާލިއިރު ވެސް މެމްބަރުން ގެންދިޔައީ ނަޝީދާއި ދެކޮޅަށް އިހުތިޖާޖުކޮށް މަޖިލީސް ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ އަޑުއުފުއްލަވަމުން ނެވެ. 

ވިލުފުށި ދާއިރާގެ މެމްބަރު އަފީފު 

ސައިގަނޑިއަށްފަހު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. 

އަފީފު ޖަލްސާ ފެއްޓެވިއިރުވެސް އެމްޑީޕީގެ މެމްބަރުން އަޑުގަދަކޮށް އިހުތިޖާޖުކުރަމުން ދިޔައެވެ.

އެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން އިއްޔެ ފެށި ބަހުސް މެދުކަނޑާލާފައި ވަނީ ގަވައިދާއި ޚިލާފަށް ކަމަށެވެ. އަދި އެގޮތަށް މަޖިލީސް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެއްވާނެކަމަށެވެ. 

އެމްޑީޕީގެ މެމްބަރުން އަޑުގަދަކޮށް އިހުތިޖާޖުކުރަމުން ދިއުމާއި ގުޅިގެން އެންމެ ފަހުން ރިޔާސަތުން ނިންމެވީ މަޖިލީހުގެ ނިޒާމު ގެއްިފައިވާކަމަށެވެ. އަދި އިތުރަށް މަޖިލީސް ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. 

އެއާއެކު މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ އެވެ. ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 7 ޖޫން 2022 ވާ ބުދަ ދުވަހުގައިކަމަށް އަފީފު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.