ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޣަފޫރު، އާމިރު އަދި ހުސެއިން ޝަމީމު/ ފޮޓޯ: ވޮއިސް
ހަބަރު
07 Jun 2023 | 14:58
ދަ ޑިމޮކްރެޓްސްގެ މެމްބަރުން އަނދުން ހުސޭނަށް، ޣަފޫރު އާމިރަށް އިންޒާރު ދޭ މައްސަލައެއް!

ރައްޔިތުންގެ މަޖިލީސް ތެރޭ އެއް މެމްބަރަކު އަނެއް މެމްބަރަށް އިންޒާރު ދީފައިވާ މައްސަލަތަކެއް ރިޔާސަތުގެ ސަމާލުކަމަށް ގެންނަވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ސައިގަނޑިއަށް މެދުކަނޑާލުމަށްފަހު އަލުން ފެއްޓެވުމާއެކު، މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމު (އަނދުން ހުސެއިން) ވަނީ މަޖިލީސް މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރަށް އިންޒާރުދެމުންދާކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެންނަންވާފަ އެވެ. 

އޭނާ ވިދާޅުވީ ސައިގަޑީގައި، މަޖިލީހުގެ ސައި ކޮޓަރީގައި ހުންނަވަނިކޮށް ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ 4 މެމްބަރުން އޭނާ އަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި އެކަން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނައުމުން، އެކަމާއި ގުޅިގެން ފިޔަވަޅު އެޅުއްވުމުގެ ބަދަލުގައި ނަޝީދު ވެސް އިންޒާރު ދެއްވާފައިވާކަމަށް އަނދުން ހުސެއިން ވިދާޅުވި އެވެ. 

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމު

"ބްރޭކް ގަޑީގައި ސައިބޯން ސައިކޮޓަރިއަށް ދިޔައިރު، ސިޑިމަތިން އަޅުގަނޑަށް ވަނީ އިންޒާރުދީފަ، ދި ޑިމޮކްރެޓްސްގެ 4 މީހަކު އިންޒާރު ދީ ހަޑިހުތުރު އެއްޗެއްހި ގޮވާފައި، އެވާހަކަ އަޅުގަނޑު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސައިކޮޓަރީގައި އިންނަވަނިކޮށް ދެންނަވީމާ އެތައް ބައެއްގެ ކުރިމަތީގައި އެވާހަކަ ދެންނެވީމަ ވިދާޅުވީ އަދި ކަލޭ ކަންފަތްމަތީގައި ވެސް އެމީހުން ލައްވާ ޖައްސުވާނަމޭ، ހޭއަރުވާލާނަމޭ"

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމު

އަނދުން ހުސެއިން އެ ވާހަކަތައް ރިޔާސަތުގެ ސަމާލުކަމަށް ގެންނަވައި ވިދާޅުވީ އެ މައްސަލަ ރަސްމީކޮށް ރިޔާސަތަށް ހުށައަޅާކަމަށެވެ. އަދި އެކަމުގައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދިލައްވާ ކަމަށެވެ. 

ޝަމީމުގެ ވާހަކައިގެ ތެރެއިން ނިޒާމީ ނުކުތާއެއް ނަންގަވާ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވެސް ވަނީ އޭނާއަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އިންޒާރުދެއްވާފައިވާކަން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެންނަވާފަ އެވެ. 

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު

"ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ސައިކޮޓަރީގައި އަޅުގަނޑަށް "ހޭއަރުވާލާނަމޭ" ވެސް ވިދާޅުވެފައި ވަނީ. އެއީ ކޮން ނިޔަތެއްގައި ކޮން ބޭނުމެއްގައި ކަމެއް ނޭނގޭ އަޅުގަނޑަކަށް"

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު 

އާމިރު ވިދާޅުވީ މެމްބަރުން އެކަކު އަނެކަކަށް އިންޒާރު ދޭ މައްސަލަ ބެލޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮތުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީގެ މި ހަފްތާގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މެމްބަރަކަށް އިންޒާރުދެއްވާ ވީޑިއޯއެއް ފެންމަތިވެފައިވާއިރު، އެމަނިކުފާނަށް ވެސް މެމްބަރުންގެ ފަރާތުން އެކި އިންޒާރުތައް ދީފައިވާ މައްސަލަތައް ވެސް ވަނީ ފެންމަތިވެގެން ގޮސްފަ އެވެ. 

ކޮމެންޓް
އިއްބެ
ޑިމޮގުރަސީއޮތްފެންވަރާއިމިންވަރުތިޔަދަނީފެންނަމުން
07 Jun 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.