މެމްބަރު ވަހީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
07 Jun 2023 | 11:39
ދައުރު ނިމެނީ، ވައުދެއް ނުފުއްދޭ، ކުރަނީ ވައްކަން: ވަހީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ފުރަތަމަ ދައުރު ނިމެންދާއިރު، އެމަނިކުފާނު ރައްޔިތުންނަށް ވީ ވައުދުތައް ނުފުއްދާ ހުރީ ފުނިޖައްސާފައި ކަމަށާއި، ބަދަލުގައި ސަރުކާރުން ކުރިހާވެސް ކަމަކީ ވައްކަން ކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައަޅާފައިވާ ރާއްޖޭގއި މުދަލާއި ޚިދުމަތުގެ އަގުބޮޑުވުން ކޮންޓްރޯލުކުރުމަށް ސަރުކާރަށް ގޮވާލާ ގަރާރަށް ބަހުސްކުރައްވަމުން ވަހީދު ވިދާޅުވީ ރައްޔިތުންގެ ޖީބަށް ލުއިވާނެ އެއްވެސް ކަމެއް ކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. 

އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އިފްތިތާހުކޮށްދެއްވި މަޝްރޫއުތަކުން މިސާލު ނަންގަވަމުން ވަހީދު ވިދާޅުވީ ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތީ އައްޑޫ އަކީ އިޤްތިޞާދީ ހަބަކަށް ހަދާނެކަމުގެ ވައުދާއި އެކުގައި ކަމަށެވެ. އެހެން ނަމަވެސް ދައުރު ނިމެންދާއިރު ވެސް އައްޑޫ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާދެވިފައި ނުވާކަމަށާއި، މަޝްރޫއުތަކުގެ ނަމުގައި ނަންބޯޑެއް ހަރުކުރުމަކީ ވައުދު ފުއްދާދިނުން ނޫން ކަމަށެވެ. 

"އައްޑޫގެ އިޤްތިޞާދު އިރުމަތީ އޭޝިއާއާއި އެފްރިކާއާއި ދޭތެރޭ ހެދި ފޯދިގެން އަންނަ އިޤްތިޞާދީ ނާރެހަކަށް އައްޑޫ ހަދާނަމޭ (ވައުދުވީ). ދައުރު ނިމޭތަނުން އެއްކަލަ ބޯޑެއް ޖަހާލާކަށް ނޫން ވައުދުވީކީ. އަދި އެންމެ އެނދެއް ނެހެދޭ.. 7000 އެނދު އަރުވާ ވާހަކަ އެ ދައްކަނީ"

އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު

ވަހީދުގެ ވާހަކައިގައި ވިދާޅުވީ ރިޔާސީ އިންތިޚާބު ބޯމަތިވުމުން، މަޝްރޫއުތައް އިއުލާނުކުރަމުންދަނީ ވެސް ވައްކަން ކުރުމަށް ކަމަށެވެ. އަދި އޭނާ ވަނީ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ސަރުކާރުން ވައްކަން ކުރަމުންދާ ގޮތުގެ ބައެއް މިސާލުތައްވެސް ހިއްސާކުރައްވާފަ އެވެ. 

"ރަށެއްގައި އިންޖީނުގެ އަޅަން ފެނަކައިން، މާލެއިން ތަކެތި ހިފައިގެން ސަޕްލައި ދޯންޏެއްގައި މި ދަނީ ޖެހިޖެހިގެން އޮންނަ ތިން ރަށަށް، އެއް ރަށަށް ޖައްލސާފަ އެ ރަށަށް ވާ އެތިކޮޅު ބާލާފަ އަނެއް ކަށަށް، އެރަށަށް ވާ އެތިކޮޅު ބާލާފަ އަނެއް ރަށަށް.. ހަމަ އެއް ދޯނީގައި މި ދަނީ. ބިލުކޮށްލަނީ ތިން ރަށަށް މާލެއިން ތިން ދަތުރު. ސަޕްލައި ދޯނި މިސާލަކަށް ތިން ލައްކަ ރުފިޔާގެ ތިން ދަތުރު"

އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު

ވަހީދު އިތުރަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހޯނުނު ގޮތަކަށް ހޯއްދަވައިގެން ހުންނެވީ އެތައް ދުވަހެއް ފާއިތުވެގެން ދިޔަނަމަވެސް ރައީސް ޞާލިހު އެމަނިކުފާނަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް އެންމެ ވޯޓެއް ވެސް އިތުރުވާނެ މަސައްކަތްޕުޅެއް ކުރައްވާފައި ނުވާކަމަށެވެ. 

ބަދަލުގައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ މަޝްރޫއުތަކުން ކަޓު ނަންގަވައި، ދައުލަތުގެ ބައިތުލްމާލުން ގެނެން އޮތް އެއްޗެއް ހޯއްދުމަށްކަމަށެވެ. 

އެގޮތުން އިންތިޚާބުގެ އަހަރުގައި ޖީއެސްޓީ ބޮޑުކުރީވެސް ވައްކަންތައް ދެމެހެއްޓުމަށްކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.