ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީން/ ފޮޓޯ: އިންޓަނެޓް
ހަބަރު
07 Jun 2023 | 15:16
ރައީސް ނަޝީދަކީ ޕީޕީއެމް ފިކުރު މީހެއްކަން ޔަގީން: ޝަރީފް

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަކީ އިދިކޮޅު ޕީޕީއެމް ފިކުރުގެ މީހެއްކަން ޔަގީންވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ނަޝީދަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ނަޝީދު މަޖިލީސް ކުރިއަށް ގެންދަވާ ގޮތަށް އެމްޑީޕީގެ މެމްބަރުން ގިނަ ފާޑުކިޔުންތައް އަމާޒުކުރައްވަމުން ދާ މި ދަނޑިވަޅުގައި ޝަރީފު ވިދާޅުވީ ނަޝީދަކީ ޕީޕީއެމް ފިކުރު މީހެއްކަން މީހާރު ޔަގީން ކުރެވޭ ކަމަށެވެ. 

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް

"ފެންނަ މަންޒަރުތަކަށް ބަލާއިރު މުޙައްމަދު ނަޝީދަކީ ސީދާ ޕީޕީއެމް ފިކުރުގެ ބޭފުޅެއްކަން ޔަގީން ވެއްޖެ" 

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް

ޝަރީފު މިފަދައިން ވިދާޅުވެފައިާއިރު، ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ފަށާފައެވެ. އަދި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް މިހާތަނަށް 50 މެމްބަރުންގެ ސޮއި ވަނީ ހަމަކޮށްފަ އެވެ. 

ނަޝީދު އެމްޑީޕީގެ ރައީސްގެ މަޤާމުގައި ހުންނެވި ނަމަވެސް، އެ ޕާޓީގެ ތެރޭގައި ނަޝީދު ވަނީ ވަރަށް ބޮޑަށް ބާކީކޮށް އެކަހެރިކޮށްފަ އެވެ.

ނަޝީދަށް ތާއީދުކުރައްވާ ގިނަ މެމްބަރުން ވެސް މިހާރު ވަނީ އެމްޑީޕީއިން އިސްތިއުފާދެއްވާ އާ ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފަ އެވެ. 

ކޮމެންޓް
ވ
ކޮއްމެހެން ޕޕމ ފިކުރަށް ހަދަށްއުޅޭނެކަމެއްނެތް އެއީ ހަމަ މޑޕ ފިކުރުގެމީހެން ނުރުހޭމީހަކު ިއ ްޔާ އެވީ ޕޕމ ހާދަ ގޮތެއްވެސް ނެތޭ
07 Jun 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ