މެމްބަރު ޔާސިރު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
07 Jun 2023 | 12:52
މިތަނުގައި ވަޒީފާ ނެތްވަރަކަށް ލޯނުދީގެން ކީއްތޯ ކުރަނީ؟: ޔާސިރު

ދިވެހިރާއްޖޭގައި ވަޒީފާތައް ނެތް މިންވަރަށް ލޯނުތައް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ތޯ އައްސަވާ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ސުވާލުކުރައްވައިފި އެވެ. 

ޔާސިރު މިފަދައިން ސުވާލުކުރައްވާފައިވަނީ ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދާއިރު އެކަން ޙައްލު ކުރުމަށް ސަރުކާރުން އެކަށީގެންވާ ހަރުދަނާ ސިޔާސަތުތަކެއް ނުގެންގުޅުއްވާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާޑުވިދާޅުވަމުން ނެވެ. 

ޔާސިރު ވިދާޅުވީ މުސާރަ ބޮޑުކުރުމާއި، ލޯނު ދޫކުރުމަކީ އަދި ފައިސާ ޗާޕުކުރުމަކީ ތަކެތީގެ އަގުތައް އުފުލުމާއި ގުޅިގެން ރައްޔިތުންނަށް އުފުލަން ޖެހޭ ތަކުލީފުތަކަށް ލިބޭނެ ހައްލެއް ނޫން ކަމަށެވެ. އަދި އެފަދައިން އެކަން ކޮށްގެން ދުރު ރާސްތާއަށް ބަލާއިރު ތަކެތީގެ އަގުތައް ކޮންޓްރޯލު ކުރެވޭނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.  

"ފެށުނީއްސުރެ އަޅުގަނޑުމެން ރުފިޔާ ޕްރިންޓުކޮށްގެން މިކަންކޮށްގެން އަޅުގަނޑުމެންނަށް ދެވޭނީ ކޮންތާކަށް ތޯ އަޅުގަނޑުމެން ވިސްނާލަން ޖެހޭ. ސްޓޫޑެންޓު ލޯނަށް މިފަހަރު އެޕްލައި ކުރި ހުރިހާ ކުދިންނަށް ލޯނު ދޭ ވާހަކަ އެބޮތް. ރަނގަޅު. އެހެން ނަމަވެސް އަޅުގަނޑުގެ ސުވާލަކީ މިތަނުގައި ވަޒީފާ ނެތްވަރަކަށް ލޯނު ދީގެން ކީއްތޯ ކުރަނީ"

މެންބަރު ޔާސިރު އަބްދުއްލަތީފު

ޔާސިރު ވިދާޅުވީ މި ކަންކަމަކީ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަންކަން ކަމަށެވެ. 

ފާއިތު އަހަރުގައި ރައްޔިތުންގެ ދިރިއުމަށް އައި ބަދަލުތަކާއި، ފުދުންތެރިކަމާއި އާމްދަނީއަށް ކުރި އަސަރުގެ ބޮޑުމިނަކީ ރައްޔިތުން ރަނގަަޅަށް ވިސްނާ ވަޒަންކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ސިޔާސަތުތައް އެކުަވާލަމުންދަނީ ހަގީގީ ޙައްލާއި ހަމަޔަށް ނުދެވޭނެ މަގުން ކަމަށެވެ. އެއީ ހިތާމަކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.